ރައީސް މުއިއްޒު
28 Jun 2025 | 04:09
ރިސޯޓްތައް މަދު އަތޮޅުތަކުގައި ޓޫރިޒަމް ފުޅާކުރުމުގެ މަސައްކަތް ފަށަނީ

ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް، ރާއްޖޭގައި ރިސޯޓްތައް މަދު އަތޮޅުތަކަށް ޓޫރިޒަމް ފުޅާކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުުހައްމަދު މުޢިއްޒު އިއުލާނު ކުރައްވައިފި އެވެ.

އެމަނިކުފާނު އެކަން އިއުލާނު ކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓްގައި ރައީސް ފުރަތަމަ ވިދާޅުވީ ވިދާޅުވީ މި އަހަރު މަޖިލީސް ހުޅުވުމުގެ ގޮތުން އިއްވެވި ރިޔާސީ ބަޔާނުގައި މިހާރު ޓޫރިޒަމް އެންމެ ދަށް އަތޮޅުތަކުގައި ރިސޯޓްތައް ހުޅުވާ ޓޫރިޒަމް ފުޅާކުރައްވަން ވައުދުވެވަޑައިގެންނެވި ކަމަށެވެ.

ރައީސް ވިދާޅުވީ ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް، ރާއްޖޭގައި ރިސޯޓްތައް މަދު އަތޮޅުތަކަށް ޓޫރިޒަމް ފުޅާކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށެވެ. 

އެގޮތުން ރިސޯޓްތައް އެންމެ މަދު ހަ އަތޮޅު ކަމަށްވާ ހއ އަތޮޅާއި ހދ އަދި ށ އަތޮޅާއި ތ އަތޮޅާއި ލ އަދި އައްޑޫ ހިމެނޭނެހެން ފުރުސަތުތައް ހުޅުވާލަން ތައްޔާރު ވަމުންދާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ހަ އަތޮޅުތަކުގައި ޓޫރިޒަމަށް ރަށްތައް ހުޅުވާލާނީ މާކެޓިން ސްޓްރެޓެޖީއަކާ އެކު އެވެ. އަދި ވިދާޅުވީ އިންވެސްޓްމަންޓްތަކަށް ހިތްވަރު ދީ ޓޫރިޒަމްގެ ދާއިރާގެ އިތުރު އިގްތިސާދީ ހަރަކާތްތައް ހިންގުމަށް ހިތްވަރު ލިބޭ ގޮތަށް އެ ފުރުސަތުތައް ފަހި ކުރައްވާނެ ކަމަަށެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ކުރިއަށް އޮތް ހަފުތާގެ ތެރޭގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން ހާމަކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މި ޕޯސްޓްގެ ކުރީން ރައީސް ވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އިތުރަށް ފުޅާކޮށް، ޙަލާލް ޓޫރިޒަމްގެ ދާއިރާގައި ކުރިއަރާފައިވާ މަންޒިލަކަށް ހެދުމަށްޓަކައި، ބައެއް ރަށްތައް ހަމައެކަނި ޙަލާލް ޓޫރިޒަމަށް ޚާއްސަކޮށް ތަރައްޤީ ކުރުމަށް ނިންމާފައިވާ ކަން އިއުލާނު ކުރައްވާފަ އެވެ.

އެގޮތުން އެ ރަށްތަކަަށް އިންވެސްޓަރުންނަށް ޚާއްސަ ލުއިތަކެއް ދިނުމަށް ވެސް ވަނީ ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. މީގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އިތުރު ހަރުފަތަކަށް ގެންދެވި އެ ސިނާއަތް ފުޅާވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ކޮމެންޓް
މުހައްމަދު
ކޮބާތޯ ފާފު އަތޮޅު ގެ ރިސޯޓްތައް ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟
28 Jun 2025
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.