ކެލާ ޓީމުގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު.. ފޮޓޯ: ހުސެއިން ފަލާހް
ކުޅިވަރު
22 Jun 2025 | 13:46
މުރައިދޫ އިންވިޓޭޝަނަލް ވެޓަރެންސް ވޮލީބޯޅަ ޓޯނަމެންޓް 2025 ގެ ޗެންޕިއަންކަން ކެލާ އިން ހޯދައިފި

މުރައިދޫ އިންވިޓޭޝަނަލް ވެޓަރެންސް ވޮލީބޯޅަ ޓޯނަމެންޓް 2025 ފައިނަލުގައި މިރޭ ފިއްލަދޫ އާއި ކެލާ ވާދަކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް މުބާރާތުގެ ޗެންޕިއަންކަން ކެލާ ޓީމުން ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލުން ފިއްލަދޫ ޖާގަހޯދީ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ފިނޭ ބަލިކުރުމަށްފަހު އެވެ. އަދި ކެލާ ފައިނަލުން ޖާގަހޯދީ ސެމީފައިނަލުގެ ދެވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން މުރައިދޫ ބަލިކުރުމަށްފަހު އެވެ. އަދި މިދެޓީމު ގުރޫޕް ސްޓޭޖުގައި ވާދަކުރި މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފިއްލަދޫ އިންނެވެ.

ފިއްލަދޫ އާއި ކެލާ ވާދަކުރި މެޗުގެ ތެރެއިން..ފޮޓޯ: ހުސެއިން ފަލާހް

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ސެޓުތައް ކެލާ ޓީމުން ކާމިޔާބުކުރީ 23-25، 27-25 އަދި 22-25 ގެ ނަތީޖާއަކުންނެވެ. އަދި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކެލާ ޓީމުގެ މުއައްވިޒް އަބްދުﷲ އެެވެ.

މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ އަލީ އަބްދުﷲ (ޓީމު ފިނޭ)، މުހައްމަދު ޝަކީބު (ޓީމު ފިނޭ)، އިބްރާހިމް ޖައުފަރު (ޓީމު ފިއްލަދޫ)، އަލީ ޒިޔާމް (ޓީމު ކެލާ)، މުއައްވިޒް އަބުދުالله (ޓީމު ކެލާ) އަދި ހުސައިން ހަނީދު (ޓީމު ކެލާ) އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާއަށް ޝަރަފްވެރި މެހެމާން ޓްރޮފީ ހަވާލުކޮށްދެނީ...ފޮޓޯ: ހުސެއިން ފަލާހް

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ކެލާ ޓީމުގެ މުސާ އަލީ ހޮވުނުއިރު މުބާރާތުގެ ފެއާޕްލޭ ޓީމަކީ ޓީމެ ކެލާއެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކެލާ ޓީމުގެ އަލީ ޒިޔާމް އެވެ.

މިމުބާރާތުގައި މުރައިދޫގެ އިތުރުން ތިލަދުންމަތީގެ އިތުރު ނުވަ ރަށަކުން ވާދަކޮށްފައިވާއިރު، މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި 10 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.

ފިއްލަދޫ އާއި ކެލާ ވާދަކުރި މެޗުގެ ތެރެއިން..ފޮޓޯ: ހުސެއިން ފަލާހް

މި މުބާރާތުގެ މެއިން ސްޕޮންސަރ އެއްގެ ގޮތުގައި ސްވާން ފެމިލީ ހަމަޖައްސާފައިވާއިރު، ކޯ ސްޕޮންސަރުންގެ ގޮތުގައި ވެލްކޯ, ހަނދުވަރު މޯލްޑިވްސް، ސީގަލް ގުރޫޕް، ގްރީން ކާޕެޓް އަދި އެސްޖޭ މޯލް ވާނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން މުބާރާތުގެ ސަޕޯޓިން ޕާޓްނަރުންގެ ތެރޭގައި މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން އަދި މުރައިދޫ ކައުންސިލް އިދާރާ ހިމެނޭއިރު، ކިޓްސް ޕާޓްނަރަކީ ޖާޒިޔާ އެވެ. އަދި ބެވަރޭޖް ޕާޓްނަރަކަށް ރެޓޯ ސޮލިއުޝަން ހަމަޖައްސާފައިވާއިރު، ކޭޓަރިންގ ޕާޓްނަރަކީ ކޮފީ ހަޓެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކަށް ޕްރިންޓް ލެބް ހަމަޖައްސާފައިވާއިރު، މުބާރާތުގެ އޮފިޝަލް މިޑީޔާ ޕާޓްނަރަކީ ވޮއިސް ސްޕޯޓްސް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.