ޝެއިހް ފަރީދު
ހަބަރު
09 Jun 2025 | 20:59
ފަރީދު އަވަހާރަވުމާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު އަވަހާރަވި ޚަބަރު އަޅުގަނޑު އަޑު އެހީ ފުން ހިތާމައާ އެކު ކަމަަށް ވިދާޅުވެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

‏ރައީސްގެ މެސެޖުގައި ވިދާޅުވީ އިސްލާމް ދީނުގެ ކަންކަން އޮޅުންފިލުއްވައި ދެއްވައި، ހެޔޮ ކަންކަމަށް ނަސޭހަތް ދެއްވުމުގައި ހުރިހާ ވަގުތެއް ހޭދަކުރައްވަމުން ގެންދެވި ދީނީ ޢިލްމު ވެރިޔާ ޝައިޚް އިބްރާހީމް ފަރީދަކީ، ޚުލްޤު ހެޔޮ، އަޅުވެރިއެއް ކަމަށެވެ.

އަދި ވިދާޅުވީ ދީނީ ކަންކަމަށް މަގު ދެއްކެވުމުގައި އެ އަދާކުރެއްވި ހީވާގި އަދި ހިތްވަރުގަދަ ދައުރުގެ ހަނދާންތަކަށް ނިމުމެއް ނެތް ކަމަށެވެ.

‏ރައީސްގެ މެސެޖުގައި އިބްރާހީމް ފަރީދު އިސްލާމް ދީނަށްޓަކައި ކޮށްދެއްވި އިހްސާންތެރި މަސައްކަތްޕުޅުތަކުގެ ދަރުމައާއި ޘަވާބު، އެންމެ ހެޔޮ ގޮތުގައި މާތްﷲ ދެއްވުމަށާއި ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލަހައްޓަވާ، ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ
މިމެޗުން އާސެނަލްގެ އެންމެ މުހިންމު ތަރިންކަމަށްވާ ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ.
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