ގާސިމް އިބްރާހީމް
ހަބަރު
18 Jun 2025 | 23:08
ރުފިޔާއިން ސާވިސްޗާޖް ދިނުމަކީ ނުހައްގު ނިންމުމެއް: ގާސިމް

ރިސޯޓްތަކަށް ލިބޭ ބޭރުފައިސާއިން ވަކިވަރެއް ބޭންކަށް މާރުކުރަން ނިންމިނަމަވެސް ރިސޯޓްތަކުގެ މުއައްޒަފުންނަށް ދެމުން އައި ސާވިސްޗާޖް ރުފިޔާއިން ދޭން ނިންމުމަކީ ހައްގު ނިންމުމެއް ނޫންކަމަށް ވިލާ ރިސޯޓުތަކުގެ ވެރިޔާ ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޓޫރިޒަމްގެ ވިޔަފާރިތަކަށް ލިބޭ ބޭރުފައިސާގެ އާމްދަނީގެ ވަކި އިންސައްތައެއް ރާއްޖޭގެ ބޭންކްތަކަށް މާރުކުރުމަށް އެމްއެމްއޭއިން ލާޒިމްކޮށް، އެކަމަށް އަމަލުކުރަން ފެށުމާއެކު ބައެއް ރިސޯޓްތަކުން މިހާރު ވަނީ ސާވިސްޗާޖް ދިވެހި ރުފިޔާއިން ދިނުމަށް ނިންމާފައެވެ. އެގޮތަށް ހަދަންޖެހުނީ ބޭރުފައިސާ މާރުކުރަން ފެށުމުން ރިސޯޓްތަކުގެ ވިޔަފާރި ހިންގަން ދަތިވާތީކަމަށް ބައެއް ރިސޯޓްތަކުން ވަނީ ބުނެފައެވެ.

މިކަމާ ގުޅޭގޮތުން ގާސިމް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ ވަކި ޕަސެންޓެއް ރާއްޖޭގެ ބޭންކްތަކަށް މާރުކުރަން ލާޒިމްކޮށް, ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން އެގޮތަށް ޢަމަލު ކުރަން ފެށިފައިވީނަމަވެސް، ބައެއް ބޮޑެތި ރިސޯޓުތައް ހިންގަން ދަތިވާ ކަމަށް ބުނެ މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު، މިއަންނަ މަހުންފެށިގެން ދިވެހި ފައިސާ އިން ދޭން ނިންމުމަކީ ހައްްޤު ނިންމުމެއް ނޫންކަމަށެވެ. ގާސިމް ވިދާޅުވީ، ފަތުރުވެރީން އަތުން ސާވިސްޗާޖު ނަގަނީ ޑޮލަރުން ކަމަށާއި، އެހެންކަމުން އެ ހައްޤު ހަމަ އެގޮތަށް މުއައްޒަފު މީހާއަށް ލިބިދޭން ޖެހޭނީ ޑޮލަރުން ކަމަށެވެ. ޑޮލަރުން ނޫންގޮތަށް މުއައްޒަފު މީހާ ސާވިސްޗާޖް ލިބުގަތުމަށް އިންކާރުކުރާނަމަ، އެއީ ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 212 ވަނަ މާއްދާގައި ބަޔާން ކުރާ، މަކަރާއި ޙީލަތުން ނުވަތަ ޓެކުމުން އެހެން މީހެއްގެ މުދަލެއް ނިގުޅައިގަތުން، ކަމަށް ބެލުމުގެ މައްސަލައަކަށްވުމުގެ ފުރުޞަތު އެބައޮތްކަމަށް ގާސިމް ފާހަގަކުރެއްވިއެވެ.

