N/A
N/A
ހަބަރު 21 May 2019 | 03:18

ރައީސް ޔާމީންގެ އުފަންދުވަހާ ދިމާކޮށް ލަޔާލް ސިޔާސީ މައިދާނުން ދުރަށް!

ކުރީގެ ރައީސް ޔާމީން ގެ އުފަން ދުވަހާއި ދިމާކޮށް ޕީޕީއެމްގެ އެކްޓިވިސްޓް އަދި ޑެޕިއުޓީ އެސްޖީ ލަޔާލް މަނިކް ސިޔާސީ މައިދާނުން ދުރަށް ޖެހިއްޖެއެވެ.

ލަޔާލް ސިޔާސީ ދާއިރާއިން ދުރަށް ދާން ނިންމާފައިވަނީ ސޯޝަލް މީޑިއާގައި މެދުވެރިކޮށެވެ. މިއާއެކު ލަޔާލްވަނީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއަށް ފޮނުއްވި ސިޓީވެސް ހިއްސާކޮށްފައެވެ.

ކުރީގެ ނޫސްވެރިޔާ ލަޔާލް ސިޔާސީ ދާއިރާއިން ދުރުވާން ނިންމާފައިވަނީ ދިރިއުޅުމުގެ ހާލަތު ހުރިގޮތުންނާއި، އަމިއްލަ ގިނަ ސަބަބުތަކާއި ގުޅިގެންކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ. މިއާއެކު އެ ޕާޓީގެ ޑެޕިޔުޓީ އެސްޖީގެ މަސްއޫލިއްޔަތުތަކުން ބަރިޔަށްވާން ޖެހޭކަން ބަރު ހިތަކާއެކު ދަންނަވާކަން ރައީސް ޔާމީންއަށް ފޮނުވި ސިޓީގައި ލަޔާލް ބުނެފައިވެއެވެ.

ލަޔާލްގެ ސިޓީގައި ރައީސް އަބްދުﷲ ޔާމީން އޭނާއާ ދޭތެރޭ ބެހެއްޓި ގާތްކަމަށް ޝުކުރު އަދާކުރެއްވިއިރު، އެމަނިކުފާނަށް ވަނީ ތައުރީފްވެސްކޮށްފައެވެ. އަދި ޕީޕީއެމްއަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކާމިޔާބު ލިބުމަކީ އޭނާ ވަރަށް އުއްމީދު ކުރާ ކަމެއް ކަމަށްވެސް ލަޔާލްގެ އެ ސިޓީގައި ވެއެވެ.

ލަޔާލް މި ނިންމުމާއެކު ވަނީ ސޯޝަލް މީޑިއާގައި ބޭނުންކުރަމުން އައި އެކައުންޓްތައް ވެސް ޑީއެކްޓިވޭޓްކޮށްފައެވެ.

ލަޔާލް ސިޔާސީ ދާއިރާއިން ދުރަށް ޖެހިފައިވަނީ ރައީސް ޔާމީންގެ އުފަން ދުވަސް ކަމުގައިވާ 21 މޭ އާއި ދިމާކޮށްކަން ފާހަގަކޮށްލަންޖެހެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މާލޭގެ ބިންތަކަށް ގޯތި އިމާރާތްކުރަން އިކުއިޓީގެ ގޮތުގައި އެއްމިލިއަން ރުފިޔާގެ އެހީ
18 Oct 2026 ހަބަރު

މާލޭގެ ބިންތަކަށް ގޯތި އިމާރާތްކުރަން އިކުއިޓީގެ ގޮތުގައި އެއްމިލިއަން ރުފިޔާގެ އެހީ

މި ސްކީމުން އެއް މިލިއަން ރުފިޔާގެ ލޯނެއްގެ އިކުއިޓީއަށް 200،000ރ އާ ހަމައަށް ސަރުކާރުން އެހީ ދޭނެ އެވެ.

ފްލެޓް ގަތުމާއި ގެ އެޅުމަށް ބޮލަކަށް 200،000ރ އެހީ، މާލީ ހަތަރު އިދާރާއަކާއެކު އެއްބަސްވުން ހަދައިފި
18 Oct 2026 ހަބަރު

ފްލެޓް ގަތުމާއި ގެ އެޅުމަށް ބޮލަކަށް 200،000ރ އެހީ، މާލީ ހަތަރު އިދާރާއަކާއެކު އެއްބަސްވުން ހަދައިފި

ހައުސިން މިނިސްޓްރީން މިއަދު ވަނީ ބީއެމްއެލް އާއި އެމްއައިބީ އާއި އެޗްޑީއެފްސީ އާއި އެމްއެފްއެލްސީ އާ އެކު އެއްބަސްވުމެއް ގާއިމުކޮށްފަ އެވެ. 

