ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު --- ފޮަޓޯ/ ސަން
ހަބަރު
27 Jun 2025 | 15:01
ބަދަލު ހިފުމުގެ ރޫޙެއް އަޅުގަނޑުގެ ނޯންނާނެ ކަން ނަޝީދަށް ވެސް އެނގޭނެ: ޞާލިޙް

އެމަނިކުފާނަކީ ބަދަލު ހިފުމުގެ ރޫޙު ގެންގުޅުއްވާ ބޭފުޅެއް ނޫން ކަމަށާ، އެކަން ކުރީގެ ރައީސް މުޙައްމަދު ނަޝީދަށްވެސް އެނގިލައްވާނެ ކަމަށް ކުރީގެ ރައީސް، އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

ރާއްޖެ ޓީވީގެ ފަލަ ސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް ވަނީ ރައީސް ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުންތައް އެނބުރި އެމްޑީޕީއަށް ސޮއި ކުރައްވާފައިވާތީ އެކަމާއި ގުޅިގެން އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތް ހިއްސާ ކުރައްވާފައެވެ. 

އެގޮތުން ވިދާޅުވީ، އެމްޑީޕީ ދޫކޮށް ދިޔަ ބޭފުޅުން އެނބުރި ވަޑައިގެންނެވުމުން އުފާ ކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނަކީ ބަދަލު ހިއްޕަވާނެ ބޭފުޅެއްނޫން ކަމަށެވެ. 

ބަލި ކަށި މީހުން ބަދަލު ހިފާނީ، ސްޓްރޯންގް މީހުން މާފުކުރާނެ، އިންޓެލިޖެންޓް މީހުން އިގްނޯ ކުރާނީ، ހަމަ ގައިމުވެސް ބަދަލު ހިފުމެއް އަޅުގަނޑުގެ ނޯންނާނެ. ރައީސް ނަޝީދަށްވެސް އެނގިވަޑައިގަންނަވާނެ އެކަން.

އިބްރާހީމް މުޙައްމަދު ޞާލިޙް 

ރައީސް ޞާލިޙް ވިދާޅުވި ގޮތުގައި، ޑިމޮކްރެޓްސް އެ ޕާޓޫ ދޫކޮށް އެމްޑީޕާ ގުޅުމަކީ އެމަނިކުފާނު ވަރަށް އުފާކުރައްވާ ކަމެއް ކަމަށެވެ. އަދި އެ ދެޕާޓީ އަކީވެސް ގާތްގަނޑަކަށް އެއް ވިސްނުމެއް ގެންގުޅޭ ދެ ޕާޓީ ކަމަށާ، އެކުގައި މަސައްކަތް ކުރަން މީގެ ކުރިންވެސް މަޝްވަރާ ކުރެވުނު ކަމަށް އެމަނިކުފާނު ވިދާޅުވުއެވެ. 

އަޅުގަނޑުމެން ރިޔާސީ އިންތިޚާބުން ބަކިވުމާއެކީގައި، ދުވަސްކޮޅެއްގެ ތެރޭގައި، ޑިމޮކްރެޓްސްއާ އެމްޑީޕީއާ ދެމެދުގައު ވާހަކަތަކެއް ދެކެވުނު. އޭރު ގެންގުޅުނު އެއް ވިސްނުމަކީ ޑިމޮކްރެޓްސް އާ އެކީގައި ކޯލިޝަނެއް ހަދައިގެން ދެބައިމީހުން އެކީގައި ދެ ޕާޓީ އޮވެގެން ކުރިއަށް ދާން. އެ ޚިޔާލު އަޚުގަނޑާ ހިސާބަށް ގެނައިމަ، ފުރަތަމަ ދުވަހުވެސް އަޅުގަނޑު ބުނިން އަޅުގަނޑަށް ގަބޫލެއް ނުކުރެވެއޭ ތިކަމެއް. ޑިމޮކްރެޓްސް އާއި އެމްޑީޕީ އަދި ގައުމަށްވެސް އެންމެ ރަނގަޅު ގޮތަކީ ޑިމޮކްރެޓްސްގެ ބޭފުޅުން އެނބުރި އެމްޑީޕީއަށް ވަޑައިގަތުމޭ.

އިބްރާހީމް މުޙައްމަދު ޞާލިޙް 

ޞާލިޙް ވިދާޅުވީ، ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ ގުޅުމާމެދު އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުންގެ މެދުގައި ޚިޔާލުތަފާތުވުންތައް އޮތް ކަމަށެވެ. އެހެން ނަމަވެސް ކަން ނިމިގެން ދިޔައީ އެމަނިކުފާނު އޭރު ބޭނުންވެވަޑައިގެންނެވި ގޮތަށް ކަމަށާ، އެކަމުގެ ސަބަބުން އެމްޑީޕީ އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް ވިދާޅުވިއެވެ. 

އެހެންކަމުން ދެން އޮތީ އެކުގައި މަސައްކަތް ކުރުން ކަމަށާ، ”ފަހަތަށް އެނބުރިގޮސް އެ މާޒީގައި ތާށިވެ ތިބެން ނުވާނެ“ ކަމަށާ، އެމްޑީޕީ ކުރަން ނުކުމެ ތިބީ މާ ބުރަ މަސައްކަތެއް ކަމަށް ޞާލިޙް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.