ދެ ފަތުުވެރިއަކު ރާއްޖޭގައި --
ހަބަރު
29 Jun 2025 | 19:42
ހަލާލު ޓޫރިޒަމަށް ފަސް އަތޮޅަކުން ރަށްތަކެއް ޚާއްސަ ކުރަނީ

ފަސް އަތޮޅަކުން ހަލާލް ޓޫރިޒަމަށް ހާއްސަކޮށް ރަށްތަކެއް ކަނޑައަޅަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ ފަތުރުވެރިކަން ތަރައްގީވެފައިނުވާ އަތޮޅުތަކުގައި ފަތުރުވެރިކަން ފުޅާކުރެއްވުމަށް ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ހަލާލު ޓޫރިޒަމް ތަރައްގީ ކުރެއްވުމަށް ނިންމާފައިވާ ކަމަށެވެ.

މި ނިންމުމާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އާ ދޮރެއް ހުޅުވިގެންދާނެ ކަމަށް ވެސް ބުންޏެވެ.

ހަލާލު ޓޫރިޒަމަކީ ހާއްސަކޮށް މުސްލިމުން ފަތުރުވެރީންގެ ބޭނުންތަކަށް ރިއަޔަތްކޮށް އެހެން ހުރިހާ މެހެމާނުންނަށް ވެސް މެހެމާންދާރީ އަދާކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ހިދުމަތެއް ކަމަށް ބުންޏެވެ. އަދި ބުނީ މި ކޮންސެޕްޓް ތަންފީޒު ކުރެވިގެން ދާނީ ރިސޯޓް ތަަރައްޤީ ކުރެވޭ މަރުހަލާގެ ތެރެއިންނާއި ރިސޯޓް އޮޕަރޭޝަންސް މަރުހަލާގައި ކަމަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި ހަލާލު ޓޫރިޒަމަށް ރާއްޖޭގެ ފަސް ސަރަހައްދަކުން ކަނޑައެޅޭ ރަށްތަކެއް ފަތުރުވެރިކަމަށް ހުޅުވާލާނެ އެވެ. އަދި ހަލާލު ޓޫރިޒަމް ކޮންސްޕެޓަށް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ އިންވެސްޓަރުންނަށް ދޭނެ ލުއިތައްވެސް ވަނީ އާންމުކޮށްފަ އެވެ.

* ލީސް އެކުއިޒިޝަން ކޯސްޓް އިތުރު 20 އިންސައްތަ ދަށްކުރުން,

* ލީސް އެކުއިޒިޝަން ބަހާލައިގެން ދެއްކޭނެ މަގު ފަހި ކުރުން. މި ގޮތުން ރިސޯޓް ތަރައްޤީ ކުރުމަށް ދެވޭ މުއްދަތުގެ ތެރޭގައި ލީސް އެކުއިޒިޝަން 6 ވަނަ އަދި 6 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ދައްކާ ގޮތަށް ހަމަޖެއްސުން,

* ރިސޯޓް ތަރައްޤީ ކުރުމަށް ދީފައިވާ މުއްދަތު (ގްރޭސް ޕީރިއަޑް) ގެ ކުރީން ރަށް ނުވަތަ ފަޅު އޮޕަރޭޓް ކުރެވޭ ޙާލަތުގައި އެ ދުވަހުން ފެށިގެން ގްރޭސް ޕީރިއަޑްގެ ބާކީ އޮތް މުއްދަތަށް އަރާ ބިމު ކުލި ފަސްކޮށްދިނުމުގެ ބަދަލުގައި އެއްކޮށް މަޢާފުކޮށް ދިނުން,

މީގެ އިތުރުން ރިސޯޓެއް ތަރައްގީ ކުރުމަށް ގެންނަ ތަކެއްޗަށް 20 އިންސައްތަ އާ ހަމައަށް ޑިއުޓީ މައާފުކޮށް ދޭނެ އެވެ. އަދި ތަންތަން ތަރައްގީ ކުރުމަށް ގެންނަ ފަރުނީޗަރާއި ކިޗަން އެޕްލައިސްސް އާއި އިލެކްޓްރޯނިކް އަދި އެހެނިހެން އެމެނިޓީސް ޑިއުޓީ މައާފުކޮށް ކެޓަގަރީއަށް އިތުރުކުރާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.
06 Aug 2026
ފީފާގެ ރައީސް އިންފަންޓީނާ ވަގުތުން އިސްތިއުފާ ދޭންޖެހޭ: ލުއިސް ފީގޯ
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ފުޓުބޯޅަ ލެޖެންޑް ލުއިސް ފީގޯ ގޮވާލައިފިއެވެ. ޕޯޗުގަލްގެ ކުރީގެ ތަރި މިކަމަށް ގޮވާލާފައިވަނީ ފީފާގެ ރައީސްގެ އިތުބާރު ގެއްލިފައިވާކަމަށް ބުނެ ނެރުނު ބަޔާނެއްގައެވެ.
06 Aug 2026
ހަމަލާދީފިނަމަ ގަލްފުގެ ގައުމުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އިރާނުން ދީފި
އެމެރިކާއިން އިރާނުގެ ބިމަށް އަމާޒުކޮށް އާ ހަމަލާތަކެއް ދީފިނަމަ، މުޅި ގަލްފު ސަރަހައްދުގެ ހަކަތައާ ބެހޭ މުހިންމު ވަސީލަތްތަކަށް ރައްދު ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރު އިރާނުން ދީފިއެވެ.
06 Aug 2026
ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ
މިމެޗުން އާސެނަލްގެ އެންމެ މުހިންމު ތަރިންކަމަށްވާ ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ.
06 Aug 2026
މައިވަންތަކަމާ ގުޅިގެން ސިކުނޑިއަށް އަންނަ ބަދަލުތައް
މައިވަންތަކަމަކީ އިންސާނާގެ ދިރިއުޅުމަށް އަންނަ އެންމެ ބޮޑު އެއް ބަދަލެވެ. ދަރިއަކު ލިބުމާއެކު، މަންމަގެ އިހުސާސްތަކާއި، އިސްކަންދޭ ކަންތައްތަކަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ނިދާފައި އޮންނަ ތުއްތު ދަރިފުޅު ރަނގަޅަށް އޮތްތޯ ބެލުމާއި، ދަރިފުޅު ރޮއިގަންނަ އަޑަށް ހޭލެވުމާއި، އަބަދުވެސް ދަރިފުޅާ ގާތުގައި ހުންނަން ބޭނުންވުމަކީ އެއްވެސް ވިސްނުމަކާ ނުލައި އިޚުތިޔާރުން ބޭރުގައި މަންމައެއްގެ ކިބައިގައި އުފެދޭ ވަރުގަދަ އިހްސާސްތަކެކެވެ.
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