ޚަތީބު ހުތުބާ ދެއްވަނީ -- ފައިލް ފޮޓޯ
ހަބަރު
04 Jul 2025 | 13:59
ރިބާ ހިމެނޭ ލޯނުތަކާއި އިންޝުއަރެންސް ނުނަގަން ހުކުރު ހުތުބާގައި ގޮވާލައިފި

ރިބާ ހިމެނޭ ލޯނުތަކާއި އިންޝުއަރެންސް ނުނަގަން މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.

"ހަލާލު ގޮތުގައި މާލީ މުއާމަލާތްތައް ކުރުން“ މި މައުލޫއަށް މިއަދު މުޅި ރާއްޖޭގައި އިއްވި ހުކުރު ހުތުބާގައި ބުނެފައި ވަނީ މީގެ ކުރީން މަޖުބޫރު ހާލަތެއްގައި ތިބެ، ރިބާ ހިމެނޭ ލޯނުތަކާއި، އިންޝުއަރެންސު ނަގާން ޖެހުނު ކަމުގައި ވިޔަސް، މިއަދު މި ވަނީ، އިސްލާމީ އުސޫލުން ހިދުމަތްދޭ ބޭންކުތަކާއި، ތަކާފުލް ކުންފުނިތައް ރާއްޖެ އާއި މުޅި ދުނިޔޭގައި ތައާރަފުވެފައި ކަމަށެވެ. ރިބާ އާއި ޖުވާ ނުހިމެނޭ ގޮތަށް، ފައިސާގެ މުއާމަލާތުތައް ހިންގާ ބޭންކުތަކާއި، ތަކާފުލް ކުންފުނިތަކާއި، މުއައްސަސާތައް ނުހިންގޭނެ ކަމަށް ބަޔަކު ދުށް ޒަމާން މިއަދު މާޒީވެފައިވާ ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.

"...މިއަދު މުސްލިމް ގައުމުތަކުގެ އިތުރަށް އެހެނިހެން ގައުމުތަކުގައި ވެސް އިސްލާމީ ޝަރީއަތް ހުއްދަކުރާ ގޮތަށް ފައިސާ ރައްކާކުރުމާއި، ފައިސާގެ މުއާމަލާތުތައް ހިންގޭނެ ބޭންކުތަކާއި މުއައްސަސާތައް ވަނީ ކާމިޔާބުކަމާ އެކު ހިންގާން ފަށައިފަ އެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއްޔާ އާއި ކުވައިތާއި ގަތަރާއި، މެލޭޝިޔާ އާއި ޕާކިސްތާނާއި މިސްރާއި، ޔޫއޭއީ އާއި، ބަހްރެއިނާއި، ސޫދާނާއި، އީރާނާއި، އިންޑޮނޭޝިޔާ އާއި، އިނގިރޭސިވިލާތާއި، ޔޫރަޕުގެ ކިތަންމެ ގައުމެއް ހިމެނެއެވެ. ވީމާ، އިސްލާމީ ޝަރީއަތް ހުއްދަކުރާ ގޮތަށް، މާލީ މުއާމަލާތުތައް ކުރެވެން ނެތް ކަމަށް މިއަދު ނިންމޭކަށެއް ނެތެވެ," ހުުތުބާގައި ބުނެފައިވެ އެވެ.

ހުތުބާގައި ބުނީ އިސްލާމީ ޝަރީއަތާ އެއް ގޮތަށް މާލީ މުއާމަލާތު ހިންގޭނެ މަގު ތަނަވަސްވެފައިވާ ކަމަށާ އެހެންކަމުން އިސްލާމީ އުސޫލުތަކާ އެއް ގޮތަށް ފައިސާގެ މުއާމަލާތުތައް ކުރުމަކީ، ދެ ދުނިޔޭގެ ކާމިޔާބީ އާއި ފަލާހް މިންވަރު ކުރައްވާނޭ ގޮތް ކަމަށެވެ.

އިސްލާމް ދީނުގައި ރިބާގެ ހުރިހައި މުއާމަލާތުތަކެއް ވަނީ ހަރާމް ކުރައްވާފައި ކަމަށާ އެއީ އެއިން ލިބޭ ގެއްލުމުން ފަރުދުންނާއި މުޖުތަމައު ސަލާމަތް ކުރުމަށްކަން ފާހަގަކޮށް އެކަމުގެ ފުރިހަމަ ދަލީލުތައް ވެސް ހުތުބާގައި ވަނީ ކިޔައިދީފަ އެވެ.

ރިބާ ކާމީހާއާ ޝާމިލުވާ މީހުން ވެސް ފާފަވެރިވާނެ

މިއަދުގެ ހުތުބާގައި އިތުރަށް ބުނީ ރިބާ ކާމީހާ ފާފަވެރިވާ ފަދައިން، އެކަމުގައި ޝާމިލުވާ އެހެނިހެން މީހުން ވެސް ފާފަވެރި ވާނެ ކަމަށެވެ.

