މޮސްކް ޗެންޕިއަންސް ލީގު...
ކުޅިވަރު
21 Jun 2025 | 00:24
މޮސްކް ޗެންޕިއަންސް ލީގު ޗެންޕިއަންކަން މަސްޖިދު ނޫރު އަދި މަސްޖިދު ހިދާޔާ އިން ހޯދައިފި

ޖަމްއިއްޔަތުލް އިމާމް ޝާފީގެ ފަރާތުން އިންތިޒާމުކޮށް ފުވައްމުލައް ސިޓީގެ މިސްކިތްތަކުގެ މެދުގައި ބޭއްވި ފުރަތަމަ މޮސްކް ޗެންޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން މަސްޖިދުއް ނޫރު އަދި މަސްޖިދުލް ހިދާޔާ އިން ހޯދައިފިއެވެ.

23 މެއި 2025 އިން 20 ޖޭން 2025 ގެ ނިޔަލަށް، ދެ އުމުރު ފުރައަކަށް ބަހާލައިންގެ ކުރިއަށް ގެންދިޔަ މިމުބާރާތުގެ 15 އަަހަރުން ދަށުގެ އުމުރުފުރާގެ ޗެންޕިއަންކަން މަސްޖިދުލް ނޫރުން ހޯދީ ފައިނަލުގައި 5-1 ގެ ނަތީޖާއަކުން މަސްޖިދުލް އައިޝާ ބަލިކުރުމަށްފަހުއެވެ. އަދި 13 އަހަރުން ދަށުގެ ޗެންޕިއަންކަން މަސްޖިދުލް ހިދާޔާ ހޯދީ ފައިނަލުގައި 3-0 ގެ ނަތީޖާއަކުން ސީދީ މިސްކިތް ބަލިކުރުމަށްފަހުއެވެ.

މިމުބާރާތުގައި ދެ އުމުރުފުރާގައި ހަތަރު މިސްކިތަކުން އަށް ޓީމު ވާދަކުރިއިރު، އޭގެ ތެރޭގައި ހިމެނެނީ މަސްޖިދުލް ނޫރު، މަސްޖިދުލް ހިދާޔާ، ސީދީ މިސްކިތް އަދި މަސްޖިދުލް އައިޝާ އެވެ. މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ދެ އުމުރުފުރާގައި ވެސް ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.

ޖަމްއިއްޔަތުލް އިމާމް ޝާފީގެ ފަރާތުން އޮފިޝަލަކު ވޮއިސް ސްޕޯޓްސްއަށް މައުލޫމާތު ދެއްވިގޮތުގައި އެ ޖަމްއިއްޔާ އިން މިފަދަ މުބާރާތެއް ބޭއްވުމުގެ މަޤުޞަދަކީ ކުޑަކުދިންގެ ހިތްތަކުގައި މިސްކިތަށް ލޯބި ޖައްސައި ނަމާދަށް އަހުލުވެރި ކުރުވުމުގެ އިތުރުން ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން އަދި އިޖުތިމާޢީ ގޮތުން ދުޅަހެޔޮ ކުދިންތަކެއް ބިނާކުރުމެވެ. އަދި މިސްކިތަކީ ކުދިންގެ ހިތްތަކާއި ގުޅިފައިވާ އެކުދިންނަށް ދީނީ އަދި އިޖުތިމާޢީ މަރުކަޒަކަށް ހެދުމެވެ.

ޖަމުޢިއްޔަތުލް އިމާމު ޝާފިޢީ އަކީ ސަލަފުއްޞާލިޙުންގެ ފަހުމާއި އެއްގޮތަށް، ޝާފިޢީ މަޒުހަބުގެ ތެރެއިން، ޤުރުއާނާއި ސުންނަތުގެ ޢީލްމު ފަތުރައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އުފައްދާފައިވާ ޖަމްއިއްޔާއެކެވެ.

މީގެ އިތުރުން އެ ޖަމުޢިއްޔާގެ މައިގަނޑު މަސައްކަތަކީ ފުވައްމުލަކު މިސްކިތްތަކުގައި ކުޑަކުދިންގެ ޤުރުއަން ކުލާސްތަށް ހިންގައި، މިސްކިތްތަކަށް ކުޑަކުދިން ގެނެސް، ކުޅިވަރު ޙަރަކާތްތަކާއި ލައިފް ސްކިލްސް ތަކުގެ ތެރެއިން ކުޑަކުދިން ދީނަށް އަހުލުވެރި ކުރުވައި ޤައުމަށް ފައިދާހުރި ބަޔަކަށް ހެދުމަށް މަސައްކަތް ކުރުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.