އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގް 2025. ފޮޓޯ/ އުރީދޫ
ހަބަރު
23 Jun 2025 | 18:14
އުރީދޫ ނޭޝަންގެ އެޓޯލް އީސްޕޯޓްސް ލީގްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އުރީދޫއިން ރާއްޖޭގައި މުޅިން އަލަށް ބާއްވާ އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މުބާރާތަކީ ރާއްޖޭގެ އެކިކަންކޮޅުތަކުން ރަށްރަށުގެ ޓީމްތައް ރަޖިސްޓަރީ ކުރެވިގެން ކުރިއަށް ގެންދެވޭ ޕަބްޖީ މުބާރާތެކެވެ. މި މުބާރާތަކީ އޮންލައިންކޮށް ކުރިއަށްގެންދާ މުބާރާތެއްކަމަުން އަމިއްލަ ރަށުގައި ހުރެގެން އީސްޕޯޓްސް މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދެވޭ ފުރަތަމަ މުބާރާތެވެ.

މުބާރާތުގެ އޮނިގަނޑު އަދި ޓައިމްލައިން:

އުރީދޫ ނޭޝަން އެޓޯލް ސްޕޯޓްސް ލީގަކީ ހަތަރު މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުޅިން އޮންލައިން މުބާރާތެކެވެ. މި މުބާރާތުގައި ހިމެނޭ ހަތަރު ސްޓޭޖަކީ އައިލެންޑް ކޮލިފައިން، ކުއާޓާ ފައިނަލްސް، ސެމީ ފައިނަލްސްގެ އިތުރުން ގްރޭންޑް ފައިނަލްސްއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފާ ވަނީ މި މަހުގެ 16 ވަނަ ދުވަހުގައެވެ. އަދި މުބާރާތުގައި ބައިވެރިވުމުގެ އެންމެފަހު ދުވަހަކީ އަންނަ ޖުލައި މަހުގެ 4 ވަނަ ދުވަހެވެ.

ޖުމްލަ 50،000 ރުފިޔާގެ ފައިސާގެ އިނާމް ލިބޭ ޕްރައިޒް ޕޫލް:

- ޗެމްޕިއަން: 25،000 ރުފިޔާ

- 2 ވަނަ: 12،000 ރުފިޔާ

- 3 ވަނަ: 6،000 ރުފިޔާ

- 4 ވަނަ: 3،000 ރުފިޔާ

- އެމްވީޕީ: 4،000 ރުފިޔާ

އުރީދޫއިން ބުނީ މި މުބާރާތުގައި ކޮންމެ ޓީމަކަށް ވެސް މަދުވެގެން 6 ކުޅުންތެރިން ހިމަނަންވާނެ ކަމަށެވެ. އަދި ޓީމަށް ނަންދިނުމުގައި އެއް ރަށަކުން ގިނަ ޓީމްތަކެއް ބައިވެރިވާ ނަމަ، ޓީމް ނަންތަކުގައި ރަށުގެ ނަން (މިސާލަކަށް އޭބީސީ ކާށިދޫ، ޑީއީއެފް ކާށިދޫ) ހިމަނަންވާނެކަމަށް އުރީދޫއިން ވަނީ ބުނެފައެވެ. މީގެ އިތުރުން ކޮންމެ ޓީމެއްގައި ގިނަވެގެން ރަށުން ބޭރު ދެ ކުޅުންތެރިން ހިމެނިދާނެއެވެ.

އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ލޯކަލް ގޭމިން ކޮމިއުނިޓީތައް ފާހަގަކޮށް، ޒުވާނުންނާއި ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތުތައް ފަހިކޮށްދޭ އިންކްލޫސިވް ޑިޖިޓަލް ސްޕޭސްތަކެއް އުފެއްދުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.