އެގޮތުން ރިބާ ކާމީހާ އާއި، ރިބާ ދޭ މީހާ އާއި، އެކަމާ ގުޅޭ ލިޔުންތައް ލިޔާ މީ ހާއާއި އެ ކަމަށް ހެކިވާ މީހުން ވެސް ހިމެނޭ ގޮތަށް، މި އެންމެންނަކީ، ފާފާގައި ހަމަހަމަ ބައެއްކަމާއި، މި އެންމެންނަށް ﷲގެ ލަޢުނަތް ހުރިކަމަށް ނަބިއްޔާ ވަނީ މި އުންމަތަށް އިންޒާރު ކުރައްވާފައި ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ރިބާ އަކީ، މުދަލުގެ ބަރަކާތް ކެނޑި، ދިރިއުޅުން ނުތަނަވަސްވެ، ލިބޭ މިންވަރާ މެދު ހިތްހަމަނުޖެހި، މުދަލާއި ފައިސާއަށް އިންސާނާގެ ދަހިވެތިކަން މަތިމައްޗަށް އިތުރުކުރުވާ ނުރައްކާތެރި ވަބާއެއް ކަން ވެސް ހުތުބާގައި ވަނީ ފާާހަގަކޮށްފަ އެވެ.

ރިބާއިން ދުރުހެލިވުމަށް ކީރިތި ގުރްއާނުގެ އެތައް އާޔަތެއްގައި މާތް ﷲ ވަނީ އަންގަވައިފައި ކަމަށާ އަދި އެ ކަމުން ދުރުހެލި ނުވާ ނަމަ، ﷲގެ ޙަޟުރަތުންނާއި އެކަލާނގެ ރަސޫލާގެ ފަރާތްޕުޅުން ހަނގުރާމަ އިއުލާނުވެގެންވާކަން ވެސް ވަނީ އަންގަވައިފައި ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.

ކެއުމުގައި ހަލާލުތަކެތި ހޯދުމާއި ހަަލާލު ގޮތުގައި ފައިސާ ހޯދުން

ހުތުބާގައި ވަނީ އަހަރެމެން ކެއުމުގައި ޙަލާލު ތަކެތި ހޯދުމަށް އިސްކަންދޭފަދައިން، އެތަކެތި ގަތުމަށް ބޭނުންކުރާ ފައިސާއަކީ ވެސް ޙަލާލު ގޮތުގައި ހޯދައިފައިވާ ފައިސާ ކަމުގައި ހެދުމަށް ވެސް ނަސޭހަތްތެރިވެފަ އެވެ.

އެގޮތުން ތިމާއާއި ތިމާގެ އަނބިދަރީންގެ ކެއުމާއި، އަންނައުނާއި، ބޯހިޔާވަހިކަމަކީ، ރިބާގެ މުއާމަލާތުތަކުން ހޯދި ފައިސާއިން ގަނެ ފޯރުކޮށްދޭ އެއްޗެއްކަމުގައި ނުހެދުމަށް އިލްތިމާސް ކޮށްފައިވެ އެވެ.

ހުތުބާގައި ބުނީ މުޅި ދުނިޔެއަށް މިހައި ތަނަށް ކުރިމަތިވެފައިވާ އިގްތިސާދީ ގިނަ ކާރިސާތައް މެދުވެރިވި ސަބަބަކަށް ވެފައިވަނީ، ރިބާގެ ނުރައްކާތެރި ވަބާ ކަމަށެވެ. ރިބާގެ ސަބަބުން އިގްތިސާދީ ނަފާވެރިކަން މަދުބައެއްގެ އަތްމައްޗަށް ގޮސް، މުޅި މުޖުތަމައުގެ ތެރޭގައި އޮންނާން ޖެހޭ އިގްތިސާދީ ޢަދުލުވެރިކަން ނެތި ކޮށްލާ ކަމަށެވެ.

އެހެން ކަމުން ރިބާގެ ނުރައްކާތެރި ވަބާއިން މުޅި އިގްތިސާދީ ނިޒާމު ސަލާމަތްކު ރުމަކީ، މިއަދު މުޅި މުޖުތަމައުގެ ހައްގުގައި ކުރާން ޖެހޭ ކަމެއްކަން ހުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި ޝައްކާއި ވަހުމް އުފެދޭ މުއާމަލާތްތަކުން މަންފާ ލިބިގަތުމުގެ ބަދަލުގައި، ޝައްކުކަމެއް ނެތް ހުއްދަ މުއާމަލާތުތަކަށް ރުޖޫއާވާން ޖެހޭ ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.