ރައީސް ޞާލިޙް އެމްޑީޕީގެ ފުޓްސަލް މެޗް ބައްލަވާލައްވަނީ: ފޮޓޯ/ އެމްޑީޕީ
ހަބަރު
27 Jun 2025 | 13:07
ރިޔާސީ ޕްރައިމަރީއާ ގުޅޭގޮތުން ޞާލިޙްގެ ޖަވާބެއް ނެތް، ވިދާޅުވީ، "ތިއީ ކުރަން ހެޔޮވާވަރު ސުވާލެއް ނޫން" ކަމަށް

2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވުމާމެދު ސީދާ ޖަވާބެއް ދެއްވަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ދެކޮޅު ހައްދަވައިފި އެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރައްވާނަންތޯ އެއްސެވުމުން އެ ސުވާލަށް ޖަވާބު ދެއްވަން ދެކޮޅު ހައްދަވައި ރައީސް ޞާލިޙް ވަނީ "ތިއީ މިއަދު ކުރަން ހެޔޮވާވަރު ސުވާލެއް ނޫން" ކަމަށް ވިދާޅުވެފައެވެ. 

"އެމްޑީޕީއަށް 20 އަހަރު ފުރިގެން އަދި އަޅުގަނޑުމެންނާ ދުރުގައި ތިބި ބަޔަކު އެކީގައި މަސައްކަތްކުރަން ފަށާ ވަގުތެއްގައި އަހާކަހަލަ ސުވާލެއް ނޫން ތިއީ." ރައީސް ޞާލިޙް ވިދާޅުވި އެވެ.

މިއާއެކު ރައީސް ޞާލިޙް ވިދާޅުވީ، މިވަގުތު އެމްޑީޕީ ކުރަން އޮތް ކަމަކީ، އެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދުން ކަމަށެވެ. 

ތި ދައްކަވަނޫ 2028ގެ ވާހަކަ. އަޅުގަނޑުމެން ކުރިމަތީގައި އެބައޮތް، 2026 ގެ ކައުންސިލް އިންތިޚާބު. އެ ވިން ކުރަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް އަޅުގަނޑުމެން އެންމެން ކުރަންވާނެ. 

ރިޔާސީ އިންތިޚާބުގެ އިންޓަރެސްޓް ހުރި ބޭފުޅުން މިހާރުވެސް އެބަ މަސައްކަތް ކުރައްވާ. އެކަމު އަޅުގަނޑަށް ފެންނަނީ އެކަންކަން އެހަށް މަޑު ޖައްސަވާލައްވަން. ކޮށްފަ ފޯކަސް ކުރަން އެންމެން އެކީގައި ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރަން.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް 

ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެމްޑީޕީގައި ގިނަ ދުވަސްވީ ބޭފުޅުންތަކެއް އެ ޕާޓީން މީގެ ދެ އަހަރު ކުރިން ވަކިވެފައިވާއިރު، އެ ބޭފުޅުން  ދާދިފަހުން ވަނީ އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފައެވެ. އެއާއެކު އެ އެންމެހާ ބޭފުޅުންނަށް ރައީސް ޞާލިޙް ވަނީ މަރުޙަބާ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.