އިމިގްރޭޝަނުން އައްޑޫގައި ކުރިއަށްގެންދާ އޮޕަރޭޝަނުގެ ތެރެއިން...
ހަބަރު
26 Jun 2025 | 17:15
އިމިގްރޭޝަން އައްޑޫ އޮޕަރޭޝަން: ވަރކްވިސާ ނެތި އުޅުނު 83 މީހަކު ހައްޔަރުކޮށްފި

އިމިގްރޭޝަނުން އައްޑޫ ސިޓީއަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މި އަހަރުގެ އެންމެ ބޮޑު އެއް ރެއިޑް، "އޮޕަރޭޝަން ހަމަމަގު" ގައި މިހާތަނަށް ވަރކް ވިސާ ނެތި އުޅުނު 83 މީހަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން އައްޑޫސިޓީގައި ކުރިއަށްގެންދާ އޮޕަރޭޝަނާ ގުޅޭގޮތުން އެންމެފަހުން އެކްސްގައި އާއްމުކުރި މައުލޫމާތަށް ބަލާއިރު، އިއްޔެ އެކަނިވެސް 678 ބިދޭސީއަކު ވަނީ ބަލައި ފާސްކޮށްފައެވެ. އޭގެ ތެރެއިން 83 މީހުން ވިސާނެތި ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަކަން ވަނީ ފާހަގަކުރެވިފައެވެ. އިމިގްރޭޝަނުން ވަނީ މި އޮޕަރޭޝަނުގައި މިހާތަނަށް ސައްހަ ވިސާ ނެތި ބިދޭސީން ލައްވައި މަސައްކަތްކުރުވި 75 ފަރާތަކަށް ނޯޓިސްދީފައެވެ.

އައްޑޫސިޓީގައި އިއްޔެ ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން،ސީ.ޕީ (ރޓ) އަޙްމަދު ފަޞީޙް އަދި ޑެޕިއުޓީ ކޮންޓްރޯލަރ އަޙްމަދު އަޝްފާން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި 35 އިމިގްރޭޝަން އޮފިސަރުންނާއި އައްޑޫ ސިޓީ ފުލުހުންގެ އިތުރުން، އައްޑޫ ސިޓީ ކައުންސިލް މެންބަރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އިމިގްރޭޝަނުން ބުނެފައިވަނީ އިއްޔެ ހެނދުނުން ފެށިގެން އިރުއޮއްސުމާ ހަމައަށް ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި ގަވާއިދާ ޚިލާފަށް އައްޑޫ ސިޓީގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީން ރާއްޖެއިން ފުރުވާލުމަށްޓަކައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މާލޭގެ ޑިޓެންޝަން ސެންޓަރަށް ގެނެވޭނެ ކަމަށެވެ.

ގަވައިދާ ހިލާފަށް އުޅެމުންގެންދާ ބިދޭސީން އަތުލައިގަތުމަށް އިމިގްރޭޝަނުން ފަށާފައިވާ މަސައްކަތްތަކުގެ ދަށުން އެ އިދާރާއިން ދަނީ ރައްޖޭގެ އަތޮޅުތަކުގައިވެސް އޮޕަރޭޝަންތައް ހިންގަމުންނެވެ. އެގޮތުން މިހާތަނަށް އަތުލައިގަތް ބައެއްމީހުން ވަނީ ޑީޕޯޓްކޮށް އަނެއްބަޔަކު ވަނީ ގަވައިދުގެ ތެރެއަށް ވަނުމުގެ ފުރުސަތު ދީފައެވެ.

ކޮމެންޓް
އަހްމަދު
ބުނެބަލަ ގއ ދެއްވަދޫ ގަ 250 އެބައުޅޭ ތިގޮތަށް އެއީ ޓީމެއް އައިސް ފިނަމަ ބަންގާޅު މީހުންގެތަކައްލާ ފޮރުވާ ބައެކޭ މިރަށަށް އަންނާނީ ހުކުރު ދުވަހު
27 Jun 2025
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.