ތިލަމާލް ބްރިޖުގެ މަސައްކަތް ކުރިއަށް ދަނީ --
ހަބަރު
27 Jun 2025 | 15:23
މި ދައުރު ނިމޭއިރުވެސް ތިލަމާލެ ބްރިޖު ނޭޅޭނެ ކަމަށް މައުލޫމާތު ލިބިއްޖެ: ޔާމީން

މި ދައުރު ނިމޭއިރުވެސް ތިލަމާލެ ބްރިޖު ނޭޅޭނެ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އަމިއްލަފުޅު ގެކޮޅު -- ހ. ދޫވެހީގައި ކުރިއަށް ގެންދަވާ އެމަނިކުފާނުގެ ޕާޓީ, ޕީއެންއެފްގެ އޮފީސް ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި ތަރައްގީގެ އެންމެ ބޮޑު މަޝްރޫ ކަމަށްވާ, މާލެއާ ހުޅުލެ ގުޅުވާލި ސިނަމާލެ ބްރިޖުގެ ބާނީ, ޔާމީން ވިދާޅުވި ގޮތުގައި ރައީސް މުއިއްޒުގެ ޒައާމަތް ނިމޭއިރުވެސް މާލެއާ ވިލިމާލެ ގުޅުވާލާ ބްރިޖުގެ މަސައްކަތް ނުނިމޭނެ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

"މިހާރު އަޅުގަނޑަށް މައުލޫމާތު ލިބޭ ގޮތުގައި ރައީސް މުޙައްމަދު މުޢިއްޒު ސަރުކާރު ނިމޭ އިރު ވެސް އެ ތަނެއް [މާލެއާ ވިލިމާލެ ގުޅުވާލާ ތިލަމާލެ ބްރިޖު] ނޭޅޭނެ," 2013 އިން 2018 ވަނަ އަަހަރުގެ ނިޔަލަށް ވެރިކަން ކުރެއްވި ކުރީގެ ރައީސް ޔާމީން ވިދާޅުވި އެވެ.

ޔާމީން ރޭ ވިދާޅުވި ގޮތުގައި ރާއްޖޭގައި ހިންގާ އެކި މަޝްރޫއުތަކުގެ އަގު އުފުލި އެ މަޝްރޫއުތަކަށް ބޮޑު ހޭދައެއް ކުރަން ޖެހެނީ މަޝްރޫއުތައް ނުނިމި ދިގުލައިގެންދާތީ އެވެ. އެކަން އެހެން ވަނީ ކަމަށް ގާބިލް ކުންފުނިތަކަށް މަސައްކަތް ހަވާލު ނުކުރާތީ ކަމަށް ވިދާޅުވި އެވެ.

ތިލަމާލެ ބްރިޖު ނުނިމި އިތުރު ފަސް އަހަރު ފާއިތުވެގެން ދާނަމަ ދެން އަނެއްކާ ވެސް އެ މަޝްރޫއުގެ އަގު އިތުރަށް އުފުލި ދައުލަތުން ކުރަން ޖެހޭ ހޭދަ ބޮޑުވެގެންދާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

މަސައްކަތް ހަލުއިވެއްޖެ, އެކަމަކު ތާރީޚަށް ނިންމައެއް ނުލެވޭ

އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ އިން ކުރިއަށް ގެންދާ މި މަޝްރޫޢަކީ 7 ބިލިއަން ރުފިޔާގެ ބޮޑު މަޝްރޫޢެކެވެ. މި މަޝްރޫއުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބްރިޖަކާއި ކޯސްވޭ ލިންކެއް އަޅާނެއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ފެށި މި މަޝްރޫއު 47 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. ސޯލިހްގެ ސަރުކާރުގައި ނިމުނީ 29 އިންސައްތަ މަަސައްކަތެވެ.

މި ސަރުކާރު އުފެދި މިވީ މުއްދަތުގެ ތެރޭގައި ބްރިޖްގެ މަސައްކަތް ހަލުވިކޮށް ކަނޑައަޅާފައިވާ ތާރީހުތަކަށް މަސައްކަތްތައް ނިންމުމާއި ގުޅޭގޮތުން އިންޑިއާގެ އެކި ފެންވަރުގެ ބޭފުޅުންނާއެކު ވަނީ މަޝްވަރާތައް ކުރައްވާފަ އެވެ. އެ މަޝްވަރާތަކަށް ފަހު ކަނޑައަޅާފައިވާ ތާރީހުތަކަށް މަސައްކަތް ނިމޭނެ ކަމުގެ ޔާގީންކަން ރައީސް މުއިއްޒުއާ ސަރުކާރުގެ ވެރީން ވަނީ ދެއްވާފަ އެވެ.

ރައީސް މުއިއްޒު, ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވަނީ -- ފޮޓޯ: ވޮއިސް

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެޑައިގެން ހިސާބުން ފެށިގެން ބްރިޖުގެ މަސައްކަތް ވަރަށް ގާތުން ބައްލަވަމުންދާ ކަމަށެވެ. އަދި ވިދާޅުވީ މި އަހަރުގެ ނިޔަލަށް މާލެ-ވިލިމާލެ ގުޅާލެވި އަންނަ އަހަރުގެ ނިޔަލަށް ވިލިމާލެއާ ގުޅިފަޅު ބްރިޖުން ގުޅާލެވޭނެ ކަމަށެވެ.

މާލެ-ވިލިމާލެ ގުޅުވާލާ ތިލަމާލެ ބްރިޖުގައި ދުނިޔޭގެ އެންމެ އުސް ޕްރީކާސްޓް ސެގްމަންޓް މިހާރު ވަނީ ބަހައްޓާފަ އެވެ. އިންޑިއާ ހައިކޮމިޝަނުން ބުނި ގޮތުގަައި މި ޕްރީކާސްޓްގެ އުސްމިނަކީ 8.2 މީޓަރު އަދި ފުޅާމިނަކީ 25.3 މީޓަރެވެ. އަދި މިއީ 216.04 މެޓްރިކް ޓަނުގެ ބަރުދަން ހުރި ޕްރީކާސްޓެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.