ވިނަރެސްގެ ބައެއް ޓަވަރުތައް... ފޮޓޯ: ވޮއިސް
ހަބަރު
28 Jun 2025 | 16:50
ފްލެޓްތަކުގެ ކުލިން އެކަނިވެސް ދައުލަތަށް 700 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބެންޖެހޭ: ޑރ. މުއްޠަލިބު

ފްލެޓްތަކުގެ ކުލިން އެކަނިވެސް ދައުލަތަށް 700 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބެންޖެހޭ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ޑރ. މުއްޠަލިބު މިހެން ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި އާއްމުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ސޯޝަލް ހައުސިންގ ސްކީމްގެ ދަށުން ސަރުކާރުން ދޫކުރާ ހައުސިން ޔުނިޓްތަކަށް ގިނަ ބަޔަކު ކުލި ނުދައްކާ އެތަންތަނުގައި ދިރިއުޅެމުންދާ ކަމަށާ މިކަމުގެ ސަބަބުން ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމަށް ޑރ. މުއްޠަލިބު ވިދާޅުވިއެވެ.

ޑރ. މުއްޠަލިބު ވިދާޅުވެފައިވާ ގޮތުގައި މިހާރު މަޖިލީހަށް ފޮނުވާފައިވާ ގެދޮރުވެރިކަމާ ގުޅޭ ބިލު ފާސްވުމާއެކު، ފްލެޓްތަކަށް ކުލި ނުދައްކާ ފަރާތްތަކާއިމެދު ފިޔަވަޅުއަޅަން ފަސޭހަވާނެކަމަށެވެ. ފްލެޓްތަކުގެ ކުލިން ދައުލަތަށް ލިބެންޖެހޭ ކުލިން 700 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިނުވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ސޭލް ޕަރޗޭސް އެގްރީމެންޓު އުސޫލުން ފުލެޓުތަށް ދޫކޮށްފައިހުރުމުގެ ސަބަބުން ދައުލަތުން ކޯޓު މަރުހަލާއަށް ނުގޮސް ފްލެޓްތައް ސަރުކާރަށް ނެގުންފަދަ ފިޔަވަޅުތަށް އެޅުމަށްހުރަސްއެޅޭ ކަމަށާއި ކުލި ނުދައްކާ ފަރާތްތަކާމެދު ޤާނޫނީގޮތުން ފިޔަވަޅު އަޅަން ދަތިވާކަމަށެވެ.

އެހެންނަމަވެސް މިހާރު މަޖިލީހަށް ފޮނުވާފައިވާ ގެދޮރުވެރިކަމާ ގުޅޭ ބިލު ފާސްވުމާއެކު، ކުލި ނުދައްކާ ފަރާތްތަކާއިމެދު އެއްވެސް ދަތިކަމެއްނެތި ފިޔަވަޅު އެޅުމުގެ ފުރުސަތު ސަރުކާރަށް ލިބިގެންދާނެކަމަށް ޑރ. މުއްޠަލިބު ވިދާޅުވިއެވެ. އަދިހަމައެހެންމެ، ފުލެޓްތައް ދޫކުރުމުގައި އެގްރިމެންޓްކުރުމުގައި ބޮޑެތި އިސްލާހުތަކެއް ގެނައުމަށް ނިންމާފައިވާކަމަށްވެސް ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އެގްރިމެންޓްކުރުމުގައި ގެނެވޭ ބައެއް ބަދަލުތަކުގެ ތެރޭގައި ބޭންކް މޯގޭޖް ފައިނޭންސްގެ ތެރެއިން މޯގޭޖެއްގެ ގޮތުގައި ދިނުން ނުވަތަ ކުލި ދައްކާ މުއްދަތު ނިމުމުން ވެރިފަރާތަށް ފްލެޓު މިލްކުވާގޮތަށް ބަދަލުގެނައުން ހިމެނެވެ.

އެގްރިމެންޓްކުރުމުގައި ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމާފައިވަނީ ކުލި ނުދެއްކުމުގެ ސަބަބުން މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ ފައިނޭންސިންއަށް ދަތިވަމުންދާތީކަމަށް ޑރ. މުއްޠަލިބު ވިދާޅުވިއެވެ. އަދިހަމައެހެންމެ، މި ފެށޭ ޖުލައިމަހު ފްލެޓް ލިބުނު ފަރާތްތަކާއިއެކު އެގްރިމަންޓް ހެދުމާއި، ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ފަށާނެކަމަށް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.