ތުޅާދޫ ސިއްހީމަރުކަޒު... ވޮއިސް ފޮޓޯ: ނާފިޒް
ހަބަރު
29 Jun 2025 | 14:40
މުޅި ތުޅާދޫގައި ރޯގާ ފެތުރެނީ

ބ.ތުޅާދޫގައި ހަލުވިކަމާއެކު ރޯގާ ފެތުރެމުންދާތީވެ، ރައްޔިތުން ގޭގައިތިބުމަށް އެރަށު ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

ތުޅާދޫ ކައުންސިލުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެރަށުގައި ރޯގާ އާއި ޑެންގޫ ފެތުރެމުންދާ މިންވަރު ހަލުވިކަމާއެކު އިތުރުވަމުންދާކަމަށެވެ. އެހެންކަމުން މިދުވަސްވަރު ކޮންމެހެން ދާންޖެހޭ ތަނެއް ފިޔަވައި އިތުރު ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުމަށާއި، ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީމަރުކަޒުން ދީފައިވާ އިރުޝާދާ އެއްގޮތަށް އަމަލުކުރަން އަންގާކަމަށެވެ.

ތުޅާދޫ ކައުންސިލުން މިއަދު ވަނީ ޑެންގޫ ހުމާއި ރޯގާ ފެތުރެމުންދާތީވެ، ކައުންސިލުން ވަކި އެއްޗެއް އަންގަންދެން ފުޓްސަލް ދަނޑުވެސް ބޭނުންނުކުރުމަށް އަންގާފައެވެ. އެރަށު ކައުންސިލުން ބުނީ ފުޓްސަލްދަނޑު ބަންދުކުރަން ނިންމީ އެ ސަރަހައްދުގައި ކުނިކޮށި ހުރުމުގެ ސަބަބުންނާއި، އެ ސަރަހައްދުގައި ގިނަ އަދަދަކަށް މަދިރި އާއި މަދިރިފަނި އާލާވާކަމަށް ފާހަގަކުރެވޭތީވެ، ރައްޔިތުންގެ ސަލާމަތަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ދުވާލެއްގެ މައްޗަށް 80 އަށް ވުރެ ގިނަ މީހުން އެރަށު ސިއްހީމަރުކަޒަށް ފަރުވާ ހޯދުމަށް ދެއެވެ. އާއްމު ދުވަހެއްގައިނަމަ މީގެ ކުރިން މިއަދަދު އުޅެނީ 20 ގައެވެ. މީގެ އިތުރުން ތުޅާދޫ ސްކޫލުގެ ކިޔެވުންވެސް އިންޓަރވަލް ފަހުން ވަނީ ބަންދުކޮށްފައެވެ. ރޯގާގެ ސަބަބުން ސްކޫލުގެ ގިނަ އަދަދެއްގެ ޓީޗަރުން ސަލާމްގައި ތިބިއިރު، ދަރިވަރުންގެވެސް ދެބައިކުޅަ އެއްބައި ސްކޫލަށް ހާޒިރު ނުވާކަމަށް މައުލޫމާތު ލިބެއެވެ.

މާލެއާއި އަތޮޅުތަކުގެ ރަށްތަކުގައި ރޯގާ އާއި ޑެންގޫ ހުން ފެތުރެމުންދާ މިންވަރު ވަރަށްބޮޑަށް އިތުރުވަމުންދާކަމަށް ކަމާބެހޭ ފަރާތްތަކުންވެސް ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ކޮވިޑް ފެތުރެމުންދާ މިންވަރު އިތުރުވަމުންދާތީވެ އެކަމަށް ސަމާލުވުމަށްވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.