މަޖިލިސް ޖަލްސާއެއްގެ ތެރެއިން: ފޮޓޯ ރައްޔިތުންގެ މަޖިލިސް--
ހަބަރު
30 Jun 2025 | 14:47
ތެލަސީމިއާ ޤާނޫނަށް ހުށަހެޅި އިސްލާހުތައް ކޮމިޓީއަށް ފޮނުވައިފި

ތެލަސީމިޔާ ކޮންޓްރޯލް ކުރުމާބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތަށް ދިރާސާކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު އަޙުމަދު ނަޞީރު ހުށަހެޅުއްވި މި ބިލު މަޖިލީހަށް ބަލައިގަނެފައިވަނީ 49 މެންބަރުންގެ އިއްތިފާގުންނެވެ.

ތެލަސީމިޔާ ކޮންޓްރޯލް ކުރުމާބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ، ތެލަސީމިއާ ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގެ ޝަރުތުތަށް މުރާޖައާކޮށް، ތެލަސީމިއާ ކުދިން ލިބުމުގެ ފުރުސަތު ބޮޑު މީހުން ކައިވެނިކުރުމުގެ އުސޫލުތައް ކަނޑައެޅުމަށް ނިންމަންޖެހޭ އިސްލާހުތަކެވެ.

މެމްބަރު ނަޞީރު ހުށަހަޅުއްވާފައިވާ މިބިލުގައިވާ ގޮތުން ތެލަސީމިއާ ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަކީ ސިވިލް ސަރވިސްގެ މަޤާމެކެވެ. އަދި މި މަޤާމަށް އައްޔަންކުރެވޭ ބޭފުޅަކު އައްޔަން ކުރެވޭނީ 5 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށާއި މި މަޤާމަށް އައްޔަން ކުރެވޭ ފަރާތަކީ މެނޭޖްމަންޓާއި ގުޅުންހުރި ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 8 ނުވަތަ 9ގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތެއް ކަމަށްވާންޖެހޭނޭކަމަށެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި ތެލަސީމިޔާ ކޮންޓްރޯލް ކުރުމާބެހޭ ގާނޫނަށް އިސްލާހެއް ގެނެސް، ތެލަސީމިއާ ކުދިން ލިބުމުގެ ފުރުސަތު ބޮޑު މީހުން ކައިވެނިކުރުމާ ގުޅޭ މާއްދާއެއް ސަރުކާރުން މިވަނީ އިތުރުކޮށްފައެވެ. ޤާނޫނުގައި މިވަގުތު ކައިވެންޏާ ގުޅޭ މާއްދާއެއް ނެތް ނަމަވެސް، ތެލަސީމިއާއަށް ޓެސްޓުކުރުމުގައި ފަރުދުންގެ ޒިންމާއާ ގުޅޭ މާއްދާއެއް އޮނަނަކަން ފާހަގަކޮށްލަންޖެހެއެވެ.

އަލަށް އިތުރުކުރާ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި، ކައިވެނިކުރަން އެދޭ ދެ ފަރާތުންވެސް ކައިވެންޏަށް ހުއްދަ އެދި ރަޖިސްޓްރީއަށް ހުށަހަޅަންޖެހޭނީ ތެލަސީމިއާ ޓެސްޓް ހެދުމަށްފަހު އޭގެ ނަތީޖާއާއެކުގައެވެ. އެ ނަތީޖާއަށް ބަލައި ކައިވެނި ކުރާ 2 ފަރާތަކީ ވެސް ތެލަސީމިއާ ކެރިއަރުން ކަމުގައިވަނީ ނަމަ، އެފަދަ ކައިވެންޏެއް ކޮށްދެވޭނީ ޤާނޫނުގެ ދަށުން ހަދާ ޤަވާއިދެއްގައި ފުރިހަމަވާ ޕްރޮގްރާމެއް ފުރިހަމަ ކުރުމަށްފަހުގައި ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

މި އިސްލާހުތަކުގެ ސަބަބުން ދިވެހިރާއްޖޭގައި ތެލަސީމިއާ ބަލި ކޮންޓްރޯލް ކުރުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަން ފާހަގަކޮށްލަންޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.