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުވާ މީހާ ދޫކުރި ނިންމުން ހައިކޯޓު ބާޠިލުކޮށްފި
18 Oct 2026 ހަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުވާ މީހާ ދޫކުރި ނިންމުން ހައިކޯޓު ބާޠިލުކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ތުހުމަތުގައި ބަންދުގައި ހުރި މީހަކު ޝަރުޠުތަކާއެކު ދޫކުރި ދަށު ކޯޓުގެ ނިންމުން، ޕީޖީގެ އިސްތިއުނާފަށް ބަލައި ހައިކޯޓުން ބާޠިލުކޮށްފިއެވެ.

ފަތުރުވެރިކަމަށް ރަށްރަށް ކުއްޔަށް ދިނުމުގައި 6 އަތޮޅަކަށް ޚާއްޞަ ލުއިތަކެއް ދީފި
18 Oct 2026 ހަބަރު

ފަތުރުވެރިކަމަށް ރަށްރަށް ކުއްޔަށް ދިނުމުގައި 6 އަތޮޅަކަށް ޚާއްޞަ ލުއިތަކެއް ދީފި

ދެ އަހަރު ދުވަހުގެ މުއްދަތަށް މި ޚާއްޞަ ކޮންސެޝަން ރޭޓުތައް ހަމަޖައްސާފައިވަނީ ހއ، ހދ، ށ، ތ، ލ އަދި އައްޑޫ އަތޮޅަށެވެ.

ހުޅުމާލޭގެ 220 އެޕާޓްމަންޓެއްގެ ކުޑަދޮރުތަކުގައި ރެއިލިން ހަރުކޮށްފި
18 Oct 2026 ހަބަރު

ހުޅުމާލޭގެ 220 އެޕާޓްމަންޓެއްގެ ކުޑަދޮރުތަކުގައި ރެއިލިން ހަރުކޮށްފި

އެޗްޑީސީން ބުނީ، މިހާތަނަށް ރެއިލިން ހަރުކޮށްދީފައިވަނީ 220 އެޕާޓްމަންޓެއްގެ ޖުމުލަ 273 ކުޑަދޮރުގައި ކަމަށެވެ. ބާކީ ހުރި އެޕާޓްމަންޓްތަކުގެ މަސައްކަތް ވެސް ކުރިއަށް ގެންދަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ދިހަ އަހަރަށް ފަހު ޕާކިސްތާނަށް ވަޑައިގަންނަވާ ފުރަތަމަ ރައީސަކަށް ރައީސް މުޢިއްޒު
18 Oct 2026 ހަބަރު

ދިހަ އަހަރަށް ފަހު ޕާކިސްތާނަށް ވަޑައިގަންނަވާ ފުރަތަމަ ރައީސަކަށް ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މި ދަތުރުފުޅު އޮންނާނީ މި މަހުގެ 20 އިން 22 އަށް ކަމަށެވެ. މިއީ ދިވެހި ދައުލަތުގެ އިސްވެރިއަކު މިދިޔަ 10 އަހަރުތެރޭ

ރަސްމާލޭ މަޝްރޫޢު ހިންގާ ކުންފުންޏަށް ލިބޭ އާމްދަނީންވެސް 3.1 ބިލިއަން ޑޮލަރު ލިބޭނެ
18 Oct 2026 ހަބަރު

ރަސްމާލޭ މަޝްރޫޢު ހިންގާ ކުންފުންޏަށް ލިބޭ އާމްދަނީންވެސް 3.1 ބިލިއަން ޑޮލަރު ލިބޭނެ

ބިމުގެ ޕްރިމިއަމްގެ ގޮތުގައި ޑިވެލޮޕަރުގެ ޖުމްލަ އާމްދަނީގެ %10 ދައުލަތަށް ދައްކަންޖެހޭނެ ކަމަށާއި، އެއީ 10 އަހަރުދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 3.1 ބިލިއަން ޑޮލަރު ކަމަށް މިނިސްޓަރު ފާހަގަކުރައްވާފައިވެއެވެ. ބާޒާރުގައި ޕްރޮޕަޓީގެ އަގު މައްޗަށް ދާއިރު އެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރާއިރު، އޭގެ ތެރެއިން، 500 މިލިއަން ޑޮލަރު އެޑްވާންސްކޮށް ހައުސިން މަޝްރޫއަށް ދައްކަން ކޮމާޝަލް ޓާމްސްގައި އެއްބަސްވެފައިވެއެވެ.

ތަކުރާރުކޮށް އާއްމުންނަށް ގޯނާކޮށް، އުނދަގޫ ކުރާ މީހާ 15 ދުވަހަށް ބަންދުކޮށްފި
18 Oct 2026 ހަބަރު

ތަކުރާރުކޮށް އާއްމުންނަށް ގޯނާކޮށް، އުނދަގޫ ކުރާ މީހާ 15 ދުވަހަށް ބަންދުކޮށްފި

ތަކުރާރުކޮށް މީހުންނަށް ގޯނާކޮށް، ބިރުދައްކައި، އުނދަގޫތައް ކުރަމުންދާ މައްސަލާގައި އިއްޔެ ހައްޔަރު ކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.