"މީހަކަށް ދޭން ހަވާލުކުރާ އަމާނާތެއް، އެ އޮތް ގޮތަށް އެމީހާއަށް ރައްދުކުރުމަކީ އެ އަމާނާތާއި ހަވާލުވިމީހާގެ މައްޗަށް އޮތް ބޮޑުވެގެންވާ ދީނީ، އަދި ޤާނޫނީ ވާޖިބެއްވެސްމެ. އެހެން ކަމުން ޑޮލަރުން ލިބޭ ސާވިސްޗާޖެއް މުއައްޒަފެއްގެ ނުރުހުމުގައި ދިވެހި ރުފިޔާއިން ލިބިގަތުމަށް ދެކޮޅުހެދުމަށް ފަހު އެ މައްސަލަ ޤާނޫނުގައި ވާ ގޮތުގެ މަތީން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުމުން ނަތީޖާ ސާފުވެގެން ދާނެކަމަށް އަޅުގަނޑު ދެކެން" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އޭނާ އަކީވެސް އެތައް ހާސް މުއައްޒަފުން ގެންގުޅޭ ކެޓަގަރީ އޭ ގެ ރިސޯޓުތަކެއް ހިންގާމީހެއް ކަމަށާއި، އޭނާގެ ވިޔަފާރިއަށްވެސް އެދަތި އެބައޮތް ކަމަށެވެ. ނަމަވެސް މިއީ މުއައްޒަފުންގެ ވަރަށް ބޮޑު ހައްޤެއް ކަމުގައިވެފައި، ޤާނޫނުންވެސް އެ ލުއި ރިސޯޓުތަށް ޑޮލަރު މާރުކުރުމުގައި ލިބިދީފައިވާ އިރު، ރިސޯޓުތައް ހިންގުމުގައި ދަތިވާކަމަށް ބުނެ ސާވިސްޗާޖު ދިވެހިރުފިޔާ އިން ދިނުމުން މުއައްޒަފުންނަށް އެދެވެނީ މާބޮޑު ގެއްލުމެއްކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ބައެއް އެހެން ކުންފުނިތަކުން މިހާލަތާއި ގުޅިގެން މުސާރަވެސް ދިވެހިރުފިޔާ އިން ދޭން ނިންމުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. މުއައްޒިފުންނާއި އެގްރީމަންޓް ކޮށްފައިވާ މުއްދަތުގައި ޑޮލަރުން މުސާރަދިނުމަށް އެއްބަސްވެފައިވާނަމަ އެ މުއްދަތުގައި މުސާރަ ދޭން ޖެހޭނީ ޑޮލަރުން ކަމަށައި ފައިސާގެ ޖިންސުބަދަލުކޮށް އެހެންފައިސާ އަކުން ދެވޭނީ އެ މުއައްޒަފުމީހާ އެކަމަށް އިއްތިރާޟް އެއް ނެތް ކަމުގައިވާނަމަ ކަމަށްވެސް ގާސިމްގެ ޕޯސްޓްގައި ވަނީ ވިދާޅުވެފައެވެ.

އެމްއެމްއޭއިން ބޭރުފައިސާ މާރުކުރުމުގެ ޤަވާއިދަށް ގެނައި އިސްލާހާ ގުޅިގެން ޓޫރިޒަމް ވިޔަފާރިކުރާ ކުންފުނިތަކުން މިހާރު، މަހެއްގެ މައްޗަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު، ނުވަތަ އާމްދަނީގެ 20 އިންސައްތަ ޑޮލަރު މާކުރަން ޖެހެއެވެ. ގެސްޓްހައުސްތަކުން މާރުކުރަންޖެހެނީ ބޮލަކަށް 25 ޑޮލަރު، ނުވަތަ އެފަރާތަކަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 20 އިންސައްތަ ޑޮލަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Jul 2026
އައިއޭސީ މެދުވެރިކޮށް ބަންގްލަދޭޝްގެ ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމުގެ ފުރުސަތު
ބަންގްލަދޭޝްގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމުގެ ފުރުސަތު އައިއޭސީން ހުޅުވާލިއިރު، އެ ޖަމާއަތުން ވަނީ ހާދިސާ ހިނގުމާއެކު އެހީވުމުގެ މަސައްކަތްތައް ފަށާފައެވެ.
