އެމްޑީޕީއަށް ރައީސް ނަޝީދު އަލުން ގުޅުމަށް ބޭއްވި ޖަލްސާގެ ތެރެއިން: ފޮޓޯ/ ވޮއިސް
ހަބަރު
25 Jun 2025 | 11:20
އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަކުރަން މުޅި އަހަރަށް ބަހާލައިގެން ގިނަ ހަރަކާތްތަކެއް ހިންގަނީ

އިދިކޮޅު މައި ޕާޓީ، އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަކުރުމަށް މުޅި އަހަރަށް ބަހާލައިގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް އެ ޕާޓީން ނިންމައިފިއެވެ. 

މާދަމާ، ޖޫން 26 ވާ އަންގާރަ ދުވަހަކީ ރާއްޖޭގައި މިހާރު އޮތް، އެންމެ ގިނަ ދުވަސްވީ ޕާޓީ، އެމްޑީޕީ އުފެދުނުތާ 20 އަހަރުވާ ދުވަހެވެ.  

މިކަމާ ގުޅިގެން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟު އިސްމާޢީލް ވިދާޅުވީ، ވޭތުވެދިޔަ 20 އަހަރު ތެރޭގައި ރާއްޖެއަށް އެންމެ ގިނަ ބަދަލުތަކެއް ގެނެސްދިން ޕާޓީ އަކީ އެމްޑީޕީ ކަމަށެވެ. 

އެހެންކަމުން، 20 އަހަރު ވުން ފާހަގަ ކުރުމަށް މުޅި އަހަރަށް ބަހާލައިގެން ހަރަކާތްތައް ހިންގުމަށް ޕާޓީން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

އޭގެ ބޭނުމަކީ މިހާރުގެ ޖީލް ތަކަށްވެސް ވޭތުވެދިޔަ 20،30 އަހަރުގެ ތެރޭގައި ، އިސްލާހަށް ކުރެވުނު މަސައްކަތް ތަކާއި، އޭރުގެ ޙަލާތްތައް އަންގައިދިނުމާއި،  އަދި ކުރިއަށް އޮތް ތަނަށްވެސް ދިވެހިރާއްޖެއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވެ އެކަންކަން ކާމިޔާބު ކުރުމުގައި ހުންނާނީ އެމްޑީޕީކަން ދައްކައިދިނުމަށް

އެމްޑީޕީ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް

އެގޮތުން 20 އަހަރު ފުރުން ފާހަގަކުރަން މާދަމާ ރޭވިފައިވާ ހަރަކާތްތަކަކީ؛ 

1) ހެނދުނު ސަޔާއިއެކު ދިދަ ނެގުމުގެ ހަރަކާތެއް ބޭއްވުން

2) އަހަރީ ދުވަހުގެ ކޭކުފެޅުން

3) އެމްޑީޕީ މެންބަރުންގެ މެދުގައި ފުޓްސަލް މުބާރާތެއް ބޭއްވުން (10-12 ޓީމު)

4) ޒުވާނުންގެ ރޫހުގެ ފަރާތުން ”ލައުޑް އެންޑް ލޯކަލް“ ޕޮޑްކާސްޓެއް ފެށުން

މީގެ އިތުރުން ޖުލައި އަދި އޮގަސްޓް މަހުގައި، ރާއްޖޭގެ ކޮންމެ ސިޓީއެއްގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށާ، ފުރަތަމަ ޖަލްސާ އޮންނާނީ ޖުލައި 11 ވަނަ ދުވަހު ކުޅުދުއްފުށީގައި ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި ޖަލްސާތައް ނިންމާލާ ޖަލްސާ އޮންނާނީ މާލޭގައި ކަމަށްވެސް ވިދާޅުވިއެެވެ.

މިއާއެކު ޖުލައި 18 ވަނަ ދުވަހު ”ރަން ރީނދޫ“ ނަމުގައި ދުވުމެއް ކުރިއަށް ގެންދަން ނިންމާފައިވާއިރު، މި ދުވުން މުޅި އަހަރަށް ބަހާލައިގެން ހުރިހާ ރަށެއްގައި ބާއްވަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެހެންމެ ބޮޑު މިޔުޒިކް ފެސްޓިވަލް އަކާއި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް މެނިފެސްޓޯ އެކުލަވާލުމަށް މައުލޫމާތު އެއްކުރުން ފަދަ ކަންކަންވެސް ކުރިއަށް ގެންދަވާނެ ކަން ފައްޔާޟު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިދިޔަ 20 އަހަރު ރާއްޖެއަށް އައިސްފައިވާ ބަދަލުތައް ގެނައުމުގައި އެމްޑީޕީގެ ހިއްސާ އޮތްގޮތް ދައްކައި ދިނުމަށް އާޓް އެގްޒެބިޝަނެއްވެސް ބޭއްވިގެންދާނެ ކަމަށް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Aug 2026
ހޫތީންގެ ވަރުގަދަ ހަމަލާއެއް ސައުދީއަށް؛ 11 މީހަކު ޒަޚަމްވި
ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ނަޖްރާންއަށް ދިން ހަމަލާތަކެއްގައި 11 އާންމުން ޒަޚަމްވެފައިވާ ކަމަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފިއެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި؛ އަދިވެސް ނުފެނޭ
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.
06 Aug 2026
ދައުރުވާ ދިވެހި ފައިސާ މަދުކުރުމަށް މަރުކަޒީ ބޭންކުން އިތުރު ފިޔަވަޅެއް އަޅައިފި
އެމްއެމްއޭއިން ބުނީ މިދޔަ އަހަރުގެ ޖުލައިމަހު އޯޕަންމާކެޓް އޮޕަރޭޝަން އަލުން ފެށި ފަހުން ބޭންކިން ނިޒާމުގައި ހުރި ރުފިޔާގެ ޒާއިދު ލިކުއިޑިޓީގެ ތެރެއިން އެވެރެޖްކޮށް 2.7 ބިލިއަން ރުފިޔާ މިހިނގާ އަހަރުގެ ޖުލައިގެ ނިޔަލަށް ނެގިފައިވާކަމަށެވެ.
06 Aug 2026
ކަޕްވިނާސް ކަޕްގެ ފައިނަލަށް ނިއުރޭޑިއަންޓާއި މާޒިޔާ
ފައިނަލް މެޗްގެ ކުރިން މި މުބާރާތުަގައި މި ދެޓީމް ބައްދަލުކުރާ މެޗް އޮންނާނީ މިމަހުގެ މިމަހުގެ 15 ވަނަ ދުވަހެވެ
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.