ސްޓެލްކޯގެ އިންހައުސް ޓްރެއިނަރސް ޕޫލްގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ސްޓެލްކޯ---
ހަބަރު
25 Jun 2025 | 13:42
ސްޓެލްކޯގެ އިންހައުސް ޓްރެއިނަރސް ޕޫލް އިފްތިތާހުކޮށްފި

ސްޓެލްކޯގެ އިންހައުސް ޓްރެއިނަރސް ޕޫލް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ މިއަދު އިފްތިތާހުކޮށްދެއްވައިފިއެވެ.

ސްޓެލްކޯ އިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އިންހައުސް ޓްރެއިނަރސް ޕޫލަކީ ސްޓެލްކޯގެ މުވައްޒަފުންގެ ޢިލްމާއި ހުނަރާއި ތަޖުރިބާ ބޭނުންކޮށްގެން ކުންފުނީގެ މުވައްޒަފުންނަށް އިންޓަރނަލް ޓްރެއިނިންގއާއި މުވައްޒަފުންނަށް ބޭނުންވާ ހުނަރު ދެނެގަނެ އެ މުވައްޒަފުންނަށް ބޭނުންވާ ޢިލްމު އެންމެ ގާތުން ފޯރުކޮށްދިނުމަށް ފެށުނު މަސައްކަތެއްކަށެވެ.

ސްޓެލްކޯއިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނީގެ 35 މުވައްޒަފަކު ވަނީ ޓްރެއިން ދަ ޓްރެއިނަރ އިންޓަރނޭޝަނަލް ސެޓްފިކެޓް ހާސިލްކޮށްފައެވެ.

ސެޓްފިކެޓް ހާސިލްކޮށްފައިވާ ސްޓެލްކޯގެ މުވައްޒަފުންނަށް އެކުންފުނިންވަނީ ސެޓިފައިޑް ޓްރެއިނަރެއްގެ ލައިސަންސް ދެވިފައި ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އަދި ޓްރެއިނަރސް ޕޫލް ހިންގުމަށް ހަމަޖެހިފައިވާ ޓްރެއިނިންގތަކުގެ މައުލޫމާތު ހިމެނޭ އަތްމަތީ ފޮތް މި ރަސްމިއްޔާތުގައި ވަނީ ނެރެފައެވެ.

