އައިޖީއެމްއެޗް ހޮސްޕިޓަލް-
ހަބަރު
30 Jun 2025 | 09:40
8 މަހުގެ ކުއްޖާ ނިޔާވުން؛ ކުއްޖާގެ ހާލަތު ބަލައި އެވަގުތަށް ދެވޭނެ ފަރުވާ ދިނިން: އައިޖީއެމްއެޗް

އައިޖީއެމްއެޗުގައި ފަރުވާދެމުންދަނިކޮށް އަށް މަހުގެ ތުއްތު ކުއްޖާ ނިޔާވުމުގެ ކުރީން، އެ ކުއްޖާގެ ޙާލަތަށް ބަލައި ދެވެން ހުރި ހުރިހާ ފަރުވާ ދީފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އައިޖީއެމްއެޗުގައި ފަރުވާ ދެމުންދަނިކޮށް ނިޔާވި އަށް މަހުގެ ޔޫނުސް ހުސެއިން އަބްދުالله ނިޔާވީ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް ބުނެ ޢާއިލާ އިން ވަނީ އައިޖީއެމްއެޗަށް ބޮޑެތި ތުހުމަތު ތަކެއް ކޮށްފައެވެ.

އެކަމާއި ގުޅިގެން އެ ހޮސްޕިޓަލުން ރޭ ނެރުނު ބަޔާނުގައި ބުނީ ސިއްހީ ފަރުވާއާ ގުޅޭ ގޮތުން ހޮސްޕިޓަލަށް ހުށަހެޅޭ ކޮންމެ ޝަކުވާއަކީ އަދި ބަލި މީހުންގެ ފަރާތުން ކަންބޮޑުވުމެއް އޮތްކަން އެނގޭ ކޮންމެ ޝަކުވާ އަކީވެސް ސީރިއަސް ކަމެއްގެ ގޮތުގައި ބަލާ ކަމަށެވެ.

އެގޮތުން 8 މަހުގެ ކުއްޖާ ނިޔާވި މައްސަލައާ ގުޅިގެން އެ ހޮސްޕިޓަލުން މިހާތަނަށް ބެލިބެލުމުން އެނގޭ ގޮތުގައި ނިޔާވި ކުއްޖާގެ ބަލީގެ ހާލަތު ހުރި ގޮތުން ކުޑަކުދިންގެ ޑޮކްޓަރުންގެ ޓީމުން ގާތުން މޮނިޓާކޮށް، އެވަގުތު ދެވެން އޮތް ފަރުވާދީ، ގުޅުން ހުރި ލެ އާއި އެހެނިހެން ތަހުލީލުތައްކޮށް ފަރުވާއަށް ގެންނަން ޖެހޭ ބަދަލުތައް ދިޔައީ ގެންނަމުން ކަމަށެވެ.

"ރެކޯޑުތަކުން ދައްކާ ގޮތުން އެ ޑިޕާޓްމަންޓްގެ މެޑިކަލް އޮފިސަރުންގެ އިތުރުން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުން ވޯޑުތަކަށް ޒިޔާރާތްކޮށް ހަމަޖެހިފައިވާ އުސޫލުން ކޮންމެ ދުވަހަކުވެސް ކުއްޖާ ބަލާފައިވޭ،" ބަޔާނުގައި ބުންޏެވެ.

އައިޖީއެމްއެޗުން އިތުރަށް ބުނީ ބަލިމީހާއަށް އައިސީޔޫގައި ފަރުވާދެން ޖެހޭ ކަމަށް ޑޮކްޓަރުން ލަފާދޭނަމަ، އެކަން ހަމަޖެއްސުމަށް ޑޮކްޓަރުންގެ ޓީމުން މަސައްކަތްކުރާ ކަމަށާ، އެ ހޮސްޕިޓަލުގެ އައިސީޔޫ ފުރިފައިވާ ނަމަ، އެހެން ހޮސްޕިޓަލެއްގެ އައިސީޔޫއަށް ޓްރާންސްފާކުރުމުގެ އިންތިޒާމު ވެސް ހަމަޖައްސާ ކަމަށެވެ.

”ތުއްތު ކުއްޖަކަށް ނުވަތަ ބޮޑު މީހަކަށް ޖެހޭ ހުމެއް ނުވަތަ އިންފެކްޝަނަކާ ގުޅިގެން ދިމާވާ އިތުރު ނުރައްކާތެރި ބައެއް ކަންކަމަކީ ފުރާނައަށް ވެސް ގެއްލުން ވެދާނެ ފަދަ ސިއްހީ ފަރުވާގައި ދުރާލާ ދެނެގަންނަން އުނދަގޫ ކަންކަމެވެ. އަދި މިފަދަ ބައެއް ހާލަތްތަކުގައި ކުއްލިއަކަށް ހާލަތު ނުރައްކާ ވެދާނެ ފަހަރުވެސް ދިމާވާނެއެވެ.“ އައިޖީއެމްއެޗުން ބުނެފައިވެއެވެ. 

ހާކު ސީރިއަސްވާ އެފަދަ ކޮންމެ މައްސަލައެއްގައި ވެސް ހޮސްޕިޓަލުގެ އެތެރޭގެ ތަހުގީގެއް ކުރާ ކަމަށާއި ހިދުމަތް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަން ބަލާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެެ.

"މި މައްސަލަ ވެސް މި ހޮސްޕިޓަލުން މިގެންދަނީ އިތުރަށް ބަލަމުންނެވެ. އަދި މައްސަލައެއް ބެލުމުގައި ހޮސްޕިޓަލުގައި ބަލި މީހުންނާއި އާއިލާގެ ފަރާތުން ކުރާ ތަޖުރިބާ ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަނެވި އެ ކަންކަން އިސްލާހު ކުރާ ކަމުގެ ޔަގީންކަން ވެސް މި ފުރުސަތުގައި އަރުވަމެވެ." ހޮސްޕިޓަލުގެ ބަޔާނުގައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.