އައްޝައިހް އިބްރާހިމް ފަރީދު އަހްމަދު
ހަބަރު
10 Jun 2025 | 09:59
ޝެއިޚް ފަރީދުގެ ޖަނާޒާގެ ކަންކަން މެލޭޝިއާގައި ކުރިއަށް ގެންދަން ޢާއިލާއިން ނިންމައިފި

އިއްޔެ މެލޭޝިޔާއަށް ވަޑައިގެންނެވިތާ މާ ގިނައިރެއް ނުވެ، ކުއްލި ގޮތަކަށް ނިޔާވި އައްޝައިހް އިބްރާހިމް ފަރީދު އަހްމަދުގެ ޖަނާޒާގެ ކަންކަން މޭލޭޝިޔާގައި ކުރިއަށް ގެންދަން ޢާއިލާއިން ނިންމައިފިއެވެ. 

ޝައިހް ނިޔާވީ މެލޭޝިޔާއަށް ވަޑައިގަތްތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެއާޕޯޓްގަ އެވެ. ނިޔާވީ އެއާޕޯޓްގައި ހުއްޓާ ވެއްޓި، ފަރުވާ ދެމުންދަނިކޮށެވެ.

އާއިލާއާ ހަވާލާދީ ޝެއިހްއާ އެކު މެލޭޝިޔާއަށް ދިޔަ ޓީމުގެ މެންބަރަކު މީގެ ކުރިން ބުނީ އާއިލާ އިން ބޭނުން ވަނީ ޝެއިހްގެ ހަށިގަނޑު މާލެ ގެނެސް ޖަނާޒާގެ ކަންކަން މާލޭގައި ބޭއްވުމަށް ކަމަށެވެ.

ނަމަވެސް، ޝައިޚް ފަރީދުގެ ހަށިގަނޑު، ދިވެހި ރާއްޖެއަށް ގެންނަ ނަމަ، ޕޯސްޓްމޯޓަމްވެސް ހަދަންޖެހޭއިރު، އެކަންކަމަކީ ޝައިޚް އަބަދުވެސް އިންކާރު ކުރައްވާ ކަންކަމަށްވުމުން، މެލޭޝިޔާގައި، ޝެއިޚްގެ ޖަނާޒާ ކުރިއަށް ގެންދާ ގޮތަށް، ޢާއިލާއިން ނިންމާފައިވާ ކަމަށް ”ވޮއިސް“ އަށް ވަނީ މައުލޫމާތު ލިބިފައެވެ. 

ޝެއިހް ފަރީދު ފާހަގަ ކުރެވިފައި ވަނީ ދިވެހީންގެ މެދުގައި ވަރަށް މަގުބޫލު އިލްމުވެރިއެއްގެ ގޮތުގަ އެވެ. ދީނީ ގޮތުން ދިވެހީން ހޭލުންތެރި ކުރުވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ޝެއިހަކީ ފަރީދެވެ. އެ މަސައްކަތުގައި އެތައް އަނިޔާއަކާއި ދުތުރާލަކާ ކުރިމަތިލާން ޖެހުނެވެ.

އެންމެ އުނދަގޫ ވަގުތު އެ މަސައްކަތުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ބޭފުޅަކީ ޝެއިހް ފަރީދެވެ. 

ޝެއިހް ފަރީދު ނިޔާވުމާއި ގުޅިގެން ވަރަށް ގިނަ ބަޔަކު އެކަމުގެ ހިތާމަފާޅުކޮށް އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.