ރާއްޖޭގެ ރިސޯޓެއްގެ ހިތްގައިމު މަންޒަރެއް -- ފައިލް ފޮޓޯ
ހަބަރު
29 Jun 2025 | 19:23
އިނާޔަތްތަކާއެކު 31 ރަށެއް ޓޫރިޒަމަށް، އަގުން ވެސް ބޮޑުބައެއް އުނި

ފަތުރުވެރިކަން ފުޅާކުރުމާއި ސިންދިފާތު ކުރުމަށް އިންވެސްޓަރުންނަށް ބޮޑެތި ލުއިތަކެއް ދިނުމާއެެކު 31 ރަށެއް ޓޫރިޒަމަށް ތަރައްގީ ކުރަން ހުޅުވާލަން ސަރުކާރުން ނިންމައިފި އެވެ.

ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް، ރާއްޖޭގައި ރިސޯޓްތައް މަދު އަތޮޅުތަކަށް ޓޫރިޒަމް ފުޅާކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުުހައްމަދު މުޢިއްޒު އިއުލާނު ވަނީ އިއުލާނު ކުރައްވާފަ އެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީން މިއަދު ވަނީ އެކަމާއި ގުޅޭ މައުލޫމާތުތައް އާންމުކޮށްފަ އެވެ.

ފަސް އަތޮޅުން 31 ރަށް, ހަލާލު ޓޫރިޒަމަށް ރަށްތަކެއް

ޓޫރިޒަމް މިނިސްޓްރީން ބުނީ މި ލުއިތަކާއެކު ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ތ. އަތޮޅާއި ލ. އަތޮޅުން 31 ޕްރޮޖެކްޓް  ހުޅުވާލާނެ އެވެ. އެއީ އޯޕަން ބިޑިން އަދި ކްލޯޒް ބިޑިން އަދި ޙަލާލު ޓޫރިޒަމްގެ މޮޑެލްތަކަށެވެ.

މި ޕްރޮޖެކްޓްތަކުގެ ތެރެއިން ކޮންމެ އަތޮޅަކުން ޙަލާލު ޓޫރިޒަމްގެ މޮޑެލްއަށް އެއް ޕްރޮޖެކްޓް ވަނީ ކަނޑައަޅާފަ އެވެ. އަދި ކްލޯޒް ބިޑިންގެ ދަށުން ހއ. އަތޮޅުން ދެ ޕްރޮޖެކްޓް ހދ. އަތޮޅުން ފަސް ޕްރޮޖެކްޓް އަދި ތ. އަތޮޅުން ތިން ޕްރޮޖެކްޓްގެ އިތުރުން ލ. އަތޮޅުން ދެ ޕްރޮޖެކްޓް ކަނޑައަޅާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އޯޕަން ބިޑިންގެ ދަށުން ހއ. އަތޮޅުން ތިން ޕްރޮޖެކްޓާއި ހދ. އަތޮޅުން ފަސް ޕްރޮޖެކްޓާއި ށ. އަތޮޅުން ތިން ޕްރޮޖެކްޓާއި ތ. އަތޮޅުން ދެ ޕްރޮޖެކްޓް އަދި ލ.ބ އަތޮޅުން ޕްރޮޖެކްޓެއް ހުޅުވާލާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އިނާޔަތްތަކެއް, އަގު ދަށްކޮށްފި

ޓޫރިޒަމް މިނިސްޓްރީން ބުނީ ރަށްރަަށާއި ބިންބިމާއި ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށައެޅުމުގެ ގަވާއިދުގެ ދަށުން ކުއްޔަށް ދޫކުރާ ތަންތަނުގެ ލީސް އެކްއިޒިޝަންގެ ޕާ ހެކްޓާ ރޭޓްތައް ކުޑަކޮށްފައިވާ ކަމަށެވެ.

އޭގެ ތަފްސީލް ތައްވެސް ވަނީ ހާމަކޮށްފަ އެވެ. އެ ގޮތުން ކްލޯޒް ބިޑިންގެ ދަށުން ތ. އަތޮޅުގެ ރަށްރަށަށް އިން ލޮކޭޝަން ޕްރެމިއަމް އުނިކުރުމާއި ހއ. އަތޮޅާއި ހދ. އަތޮޅާއި ތ. އަދި އައްޑޫ އަތޮޅުގެ ފަޅުތަކުގެ ލޮކޭޝަން ޕްރީމިއަމް ފަޅުތަކުން އުނިކުރުމަށް ވަނީ ނިންމާފަ އެވެ. އަދި ލ. އަތޮޅުގެ ފަޅުތަކުގެ ލޮކޭޝަން ޕްރެމިއަމް 150,000 ޑޮލަރުން 100,000 އެމެރިކާ ޑޮލަރަށް ވަނީ ކުޑަކޮށްފަ އެވެ.

