އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް: ފޮޓޯ/ އެމްޑީޕީ
ހަބަރު
30 Jun 2025 | 12:51
ބޭރު ސައިޓްތަކުގެ ވިޔަފާރުތަކުން %30 ފީ ނެގުމަކީ އާއްމު ރައްޔިތުންނަށް އުފުލަން ޖެއްސި ބޮޑު ބުރައެއް: ފައްޔާޒު

ވަރަށް ގިނަ ދިވެހިން އޮންލައިން ވިޔަފާރިކުރަމުންދާ ބޭރު ބައެއް ސައިޓްތަކުގެ ވިޔަފާރުތަކުން %30 ފީ ނެގުމަކީ އާއްމު ރައްޔިތުންނަށް އުފުލަން ޖެއްސި ބޮޑު ބުރައެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ބީއެމްއެލްއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ، އިންޓަނެޓް މެދުވެރިކޮށް ގިނަ ދިވެހިން، ވިޔަފާރިކުރާ ބައެއް ސައިޓްތަކުން ފައިސާ ދައްކާއިރު 30 އިންސައްތައާ ހަމައަށް ފީއެއް ނަގާނެކަން އިއުލާން ކޮށްފައެވެ.

އެ ސައިޓްތަކުގެ ތެރޭގައި ހިމެނެނީ، ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އެވެ. މި ފީ ނެގޭނީ ރުފިޔާ އެކައުންޓް ތަކުން ކުރާ ވިޔަފާރިތަކަށް އެކަންޏެވެ. ޑޮލަރު އެކައުންޓްތަކުން ނަމަ އެ ފީއެއް ނުނަގާނެއެވެ. 

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާަޅުވީ، ގިނަ ބަޔަކު ބޭނުންކުރާ އީ-ކޮމާރސް ޕްލެޓްފޯމްތަކުން ކުރާ ބޭރު ފައިސާގެ މުޢާމަލާތްތަކަށް ބީއެމްއެލްއިން ނަގާ 30 އިންސައްތަ ފީއަކީ މީގެ ކުރިން ނުރަސްމީ ގޮތެއްގައި އޮތް ޑޮލަރު-ރުފިޔާ ބާޒާރަށް ރަސްމީ ހައިސިއްޔަތެއް ދީ، މަތީ އެކްސްޗޭންޖް ރޭޓެއް ކަނޑައެޅުން ކަމަށެވެ.

އަދި ”އެކި އެކްސްޗޭންޖް ރޭޓު ހިމެނޭ ނިޒާމެއް“ ރަސްމީކުރާ ހިސާބަށް ގޮސްފައިވުމަކީ މިހާރުގެ ޕީއެންސީ ސަރުކާރުގެ ސީދާ ނާކާމިޔާބީ ކަމަށާ އެއީ ރާއްޖޭގެ އިޤްތިޞާދު ހަމަޖެހިފައިނުވާކަމާއި ރަނގަޅަށް ބެލެހެއްޓިފައިނުވާކަމުގެ ނިޝާނެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއީ މި ސަރުކާރުގެ ނުރަނގަޅު އިޤްތިޞާދީ އަދި ބޭރު ފައިސާގެ ސިޔާސަތުތަކަށް އިތުރުވި ކަންބޮޑުވާންޖެހޭ ފިޔަވަޅެއް. އަދި އެ ސިޔާސަތުތަކުގެ ނާކާމިޔާބީގެ ބުރަ އުފުލަންޖެހޭނީ އާންމު ރައްޔިތުންނަށް

ފައްޔާާޒު އިސްމާޢީލް

މިއާއެކު ފައްޔާޒު ވަނީ، މި ބަދަލުގެ ސަބަބުން އިއާދަނުކުރެވޭ ގެއްލުމެއް ވުމުގެ ކުރިން، ޤާބިލު ފަންނީ މާހިރުންނާއި ވިޔަފާރި ދާއިރާގެ ފަރާތްތަކާ މަޝްވަރާކޮށް، އަވަހަށް މިކަން ރަނގަޅު މަގަށް އެޅުވުމަށް ގޮވާލައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.