18 Jul 2026
ބުރު ސްޕޯޓްސް ކްލަބްގެ އާ ކޯޗަކަށް ސްޕެއިންގެ ރޮޑްރީގޭޒް
ރޮޑްރީގޭޒް ވަނީ، މީގެ ކުރިން އެކި ޤައުމުތަކުގައި މަސައްކަތްކޮށްފައެވެ. މީގެ ތެރޭގައި އިންޑިއާ، ޔޫއޭއީ، އެމެރިކާ އަދި އޮމާން ހިމެނެއެވެ
18 Jul 2026
މުއައްޒަފުން މަދުކުރަން އެސްއޯއީތަކަށް ތިންމަސްދުވަހުގެ މުހުލަތެއް
ޕީސީބީން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުއައްޒަފުންގެ އަދަދު 33 އިންސައްތައަށް ކުޑަކުރުމުގެ މަސައްކަތް ފަށާފައެވެ
18 Jul 2026
އެޗްޕީއޭއިން އެދުނީ ސްކޫލް ޗުއްޓީގައި ސިއްހަތަށް ސަމާލުވެގެން އުޅުމަށް
ދިރާސީ އަހަރުގެ ފުރަތަމަ ޓާމް ޗުއްޓީއަށް ދަރިވަރުން ގޮސްފައިވަނީ މިދިޔަ ބްރާސްފަތި ދުވަހުއެވެ
18 Jul 2026
ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ހިމެނޭ ސައިކަލް ފުލުހުންގެ ބެލުމުގެ ދަށަށް
މި ހާދިސާގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެގެން ފަރުވާއަށް އައި.ޖީ.އެމް ހޮސްޕިޓަލަށް ގެންދިޔަކަމަށް ފުލުހުން ބުންޏެވެ
18 Jul 2026
އިއްޒުއްދީނު ފާލަމުން ނަސަންދުރައަށް ޕާކިންނަށް ހާއްސަ ޖާގައެއް އޮންނާނެ
ރައީސް ވިދާޅުވީ، އެ ސަރަހައްދުގެ ހިއްކާފައި އޮތް ޖާގައިން ޕާކްކުރުމަށް ޖާގަ ކަނޑައެޅިފައިވާކަމަށެވެ. އެގޮތުން 500 ސައިކަލް ޕާކްކުރުމުގެ ޖާގަ އޮންނާނޭކަމަށް ރައީސް ވިދާޅުވިއެވެ
18 Jul 2026
ޕާކްފަދަ ތަންތަނަށް ގޮސް އުޅޭއިރު، ކުދިންނަށް ދަސްކޮށްދެވިދާނެ ރީތި އާދަތައް
ޕާކު ފަދަ އާންމު ތަންތަނުގައި ކުދިން އުޅެވީ ރަނގަޅު ގޮތްތައް ކޮންމެ ކުއްޖަކަށް ބުނެދީ ދަސްކޮށްދިނުމަކީ ވަރަށް މުހިންމުކަމެކެވެ. އެހެން މީހުންނަށް އިޙުތިރާމުކުރުމާއި، ކިޔޫއަށް އިންތިޒާރުކުރުމާއި، ސާފުތާހިރުކަން ދެމެހެއްޓުމަކީ މުހިންމުކަމެއްކަން ބުނެދޭންވާނެއެވެ.
18 Jul 2026
ފޯކްލޭންޑާ ގުޅޭގޮތުން އާޖެންޓީނާ ކުޅުންތެރިން ހިޔާލުފާޅުކުރުމަކީ މައްސަލައެއްނޫން: ވައިޓްހައުސް
މި މައްސަލާގައި ވައިޓްހައުސްއިން ބުނެފައިވަނީ، ފޯކްލޭންޑާ ގުޅޭގޮތުން އާޖެންޓީނާ ކުޅުންތެރިން ފާޅުކުރި އެ ހިޔާލަކީ އެޓީމްގެ ކުޅުންތެރިންނަށް ލިބިގެންވާ ހައްގުގެ ތެރެއިން ކުރި ކަމެއްކަމަށެވެ