އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އިއްޔެ ބޭއްވި ދިދަ ނެގުމުގެ ހަރަކާތުގެ އަރިމަތިން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒާއި ޕާޓީގެ ރައީސް ޝާހިދު މަޝްވަރާއެއްގައި.--- ފޮޓޯ: އެމްޑީޕީ
ހަބަރު
27 Jun 2025 | 16:01
އެމްޑީޕީގެ ޗެއާޕާސަނާއި ރައީސްގެ މަގާމު އެއްކޮށްލައި ބޮޑެތި ބަދަލުތަކެއް ގެންނަނީ

އެމްޑީޕީގެ ރައީސާއި ޗެއާޕާސަންގެ މަގާމު އެއްކޮށްލައި، އެ ޕާޓީ ހިންގުމާ ގުޅޭ އަސާސީ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، އެމްޑީޕީގެ އަސާސީ ގަވާއިދަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށާ އެކަން ދެން ބޭއްވޭ އެޕާޓީގެ ކޮންފަރެންސްގެ ތެރެއިން ކުރިއަށްދާނެ ކަމަށެވެ.

އެ ބަދަލުތަކުގެ ތަފްސީލް ހާމަކުރައްވައި ފައްޔާޒު ވިދާޅުވީ، ޕާޓީގެ ޗެއަރޕާސަން އަދި ރައީސްގެ މަގާމުންކުރެ އެއް މަގާމެއް އުވާލުމެވެ. 

މިހާރަކު ޕާޓީގެ ޗެއާޕާސަން އަކާއި ޕާޓީގެ ރައީސް އަކު ހުރުމުގެ ބޭނުމެއް ނެތޭ. ކޮންމެސް އެއް މަގާމެއް އޮތީމަ ނިމުނީއޭ. އެއީ ޕާޓީގެ ރައީސް ކަމަށް ވިއްޔާ ޕާޓީގެ ރައީސް. ޗެއާޕާސަން ވިއްޔާ ޗެއާޕާސަން. ޕާޓީއެއް ބާރަށް ކުރިއަށް ގެންދިޔުމުގައި އެފިޝިއަންސީތަކެއް، ފަސޭހަތަކެއް އޭރުން ގެނެވޭ. އެހެންވީމާ އަޅުގަނޑުމެންގެ ރޯޑު މެޕުގައި އޮންނާނީ، ދެ މަގާމު އެއްކޮށްލާފައި ކޮންމެސް އެއް މަގާމެއް ބޭނުން ކުރުން. މިއީ މުހިންމު ބަދަލެއް. ބައެއް ބޭފުޅުންނަށް ފަސޭހަވެސް ނުވެދާނެ އެކަން. 

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް

ދެވަނަ ބަދަލެއްގެ ގޮތުގައި ހުށަހަޅާނެ ބަދަލަކީ ޕާޓީގެ ލީޑަރުގެ މަގާމަށް ހޮވޭ މީހަކަށް އެ ދައުރެއްގައި އަންނަ ރިޔާސީ އިންތިހާބަށް ކުރިމަތިނުލެވޭ ގޮތަށް ގަވާއިދު ބަދަލުކުރުން ކަމަށް ފައްޔާޒު ވިދާޅުވުއެވެ.

ބޭނުމަކީ މިހާރު މިދެކެވޭ ވާހަކަ ތަކާ، ފެކްޝަންތަކާ، އެކަންކަމުގެ ސަބަބުން ޕާޓީ ހިންގަން ހުންނަ މީހާއަށް ކޮންމެސް ވަރެއްގެ ދަތިތަކެއް އަންނާނެ. އެމީހަކަށް އެއްވެސް ރަނގަޅު ކަމެއް ނުކުރެވޭނެ. ފާޑުކިޔުން އަންނަ ގޮތުން އަންނާނެ. އެހެންވީމާ ޕާޓީގެ ލީޑަރަކީ އެކަންކަމުން ސަލާމަތްވެފައި ހުންނަ މީހެކޭ. އޭނާގެ މަސައްކަތަކީ ޕާޓީ ބާރަށް ކުރިއަށް ގެންދިޔުމޭ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް 

ފައްޔާޒު ވިދާޅުވީ، ލީޑަރުގެ ދައުރުގައި ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވުނު ނަމަވެސް، ޕާޓީ ވަރުގަދަކުރުމަށްފަހު އެމީހެއްގެ ގާބިލުކަން މެމްބަރުންނަށް ސާބިތުކޮށްދިނުމުން ދެން އަންނަ ރިޔާސީ އިންތިހާބަކަށް އެމީހަކަށް ޖާގަ ލިބިގެންދާނެކަމަށެވެ. އެހެންކަމުން އެއީ ރާއްޖޭގެ އެންމެ މަތީ ހަރުފަތަށް އެރުމަށްޓަކައި އެމީހެއްގެ ގާބިލުކަން ހުރި މިންވަރު ރައްޔިތުންނަށް ދައްކުވައިދޭ މަންސައަކަށްވެސް ވެގެންދާނެކަމަށެވެ.

އެކަންކަމުގެ އިތުރުން ދެން ހުށަހަޅާނެ ކަމަކީ، އެމްޑީޕީގެ ވެރިކަމެއް ގާއިމުވެއްޖެ ހާލަތެއްގައި އެމްޑީޕީގެ ލީޑަރަށް އެއްވެސް ވަޒީފާއަކަށް ނުދެވޭނެ ގޮތަށް ބަދަލުގެނައުން ކަމަށެވެ.

ކެބިނެޓަކަށްވެސް ނުދެވޭނެއޭ. މަޖިލީހަކަށްވެސް ނުދެވޭނެއޭ. މިނިވަން މުއައްސަސާތަކަށްވެސް ނުދެވޭނެއޭ. އަދި އެހެންވެސް އެސްއޯއީއެއްގެ އެމްޑީ އަކަށް ނުދެވޭނެއޭ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް 

އެފަދައިން ގަވާއިދު ބަދަލު ކުރަން ނިންމި ސަބަބެއްގެ ގޮތުގައި ފައްޔާޒު ވިދާޅުވީ، ނިމިދިޔަ އެމްޑީޕީގެ ދެ ވެރިކަމުގައިވެސް ޕާޓީގެ ވަރުގަދަ ބޭފުޅުން އެކި އެކި މަގާމުތަކަށް ވަޑައިގަތުމުން ޕާޓީ ހީނަރުވެގެންދާތަން ފެނިގެންގޮސްފައިވާކަމަށެވެ. އަދި އެ ހާލަތުގައި ސަރުކާރު ހިންގުނު ނަމަވެސް ޕާޓީ ކުޑަވެ ޕާޓީ ހީނަރުވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެހެންކަމުން މިފިޔަވަޅުގެ ބޭނުމަކީ ސަރުކާރެއް އެކުލެވިގެންދާއިރުވެސް ޕާޓީ ރަނގަޅަށް ހިނގުންކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.