ރައީސް މުއިއްޒު އާއި ސަރުކާރުގެ އިސް ބޭފުޅުން ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ބައްލަވާލައްވަނީ (ފޮޓޯ/ރައީސް އޮފީސް)
ހަބަރު
30 Jun 2025 | 14:30
ޑިވެލޮޕްމަންޓް ބޭންކްގެ ބޯޑް މެމްބަރު ކަމަށް 4 ބޭފުޅަކު އައްޔަންކޮށްފި

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ބޯޑް މެމްބަރު ކަމަށް 5 ބޭފުޅަކު އައްޔަން ކޮށްފިއެވެ. 

ޕީސީބީން މިއަދު އާއްމު ކުރި އިއުލާނުގައިވާގޮތުން ޑިވެލޮޕްމަންޓް ބޭންކުގެ ބޯޑު މެންބަރު ކަމަށް އިއްޔެ ވަނީ ފަސް މެންބަރުން އައްޔަނު ކޮށްފައެވެ. 

އެއީ، 

1) ހަސަން މިރާސް، މއ. މާފުނަ

2) އަހުމަދު އަޒްޔާން ހަމީދު، މ.ލަންސިމޫގެ

3) މައީޝާ އިބްރާހީމް، ތިކުރީތު، ދ.ކުޑަހުވަދޫ

4) އަޒުމީން ރަޝީދު، ޗަނބޭލީވިލާ، ގދ.ރަތަފަންދޫ

ޑީބީއެމްގެ ޗެއާޕާސަންއަކީ ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވާ، އަރޫނީ ގޫނަތިލަކަ ކިޔާ ބޭފުޅެކެވެ.

އެ ބޯޑަށް ފުރަތަމަ އައްޔަންކުރި ބޭފުޅުންގެ ތެރޭ ހިމެނޭ އަހުމަދު އަލީއާއި ބޭންކުގެ ސީއީއޯ ވަނީ އިސްތިއުފާ ދެއްވާފައެވެ.  

ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓު ކުރުމާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމުގެ މަގްސަދުގައި، ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން މި ބޭންކު އުފައްދާފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

ބޭރުގެ ރެކްރޫޓްމަންޓް އެޖެންސީއެއް މެދުވެރިކޮށް އެމްޑީބީ ހިންގުމަށް ބޭންކިން ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Jul 2026
2028 ވަނަ އަހަރުގެ މެދުތެރޭގައި، ހިތަދޫ ކޯޒްވޭގެ މަސައްކަތް ނިމޭނެ
2028 ވަނަ އަހަރުގެ މެދުތެރޭގައި ލ. ހިތަދޫ ކޯޒްވޭގެ މަސައްކަތް ނިންމައި ބޭނުން ކުރަން ފެށޭނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރ ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
13 Jul 2026
ފީފާ ވޯލްޑް ކަޕްގައި ބައިވެރިވާ ޓީމުތަކުގެ 64 އަށް އިތުރުކުރަނީ
ފިރިހެނުންގެ ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތަކުގެ އަދަދު 64 އަށް އިތުރުކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބުނެފިއެވެ. މި ހުށަހެޅުމާ މެދު ގޮތެއް ނިންމުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ވޯލްޑް ކަޕަށް ފަހުގައެވެ.
13 Jul 2026
ބެންކޮކްގެ ރާބޯ، ނާޗަރަންގީ ކުޅޭ ރެސްޓޯރެންޓެއްގައި ރޯވެ 30 މީހުން މަރުވެއްޖެ
މި ހާދިސާ ހިނގާފައިވަނީ ބެންކޮކްގެ ޗަތުޗަކް ޑިސްޓްރިކްޓްގެ ލަޑްޕްރާއޯ ސަރަހައްދުގައި ހުންނަ "ރޮންގް ބިއަރ ނާ ލަޑްޕްރާއޯ" ނަމަކަށް ކިޔާ ރެސްޓޯރެންޓެއްގައެވެ. ތައިލެންޑްގެ ދައުލަތުގެ މީޑިއާ، ތައި ޕީބީއެސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެވަގުތު ރެސްޓޯރެންޓް އޮތީ ފުރިފައި ކަމަށްވެސް ބުނެފައިވެއެވެ.
13 Jul 2026
އިރުމަތީ ގުދުސްގައި އިޒްރޭލުން އާ ބިން ފޭރުމުގެ މަޝްރޫއެއް ކުރިއަށް ގެންދަނީ
އިޒްރޭލުގެ ޖަމާއަތެއް ކަމަށްވާ "އިރް އާމީމް" އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގުދުސްގެ ޑިސްޓްރިކްޓް ޕްލޭނިން އެންޑް ބިލްޑިން ކޮމިޓީން މިހާރު ވަނީ އުންމު ލައިސޫންގައި ޔަހޫދީންނަށް ހާއްސަ 450 ހައުސިން ޔުނިޓް އެޅުމުގެ ހުއްދަ ދީފައި ކަމަށެވެ. މިއީ އިންފްރާސްޓްރަކްޗާގެ މައްސަލަތަކަކާ ހުރެ ދެ އަހަރަށް ވުރެ ގިނަ ދުވަހު މަޑުޖެހިފައި އޮތް މަޝްރޫއެކެވެ.
12 Jul 2026
ޕީއެންސީގެ ވޯޓް ކުރިއަށް ދަނިކޮށް ހަމަނުޖެހުން ހިންގި މައްސަލަ: ދެ ޒުވާނަކު ހައްޔަރު
ހައްޔަރުކޮށްފައި ވަނީ އުމުރުން 23 އަހަރާއި 24 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.
12 Jul 2026
ބޭރުގައި ކިޔަވަން އަދާލަތު ޕާޓީން 20 ސްކޮލާޝިޕް ދެނީ، މާލީ ގޮތުން ދަށް މީހުންނަށް އިސްކަން
އެ ޕާޓީން ބުނީ މި ސްކޮލަޝިޕް ތަކުގެ ތެރެއިން 26 އޮކްޓޫބަރު ގައި ފައްޓާ އިންޓޭކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަަށެވެ.
12 Jul 2026
ލޮރީ ދަށުވެ މަރުވީ 39 އަހަރުގެ ދިވެއްސެއް، ލޮރީގައި ޖެހި އެކްސިޑެންޓްވީ ކަމަށް ނުބެލެވޭ
މަންޒަރު ދުށް ބައެއް މީހުން ބުނީ ބާރު ސްޕީޑްގައި އައި ސައިކަލު ކަހާލީ ކަމަށެވެ.
12 Jul 2026
ވެހިކަލް އިތުރުވެ، މަގުތަކުގެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް އޮފީހެއް އުފައްދައިފި
މިކަން ޢިއުލާންކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމެއްގައެވެ.