ލިއޮނަލް މެސީ، ޕޯޓޯ ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ..
ކުޅިވަރު
20 Jun 2025 | 07:17
ކުލަބް ވޯލްޑްކަޕް: މެސީގެ މޮޅު ކުޅުމާއެކު އިންޓަ މިއާމީ އިން ޕޯޓޯ ބަލިކޮށްފި

އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އޭގައި ރޭ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ޕޯޓޯ ބަލިކޮށް އިންޓަ މިއާމީ އިން ގުރޫޕްގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން އިންޓަ މިއާމީއަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ޕޯޓޯ ކުޅުނު ދެމެޗުން ލިބުނު އެއްޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ތިންވަނައިގައެވެ.

މުބާރާތުގައި އިންޓަ މިއާމީ ކުޅުނު ފުރަތަމަ މެޗުގައި އަލް އަހްލީ އާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، ޕޯޓޯގެ ފުރަތަމަ މެޗުގައި ޕަލްމެއިރަސްގެ އާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޕޯޯޓޯ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ ނުވަވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފޯވާޑް ސަމޫ އެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ޕޯޓޯ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ އިންޓަ މިއާމީ އިންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތިޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ވެނަޒުއޭލާ މިޑްފީލްޑަރު ޓެލަސްކޯ ސެގޮވިއާ އެވެ.

އިންޓަ މިއާމީ އިން މެޗުގެ ލީޑު ހޯދި ލަނޑު ދެވަނަ ހާފުގެ 54 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އެވެ. މިއީ ޕޯޓޯގެ ޕެނަލްޓީ އޭރިޔާ ބޭރުން ލިބުނު ހިލޭ ޖެހުމެއްގައި މެސީ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިލަނޑަށްފަހު ޕޯޓޯ އިން ކުރިއަށްޖެހި ލަނޑެއް ޖެހޭތޯ ވަރަށް މަސައްކަތްކުރި ނަމަވެސް މިހާފުގައި އެޓީމުން ފޮނުވާލި އެއްވެސް ހަމަލާއެއް އިންޓަ މިއާމީގެ ގޯލާއި އަމާޒުވެފައެއް ނުވެއެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އިންޓަ މިއާމީ ކުރީގައި އޮވެގެންނެވެ. އަދި މިއީ އިންޓަ މިއާމީގެ ތާރީޚުގައި ކުލަބު ވޯލްޑްކަޕް މެޗަކުން އެޓީމު މޮޅުވި ފުރަތަމަ މެޗެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Sep 2026
ރާއްޖެއާއި އައިޓީއެފްސީ ދެމެދު 1.5 ބިލިއަން ޑޮލަރުގެ ޓްރޭޑް ފައިނޭންސިންގ އެއްބަސްވުމެއްގައި ސޮއިކޮށްފި
މީގެ މައިގަނޑު ބޭނުމަކީ ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީ އެހެނިހެން މުދާ އިމްޕޯޓުކުރުމަށާއި، ރާއްޖެއިން ބޭރުކުރާ އުފެއްދުންތަކުގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް މާލީ ވުޒާރާއިން ބުންޏެވެ
06 Sep 2026
ދަރިވަރުން މުދައްރިސުންނަށް އިހްތިރާމްކުރުން އޮތީ ބެލެނިވެރިން ދޭ ތަރުބިއްޔަތަކުން
ސްކޫލެއް ކާމިޔާބު ކުރުމަށްޓަކައި އެންމެ ބޮޑު މަސައްކަތެއް ކުރަންޖެހޭ އެއް ބަޔަކީވެސް ބެލެނިވެރިން ކަމަށް ވިދާޅުވިއެވެ. ނަމަވެސް، މަދުން ނަމަވެސް ބެލެނިވެރިންނާއި ސްކޫލާ ދެމެދު އޮންނަންޖެހޭ ގުޅުން ކުޑަވަމުންދާ މަންޒަރު ފެންނަމުންދާކަމީ ކަންބޮޑުވާންޖެހޭ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
06 Sep 2026
ވަށަފަރާއި މުރައިދޫ ބައްދަލުކުރިމެޗް ވަށަފަރަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންގާރަ ދުވަހު ކެލައާ ދެކޮޅަށެވެ. އަދި ވަށަފަރު ނިކުންނާނީ ހަމަ އެދުވަހު ފިނޭއާ ދެކޮޅަށެވެ
06 Sep 2026
މިޔަންމާ އަތުން ބަލިވި ނަމަވެސް، ރާއްޖެއަށް ގްރޫޕުގެ ދެވަނަ
ރާއްޖެ ބަލިވި ކަމުގައި ވީނަމަވެސް، ކުޅުނު މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ރާއްޖެއަށް ވަނީ މި ގްރޫޕުގެ ދެވަނަ މަގާމު ކަށަވަރުވެފައެވެ. މިއީ މި މުބާރާތުގައި ރާއްޖޭގެ ޒުވާން ޓީމަށް ލިބުނު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ
06 Sep 2026
އިންފޮމޭޝަން ކޮމިޝަނަރަކަށް ޢަބްދުލްޢަޒީޒު ޖަމާލް އައްޔަންކުރައްވައިފި
މި މަގާމަށް ޢަބްދުލްޢަޒީޒު އައްޔަންކުރައްވާފައި މިވަނީ، މީގެ ކުރިން އެ މަގާމުގައި ހުންނެވި އަޙްމަދު އާހިދު ރަޝީދުގެ މަގާމުގެ ދައުރު މިއަދަށް ހަމަވުމާ ގުޅިގެންނެވެ.
06 Sep 2026
ފޭސް ދޭއްގެ މޫދަށް އެރޭ ސަރަހައްދަކާއި މަސްބާނާ ޕްލެޓް ފޯމެއް ހެދުމަށް ހިޔާލް ހޯދަނީ
އެޗްޑީސީން ހުށަހަޅާފައިވާ ޕްލޭނުގައި މައިގަނޑު ދެ ބައެއް ހިމެނެއެވެ. ފުރަތަމަ ބަޔަކީ ފްލޯޓިން ޕޮންޓޫނެއް ހިމެނޭ ގޮތަށް ފަރުމާކުރެވޭ ސްވިމިން ސަރަހައްދެކެވެ. އެ ސަރަހައްދުގައި އައުޓްޑޯ ފެންވަރާ ތަނަކާއި މޫދަށް ފައިބަން ފަސޭހަ ރޭމްޕެއް ހުންނާނެއެވެ. ދެވަނަ ބައިގައި ހިމެނެނީ ކޮންކްރީޓް ޑެކެއް ވޯކްވޭއެއް ހިޔާކޮށްފައިވާ ބެންޗުތައް އަދި މަސް ކަނޑަން ޚާއްޞަ ތަނެއް ހިމެނޭ މަސްބާނާ ޕްލެޓްފޯމެކެވެ
06 Sep 2026
އެމްއެމްޕީއާރުސީން އެމްޕީއެލަށް ވިއްކި ޑޮލަރުގެ މުއާމަލާތުން ލިބެންޖެހޭ ފައިސާ ނުލިބި ދިގުލައިގެން ދަނީ
އެމްޕީއެލުން ވަނީ އެމްއެމްޕީއާރުސީއާއެކު 2020 ވަނަ އަހަރުގެ ފެބުރުއަރީމަހުގެ 14 ވަނަ ދުަވަހު އެއްބަސްވުމެއް ގާއިމްކޮށް ލިބެންޖެހޭ މި ފައިސާ އަހަރަކު %4.6 ގެ އިންޓްރެސްޓަކާއެކު 15 އަހަރު ދުވަހުގެ ތެރޭގައި ދައްކާ ނިންމަން އެއްބަސްވެފައެވެ. ނަމަވެސް މި ފައިސާ ނުދެއްކި އިންޓަރެސްޓް އަރަމުންދާކަން ފާހަގަކޮށްލެވެއެވެ.
06 Sep 2026
އަދާލަތު ޕާޓީ ދޫކުރައްވައި ޑރ. ޝަހީމް ޕީއެންސީއާ ގުޅިވަޑައިގެންފި
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، އަދާލަތު ޕާޓީ ދޫކުރައްވައި ވެރިކަންކުރާ މައި ޕާޓީ ކަމަށްވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކުރައްވައިފިއެވެ.