ހުޅުމާލެ ދެ ފޭސް ގުޅޭ ހިސާބު
ހަބަރު
25 Jun 2025 | 18:06
ހުޅުމާލެ ދެ ފޭސް ގުޅޭ ހިސާބުގައި ނުބައި ވަހެއް ދުވާތީ ފުލުހުން ހަރަކާތްތެރިވަނީ

ހުޅުމާލެ ދެ ފޭސް ގުޅޭ ހިސާބުގައި ވަރަށް ނުބައި ވަހެއް ދުވާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.

ފުލުހުން ބުނީ ނިރޮޅުމަގުން ހުޅުމާލެ ފޭސް ދެއަކަށް އަރާ ހިސާބު ބީޗް ސަރަހައްދުގައި ކުނި ވަސް ދުވާ ކަމުގެ ރިޕޯޓެއް ލިބުމުން ފުލުހުން ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

މި މައްސަލައިގެ ރިޕޯޓް ލިބުނީ މިއަދު 5:19 ހާއިރު ކަމަށް ވެސް ބުންޏެވެ.

ފުލުހުން ދެންމެ ބުނީ އެއީ ބުޅަލެއް ކުނިވެެގެން ދުވި ވަހެއްކަން ފުލުހުން ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
31 Jul 2026
މޫސުން ގޯސްވެ، ކަނޑުމަތީގެ ހާދިސާތައް އިތުރުވަމުންދާތީ ފުލުހުންގެ އިލްތިމާސެއް
މޫސުން މިގޮތަށް ހުރުމުގެ ސަބަބުން ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުންދާތީ، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، މޫސުން ގޯސްނަމަ ދަތުރު ނުކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައި ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކުރުމަށާއި، ދަތުރުގެ ތަފުސީލު ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
31 Jul 2026
ގަދަވަޔާއެކު ވެއްޓިފައިވާ ގަސްތައް އެޗްޑީސީން ނަގަން ފަށައިފި
އާންމު ރައްޔިތުން މަގުމައްޗަށް ނިކުމެ އުޅޭއިރު، މޫސުމަށް ސަމާލުވުމަށާއި، ހުޅުމާލޭގައި މޫސުން ގޯސްވުމުގެ ސަބަބުން އެއްވެސް އެހީތެރިކަމެއް ނުވަތަ ކުއްލި ހާލަތެއް ދިމާވެއްޖެނަމަ، ލަސްނުކުރައްވައި އެޗްޑީސީގެ ކޯލް ސެންޓަރު 1516 އަށް ގުޅުއްވުމަށް އެ ކޯޕަރޭޝަނުން އެދެއެވެ.
31 Jul 2026
އީމާންވެ ހެއު ޢަމަލުކުޅަ މީހުންނަށް، ޤިޔާމަތް ދުވަހުގައި ބިރެއް ނެތް: ޚުތުބާ
ޤިޔާމަތްދުވަހުގެ ބިރުވެރިކަމާއި އެދުވަހުގެ ނާމާންކަމުން ސަލާމަތްވުމަށް އޮތް މަގަކީ އީމާންވެ ހެއު ޢަމަލުކުރުންކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
31 Jul 2026
ފާއިތުވި 24 ގަޑިއިރުތެރޭ އެންމެ ގިނަ ވާރޭ ދަރަވަންދޫއަށް
މެޓް އޮފީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެ ހެނދުނު 08:00 އިން މިއަދު ހެނދުނު 08:00 އާ ހަމައަށް އެންމެ ގިނަ އަދަދަކަށް ވާރޭ ވެހިފައިވަނީ ބ. ދަރަވަންދޫ އަދި ހުޅުމާލެއަށެވެ. މި ދެ ސަރަހައްދަށް 84 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރިކޯޑުކުރެވިފައިވެއެވެ.
31 Jul 2026
ތިލަފުށިން ފުރި ލޭންޑިން ކްރާފްޓެއް އަޑިއަށް ގޮސް ދެ މީހަކު ގެއްލިއްޖެ
މިއަދު ހެނދުނު 8:48 ހާއިރު ފުލުހުންނަށް ރިޕޯޓު ކުރެވުނު މި ހާދިސާ ހިނގި ވަގުތު އެ ލޭންޑިން ކްރާފްޓުގައި ޖުމްލަ 10 މީހުން ދަތުރުކުރަމުން ދިޔަ ކަމަށް ފުލުހުން ބުނެއެވެ. އެ މީހުންގެ ތެރެއިން އަށް މީހަކު މިހާރު ވަނީ ފެނިފައެވެ. ނަމަވެސް ބާކީ ތިބި ދެ މީހުން އަދިވެސް ނުފެންނާތީ އެ ދެ މީހުން ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަ ގެންދެއެވެ.
31 Jul 2026
ވިއްސާރައިގައި ވެލާނާ އެއާޕޯޓަށް ބޯޓު ނުޖެއްސި ބައެއް ފްލައިޓްތައް ޑިލޭ ވެއްޖެ
ރާއްޖެއަށް މިއަދު ކުރަމުންދާ ބޯ ވިއްސާރައިގައި ވައިގަދަވެ ދުރު ފެންނަ މިންވަރު ދަށްވުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އައި ބައިނަލްއަޤުވާމީ އެތައް ފްލައިޓެއް ލަސްވެ އެއް ފްލައިޓެއް ކޮލަމްބޯއަށް ޑައިވާޓުކޮށްފިއެވެ.
31 Jul 2026
ގަދަވަޔާއެކު ނަގިލި ކަހާލައިގެން މާފުށި ފަރަށް ސަފާރީއެއް އުރި ބޭނުން ނުކުރެވޭ ހާލަތައް
ފަރަށް ބޯޓު އުރުމާއެކު ބޯޓުގެ އެއް ފަރާތް ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނައްޓައިގެންގޮސްފައެވެ.
31 Jul 2026
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިއްޖެ
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، އާއްމުގޮތެއްގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން (މެޓްއިން) ވަނީ ލަފާކޮށްފައެވެ.