މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުالله: ފޮޓޯ/ މަޖިލިސް
ހަބަރު
11 Jun 2025 | 10:55
ކުރާނެ އިތުރު މަސައްކަތެއް ނެތުމުން މިއަދުގެ މަޖިލީހުގެ ޖަލްސާ ނިންމާލައިފި

ޢީދުގެ ބޮޑު ޗުއްޓީއަށްފަހު މިއަދު ބޭއްވުނު މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ކުރަން ހުރި މަސައްކަތްތައް ގަޑިއިރެއްގެ ތެރޭގައި ނިންމާލައި ޖަލްސާ ކުރުކޮށްލައިފިއެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ ސިވިލް އޭވިއޭޝަން ގާނޫނަށް ގެންނަ އިސްލާހަށް ބަހުސް ކުރުމާއި، ނޭޕާލުން ދިވެހިރާއްޖެއަށް ކަނޑައަޅާ ނަން-ރެސިޑެންޓް ސަފީރު ކަމަށް އައިޝަތު އަޒީމާ އައްޔަނު ކުރުމާމެދު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓް ހުށަހެޅުމުގެ އިތުރުން، ސްޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުންގެ މަގާމަށް ދެ ބޭފުޅަކު އައްޔަން ކުރުމާމެދު ޖުޑިޝަރީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓް ހުށަހެޅުމެވެ. 

އެގޮތުން، ސިވިލް އޭވިއޭޝަން ގާނޫނަށް އިސްލާހް ގެނައުމުގެ ބިލަށް އެންމެ ދެ މެންބަރުން ބަހުސް ކޮށްފައިވާއިރު، އަޒީމާ ނޮންރެސިޑެންޓް ސަފީރު ކަމަށް އައްޔަނުކުރުމާ ގުޅޭގޮތުން ހުށަހެޅި ރިޕޯޓަށް ބަހުސް ކުރީ އެންމެ މެންބަރެކެވެ. 

އަދި ސްޕްރީމްކޯޓުގެ ފަނޑިޔާރު ކަމަށް އަބްދުالله ހަމީދާއި، މުޙައްމަދު ސަލީމް އައްޔަނު ކުރުމާ ގުޅޭ ރިޕޯޓަށް ބަހުސްކުރީ ދެ މެންބަރުންނެވެ. 

އެފަހުން ސިވިލް އެވިއޭޝަން އޮތޮރިޓީގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލް ބަލައިގަތުމަށާ، އަޒީމާ އަށާއި، އަބްދުالله ހަމީދުގެ އިތުރުން ސަލީމަށް މަޖިލީހުން ރުހުން ދިނުމަށް ވޯޓަށް އެހުމަށްފަހު، ކުރާނެ އެހެން ކަމެއް ނެތުމުން ޖަލްސާ ވަނީ ނިންމާލާފައެވެ.

ދެން މަޖިލީހުގެ ޖަލްސާއެއް ބާއްވާނީ އަންނަ ހަފްތާގެ ހޯމަ ދުވަހު ކަމަށް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްالله ވަނީ އިއުލާން ކުރައްވާފައެވެ.

ކޮމެންޓް
އަހާބަލަ
ރައްޔިތުންނާއި ބައްދަލުކޮށް ހިޔާލު ހޯދަބަލަ. މިހާރު ތިތަން ހިނގަނީ ރައްޔިތުން އެންމެ ބޭނުންވާ ގޮތައްތަ؟
11 Jun 2025
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.