ސިއްހީ ވުޒާރާގެ ނަން ބޯޑް
ހަބަރު
29 Jun 2025 | 18:33
އަށް މަހުގެ ކުއްޖަކު ނިޔާވުން؛ ތުހުމަތުތަކާއި ގުޅިގެން ހެލްތުން ވެސް މައްސަލަ ބަލަނީ

ސަރުކާރުގެ މައި ހޮސްޕިޓަލް -- އައިޖީއެމްއެޗް ގައި އުމުރުން 8 މަހުގެ ކުއްޖަކު ނިޔާވުމުގައި އެ ހޮސްޕިޓަލްގެ އިހުމާލު އޮތް ކަމަށް ތުހުމަތުވާތީ އެކަން ހެލްތް މިނިސްޓްރީން ވެސް ބަލަން ފަށައިފި އެވެ.

ކުއްޖާ ނިޔާވުމާއި ގުޅިގެން އާއިލާ އިން ވަނީ ސީރިއަސް މައްސަލަތަކެއް ފެންމަތި ކޮށްފަ އެވެ. އެ މައްސަލަ މިހާރު ދަނީ ހޮސްޕިޓަލުން ވެސް ބަލަމުންނެވެ. ހެލްތް މިނިސްޓްރީން ވެސް ބުނީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

މީގެ ހަފްތާއެއްހާ ކުރިން ހިނގި މި ހާދިސާއާއި ގުޅޭ ގޮތުން ކުއްޖާގެ އާއިލާގެ ފަރާތުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ އައިޖީއެމްއެޗަށް ބޮޑެތި ތުހުމަތު ތަކެއް ކޮށްފައެވެ. 

އެގޮތުން، ސިއްޙަތު އެންމެ ރަނގަޅަށް ހުރި ތުއްތު ދަރިފުޅު ހޮޑުލައި، އަބަދުހެން ރޮވޭ ގޮތްވެ، ނުކެވޭތީ ކުއްޖާ ހޮސްޕިޓަލަށް ދެއްކުމުން އެންމެ ފުރަތަމަ ދެފަހަރުވެސް ބޭސް ދީފައި ގެއަށް ފޮނުވާލީ ކަމަށާ، ނަމަވެސް ހާލު ރަނގަޅު ނުވާތީ ތިންވަނަ ފަހަރަށް، މިމަހު 20 ވަނަ ދުވަހު ހޮސްޕިޓަލަށް ދެއްކުމުން އެޑްމިޓްކޮށް އައިވީ ގުޅީ ކަމަށް އާއިލާއިން ބުނެފައިވެއެވެ.

އަދި އެފަހުން ކުއްޖާގެ ލޭ ނަގައި ޓެސްޓުތައްވެސް ހެދި ނަމަވެސް އޭގެ ނަތީޖާ އާއިލާއާ ހިއްސާ ނުކުރާ ކަމަށް  ބުނެފައިވެއެވެ. 

އައިވީ ގުޅާފައި އޮތް އިރުވެސް އެ ކުއްޖާ ގަވާއިދުން ބުއްފުޅި ބޯ ކަމަށާ، ނަމަވެސް ހާލަތު އިތުރަށް ގޯސްވެ އެޑްމިޓް ކުރިތާ ދެވަނަ ދުވަހު ކުއްޖާ ދުޅަވެ، ފުފެން ފެށި ކަމަށް އާއިލާއިން ބުންޏެވެ.

"އެޑްމިޓް ކުރިތާ ދެދުވަސް ވީއިރު ކުއްޖާގެ މުޅި ހަށިގަނޑު އޮތީ ‘ބްލޯޓް’ ވެފައި. ހޮސްޕިޓަލުގެ މެޑިކަލް އޮފިސަރުން ސާމްޕަލްތައް ނަގުވައި، ޓެސްޓުތައް ހަދާފައި ބުނަނީ އިންފެކްޝަން އުފެދިގެންނޭ އެހެންވީ. އެކަމަކު ކޮންތާކު؟ކިހިނެއް؟ ނުވަތަ ކީއްވެ ވީ ކަމެއް ކަމެއް ނުބުނޭ. ހަމައެކަނި އިންފެކްޝަން އެކޭ ބުނެ އަޅާނުލާ,"

ތިންވަނަ އަށްވީ ދުވަހު، ކުއްޖާގެ ދުޅަ މައިތިރިވި ކަމަށާ ނަމަވެސް، އޭރުވެސް ބަނޑު ހުރީ ފުފިފައެވެ. އެހެންކަމުން، ޓެސްޓުތަކުގެ ނަތީޖާ ހިއްސާ ކުރުމަށް އާއިލާއިން ހޮސްޕިޓަލުގައި އާދޭސް ކުރުމުން ދިން ޖަވާބަކީ، ކުއްޖާ ދުޅަވީ ހަށިގަނޑުގައި ފުލުއިޑް ގިނަވެގެން ކަމަށާ، އަދި ލިވާގައި ހުންނަންޖެހޭ އެންޒައިމެއްވެސް ހުންނަންޖެހޭ ވަރަށްވުރެ މަތިވުމުން ކަމަށް ހޮސްޕިޓަލުން ބުނި ކަމަށް ޢާއިލާގެ ފަރާތުން ބުނެފައިވެއެވެ. ނަމަވެސް އެއީ ކޮން އެންޒައިމް އެއް ކަމާއި، އޭގެ ބޭނުމާއި އެފަދަ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރާކަން އާއިލާއިން ފާހަގަކޮށްފައިވެއެވެ. 

"ހަތަރުވަނަ ދުވަހު ކުއްޖާއަށް ލޯވެސް ހުޅުވައި ނުލެވޭ. ނުހުޅުވައި އޮވެގެން ރޮނީ. ފަސް ވަނަ ދުވަހު ހާލަތު އިތުރަށް ގޯސްވުމުން، އާއިލާއިން ކަންބޮޑުވެ، ނަރުހުންނަށް ‘ހަޅޭލަވަން’ ފެށުމުން ޑރ. ފައިސަލް އައީ ކުއްޖާ ބަލަން,"

އާއިލާއިން ބުނެފައިވާގޮތުން، އޭގެ ކުރިން ކުއއޖާގެ ހާލަތު ބަލަން އައިސްފައިވަނީ މެޑިކަލް އޮފިސަރުންނެވެ. ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރެއް ގެނެސްދިނުމަށް އެދުމުންވެސް އޭރު އެކަމެއް ނުކޮށް ދިނެވެ. 

އެހާލަތުގައި، ކުއްޖާ ގޮވައިގެން ބޭރަށް ފުރަން، އާސަންދަ ހަމަޖައްސައި އެންސްޕާގެ އެހީ ހޯދަން މަސައްކަތް ފެށިއިރު، އެހީ ލިބުނުކަން އަންގައި އެންސްޕާއިން ގުޅިއިރު ކުއްޖާ ނިޔާވެފައިވާ ކަމަށް އާއިލާ ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.