އައިޖީއެމް ހޮސްޕިޓަލް: ފޮޓޯ/ ވޮއިސް
ހަބަރު
29 Jun 2025 | 09:59
ފައިނު އެކްސިޑެންޓު: އަނިޔާވި ދެ ކުދިން ވެންޓިލޭޓަރުން ނަގައިފި، ޓީޗަރުގެ ހާލު އަދިވެސް ސީރިއަސް

މިމަހު 26 ވަނަ ދުވަހުގެ ރޭ ރ.އަތޮޅު ފައިނުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި 2 ކުދިންނަށް ވެންޓިލޭޓަރުން ނަގާފައިވާ ކަމަށާ، ނަމަވެސް ޓީޗަރަށް އަދިވެސް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ. 

ވޮއިސްއާ މައުލޫމާތު ހިއްސާކުރަމުން އައިޖީއެމްއެޗުން ބުނީ، އަނިޔާވި ދެކުދިން ވެންޓިލޭޓަރުން ނެގި ނަމަވެސް، އަދިވެސް ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށެވެ.

އަދި ޓީޗަރަށް އަދިވެސް ފަރުވާ ދެމުންދަނީ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށްވެސް ބުނެފައިވެއެވެ.

ފައިނުގައި ހިނގި މި އެކްސިޑެންޓް ހިނގާފައިވަނީ ލައިސަންސް ނެތް ދަރިވަރަކު ދުއްވި ސައިކަލެއް ކަސްރަތަށް ނިކުމެ އުޅުނު ދެ މީހެއްގެ ގައިގައި ޖެހިގެންނެވެ.

އެކްސިޑެންޓް ހިނގިއިރު ސައިކަލްގައި އިނީ ސްކޫލް ދެ ދަރިވަރުންނެވެ. ދުއްވާފައި ދިޔަ ސައިކަލް ގޮސް ޖެހުނު އެކަކީ ފައިނު ސްކޫލްގެ ޕްރިންސިޕަލެވެ. އަދި ދެވަނަ މީހަކީ ސްކޫލް ޓީޗަރެކެވެ.

ވޮއިސްއާ މައުލޫމާތު ހިއްސާކުރި ފައިނު ރައްޔިތަކު ބުނީ، އެކްސިޑެންޓްވި ސީނަށް ބަލާއިރު ސައިކަލް ދުއްވާފައިހުރީ ވަރަށް ބާރަށްކަމަށެވެ.

މި އެކްސިޑެންޓްގައި އަނިޔާލިބުނު މީހުން އިތުރު ފަރުވާދިނުމަށް މާލެ ގެނެސްފައިވަނީ މިމަހު 27 ވަނަ ދުވަހުއެވެ. އެކްސިޑެންޓް ހިނގުމާއެކު އަނިޔާވި މީހުންނަށް ފަރުވާދީފައިވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުންނެވެ.

މި އެކްސިޑެންޓްގައި ހަތަރު މީހުންނަށްވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. ފުލުހުން ވަނީ އެކްސިޑެންޓްވި ސައިކަލް ޓޯ ކޮށް، މައްސަލަ ބަލަން ފަށާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.