މީގެ އިތުރުން ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމުގެ ގަވާއިދުގެ ދަށުން ހއ. އަތޮޅާއި ހދ. އަތޮޅާއި ތ. އަދި ލ. އަތޮޅާއި އައްޑޫ އަތޮޅުގެ 20 - 40 ހެކްޓަރުގެ ރަށްތަކަަށް ދީފައިވާ ސައިޒް ޕްރެމިއަމްތައް އުނިކުރުމަށް ވެސް ވަނީ ނިންމާފަ އެވެ. އަދި މި ހަ އަތޮޅުގެ 40 ހެކްޓަރަށް ވުރެ ބޮޑެތި ރަށްތަކަށް ދީފައިވާ ސައިޒް ޕްރިމިއަމްތައް 2,000,000 ޑޮލަރުން 1,000,000 އެމެރިކާ ޑޮލަރަށް ވަނީ ކުޑަކޮށްފަ އެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ ޑިއުޓީ މައާފުކޮށްދޭ ކެޓަގަރީތައް އިތުރުކޮށްފައިވާ ކަމަށެވެ. އެ ގޮތުން ކުއްޔަށް ދޫކުރާ ތަންތަނުގެ ޑިއުޓީ މާފުކުރެވޭ އިންސައްތަ 15 އިންސައްތައަށް އިތުރުކުރުމާއެކު ތަންތަން ތަރައްގީކުރުމަށް ގެންނަ ފަރުނީޗަރާއި ކިޗަން އެޕްލައިންސް އާއި އިލެކްޓްރޯނިކް އަދި އެމިނިޓީސް ޑިއުޓީ މާފުކުރާ ކެޓަގަރީއަށް ވަނީ އިތުރުކޮށްފަ އެވެ.

އަދި އޯޕަން ބިޑިންއަށް ހުޅުވާލާ ރަށްތަކާއި ފަޅުތަކުގެ ލީސް އެކިއުޒިޝަން ބަހާލައިގެން ދެއްކޭނެ ގޮތް ވެސް ހަދައިދޭނެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި ހަލާލު ޓޫރިޒަމަށް ރާއްޖޭގެ ފަސް ސަރަހައްދަކުން ކަނޑައެޅޭ ރަށްތަކެއް ފަތުރުވެރިކަމަށް ހުޅުވާލާނެ އެވެ. އަދި ހަލާލު ޓޫރިޒަމް ކޮންސްޕެޓަށް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ އިންވެސްޓަރުންނަށް ދޭނެ ލުއިތައްވެސް ވަނީ އާންމުކޮށްފަ އެވެ.

* ލީސް އެކުއިޒިޝަން ކޯސްޓް އިތުރު 20 އިންސައްތަ ދަށްކުރުން,

* ލީސް އެކުއިޒިޝަން ބަހާލައިގެން ދެއްކޭނެ މަގު ފަހި ކުރުން. މި ގޮތުން ރިސޯޓް ތަރައްޤީ ކުރުމަށް ދެވޭ މުއްދަތުގެ ތެރޭގައި ލީސް އެކުއިޒިޝަން 6 ވަނަ އަދި 6 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ދައްކާ ގޮތަށް ހަމަޖެއްސުން,

* ރިސޯޓް ތަރައްޤީ ކުރުމަށް ދީފައިވާ މުއްދަތު (ގްރޭސް ޕީރިއަޑް) ގެ ކުރީން ރަށް ނުވަތަ ފަޅު އޮޕަރޭޓް ކުރެވޭ ޙާލަތުގައި އެ ދުވަހުން ފެށިގެން ގްރޭސް ޕީރިއަޑްގެ ބާކީ އޮތް މުއްދަތަށް އަރާ ބިމު ކުލި ފަސްކޮށްދިނުމުގެ ބަދަލުގައި އެއްކޮށް މަޢާފުކޮށް ދިނުން,

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.
06 Aug 2026
ފީފާގެ ރައީސް އިންފަންޓީނާ ވަގުތުން އިސްތިއުފާ ދޭންޖެހޭ: ލުއިސް ފީގޯ
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ފުޓުބޯޅަ ލެޖެންޑް ލުއިސް ފީގޯ ގޮވާލައިފިއެވެ. ޕޯޗުގަލްގެ ކުރީގެ ތަރި މިކަމަށް ގޮވާލާފައިވަނީ ފީފާގެ ރައީސްގެ އިތުބާރު ގެއްލިފައިވާކަމަށް ބުނެ ނެރުނު ބަޔާނެއްގައެވެ.
06 Aug 2026
ހަމަލާދީފިނަމަ ގަލްފުގެ ގައުމުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އިރާނުން ދީފި
އެމެރިކާއިން އިރާނުގެ ބިމަށް އަމާޒުކޮށް އާ ހަމަލާތަކެއް ދީފިނަމަ، މުޅި ގަލްފު ސަރަހައްދުގެ ހަކަތައާ ބެހޭ މުހިންމު ވަސީލަތްތަކަށް ރައްދު ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރު އިރާނުން ދީފިއެވެ.
06 Aug 2026
ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ
މިމެޗުން އާސެނަލްގެ އެންމެ މުހިންމު ތަރިންކަމަށްވާ ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ.
06 Aug 2026
މައިވަންތަކަމާ ގުޅިގެން ސިކުނޑިއަށް އަންނަ ބަދަލުތައް
މައިވަންތަކަމަކީ އިންސާނާގެ ދިރިއުޅުމަށް އަންނަ އެންމެ ބޮޑު އެއް ބަދަލެވެ. ދަރިއަކު ލިބުމާއެކު، މަންމަގެ އިހުސާސްތަކާއި، އިސްކަންދޭ ކަންތައްތަކަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ނިދާފައި އޮންނަ ތުއްތު ދަރިފުޅު ރަނގަޅަށް އޮތްތޯ ބެލުމާއި، ދަރިފުޅު ރޮއިގަންނަ އަޑަށް ހޭލެވުމާއި، އަބަދުވެސް ދަރިފުޅާ ގާތުގައި ހުންނަން ބޭނުންވުމަކީ އެއްވެސް ވިސްނުމަކާ ނުލައި އިޚުތިޔާރުން ބޭރުގައި މަންމައެއްގެ ކިބައިގައި އުފެދޭ ވަރުގަދަ އިހްސާސްތަކެކެވެ.
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