ސްޓެލްކޯގެ ޓްރެއިނަރސް ޕޫލްގައި މިވަގުތު ތިބި 35 ޓްރެއިނަރުންގެ ތެރޭގައި އެކި ދާއިރާތަކުގެ އިންޖީނިއަރުން، ޓެކްނީޝަނުން، އިދާރީ އެކި ދާއިރާތަކާއި، ހިއުމަން ރިސޯސްއާއި، ސެކިއުރިޓީއާއި، މީޑިއާގެ އިތުރުން ޕަބްލިކް ރިލޭޝަންސް ދާއިރާ ފަދަ ގިނަ ދާއިރާތަކަށް ހާއްސަ މުވައްޒަފުން ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
31 Jul 2026
މޫސުން ގޯސްވެ، ކަނޑުމަތީގެ ހާދިސާތައް އިތުރުވަމުންދާތީ ފުލުހުންގެ އިލްތިމާސެއް
މޫސުން މިގޮތަށް ހުރުމުގެ ސަބަބުން ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުންދާތީ، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، މޫސުން ގޯސްނަމަ ދަތުރު ނުކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައި ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކުރުމަށާއި، ދަތުރުގެ ތަފުސީލު ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
31 Jul 2026
ގަދަވަޔާއެކު ވެއްޓިފައިވާ ގަސްތައް އެޗްޑީސީން ނަގަން ފަށައިފި
އާންމު ރައްޔިތުން މަގުމައްޗަށް ނިކުމެ އުޅޭއިރު، މޫސުމަށް ސަމާލުވުމަށާއި، ހުޅުމާލޭގައި މޫސުން ގޯސްވުމުގެ ސަބަބުން އެއްވެސް އެހީތެރިކަމެއް ނުވަތަ ކުއްލި ހާލަތެއް ދިމާވެއްޖެނަމަ، ލަސްނުކުރައްވައި އެޗްޑީސީގެ ކޯލް ސެންޓަރު 1516 އަށް ގުޅުއްވުމަށް އެ ކޯޕަރޭޝަނުން އެދެއެވެ.
31 Jul 2026
އީމާންވެ ހެއު ޢަމަލުކުޅަ މީހުންނަށް، ޤިޔާމަތް ދުވަހުގައި ބިރެއް ނެތް: ޚުތުބާ
ޤިޔާމަތްދުވަހުގެ ބިރުވެރިކަމާއި އެދުވަހުގެ ނާމާންކަމުން ސަލާމަތްވުމަށް އޮތް މަގަކީ އީމާންވެ ހެއު ޢަމަލުކުރުންކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
31 Jul 2026
ފާއިތުވި 24 ގަޑިއިރުތެރޭ އެންމެ ގިނަ ވާރޭ ދަރަވަންދޫއަށް
މެޓް އޮފީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެ ހެނދުނު 08:00 އިން މިއަދު ހެނދުނު 08:00 އާ ހަމައަށް އެންމެ ގިނަ އަދަދަކަށް ވާރޭ ވެހިފައިވަނީ ބ. ދަރަވަންދޫ އަދި ހުޅުމާލެއަށެވެ. މި ދެ ސަރަހައްދަށް 84 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރިކޯޑުކުރެވިފައިވެއެވެ.
31 Jul 2026
ތިލަފުށިން ފުރި ލޭންޑިން ކްރާފްޓެއް އަޑިއަށް ގޮސް ދެ މީހަކު ގެއްލިއްޖެ
މިއަދު ހެނދުނު 8:48 ހާއިރު ފުލުހުންނަށް ރިޕޯޓު ކުރެވުނު މި ހާދިސާ ހިނގި ވަގުތު އެ ލޭންޑިން ކްރާފްޓުގައި ޖުމްލަ 10 މީހުން ދަތުރުކުރަމުން ދިޔަ ކަމަށް ފުލުހުން ބުނެއެވެ. އެ މީހުންގެ ތެރެއިން އަށް މީހަކު މިހާރު ވަނީ ފެނިފައެވެ. ނަމަވެސް ބާކީ ތިބި ދެ މީހުން އަދިވެސް ނުފެންނާތީ އެ ދެ މީހުން ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަ ގެންދެއެވެ.
31 Jul 2026
ވިއްސާރައިގައި ވެލާނާ އެއާޕޯޓަށް ބޯޓު ނުޖެއްސި ބައެއް ފްލައިޓްތައް ޑިލޭ ވެއްޖެ
ރާއްޖެއަށް މިއަދު ކުރަމުންދާ ބޯ ވިއްސާރައިގައި ވައިގަދަވެ ދުރު ފެންނަ މިންވަރު ދަށްވުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އައި ބައިނަލްއަޤުވާމީ އެތައް ފްލައިޓެއް ލަސްވެ އެއް ފްލައިޓެއް ކޮލަމްބޯއަށް ޑައިވާޓުކޮށްފިއެވެ.
31 Jul 2026
ގަދަވަޔާއެކު ނަގިލި ކަހާލައިގެން މާފުށި ފަރަށް ސަފާރީއެއް އުރި ބޭނުން ނުކުރެވޭ ހާލަތައް
ފަރަށް ބޯޓު އުރުމާއެކު ބޯޓުގެ އެއް ފަރާތް ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނައްޓައިގެންގޮސްފައެވެ.
31 Jul 2026
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިއްޖެ
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، އާއްމުގޮތެއްގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން (މެޓްއިން) ވަނީ ލަފާކޮށްފައެވެ.