929#* ސުޕަޑީލްސް ކެމްޕެއިން: ފޮޓޯ/ އުރީދޫ---
ވިޔަފާރި
21 Jul 2025 | 16:38
އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ސުޕަޑީލްސް ކެމްޕެއިނެއް ތައާރަފުކޮށްފި

އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ހާއްސަކޮށްގެން #929* ސުޕަޑީލްސް ކެމްޕެއިނެއް ތައާރަފުކޮށްފި އެވެ.

މިކަމާއި ގުޅިގެން އުރީދުން ބުނެފައިވަނީ މި ކެމްޕެއިނުގެ ދަށުން ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ހާއްސަ އޮފަރތަކެއް ލިބިގެންދާނެކަމަށެވެ. މި ކެމްޕެއިންގައި ހިމެނިފައިވަނީ އެކި ކަސްޓަމަރުންގެ ބިހޭވިއަރ އަށް ބެލުމަށްފަހު ހާއްސަކުރެވޭ އޮފަރތަކެކެވެ.

އުރީދޫން ބުނެފައިވާ ގޮތުގައި ސުޕަރޑީލްގެ ފުރުސަތުތައް ހޯދުމަށް އިތުރު ސަބްސްކްރިޕްޝަނެއް ނުވަތަ ސައިން އަޕް ފީއެއް އެކުލެވިގެން ނުވެ އެވެ. އެހެންކަމުން އުރީދޫގެ ކޮންމެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ނަންބަރަކަށްވެސް މި އޮފަރ ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ.

ސުޕަރޑީލްސްގެ ތެރޭގައި ބޯނަސް ޑޭޓާ ޕެކޭޖްތަކާއި ޑިސްކައުންޓްތަކުގެ އިތުރުން ހާއްސަ ހަދިޔާތައްވެސް ވަނީ ހިމެނިފަ އެވެ. އަދި ލިބޭ އޮފަރ ތައް ބަދަލުވެސް ވާނެއެވެ. ކަސްޓަމަރުންނަށް އުރީދޫ ޕޯސްޓްޕެއިޑް ނުވަތަ ޕްރީޕެއިޑް ނަމްބަރަށް #929* އަށް ފިތާލައިގެން ޕާސަނަލައިޒްޑް ސުޕަޑީލްތަކަށް ފަސޭހައިން ވަދެވޭނެ އެވެ. ޑޭޓާ އެލަވަންސް ބޮޑުކުރަން ބޭނުންވިޔަސް، އަދި އެޑް-އޮން ތަކުން ޑިސްކައުންޓެއް ބޭނުންވިޔަސް، #929* ސުޕަޑީލްސް އިން ހާއްސަކުރެވިފައިވާ އޮފަރއެއް އޮންނާނެ އެވެ.

#929* ސުޕަރޑީލްސްއާއެކު ކަސްޓަމަރުންނަށް ލިބިގެންދާ ވެލިއު އިތުރުވެގެންދާނެ ކަމަށް މިކަމާއި ގުޅިގެން އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ޚާލިދު އަލް ހަމާދީ ވަނީ ވިދާޅުވެފަ އެވެ. ކޮންމެ ކަސްޓަމަރަކަށް ވެސް އިތުރު ޑޭޓާ، ޑިސްކައުންޓް އަދި އުފާވެރި ސަޕްރައިޒްތަކެއް މި ކެމްޕެއިންގެ ތެރެއިން ލިބިގެންދާނެކަމަށާއި، #929* ސުޕަޑީލްސް ގެ ތެރެއިން އޮފަރއަކަށް ފިތާލުމާއެކު ވަގުތުން އެ އޮފަރ އެކްޓިވޭޓް ދާނެކަމަށް އުރީދުން ވަނީ ބުނެފަ އެވެ.

އުރީދޫން ބުނެފައިވާ ގޮތުގައި އެކުންފުނީގެ އަމާޒަކީ ޑިޖިޓަލް މޯލްޑިވްސް އެއް ބިނާކުރުމެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނަށް ގުޅާލައި، ދިރިއުޅުމުގައި ކުރަންޖެހޭ ކޮންމެކަމެއްވެސް، އެއީ މަސައްކަތް، ކިޔެވުން، ވިޔަފާރި، ބޭންކިން އަދި މުނިފޫހިފިލުވުން ކަމުގައިވީ ނަމަވެސް ރައްކާތެރިކަމާއެކު ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކުރެވޭނެ މަގު ފަހި ކޮށްދިނުމުގައި އުރީދޫއިން އަބަދުވެސް މަސައްކަތްކުރަމުން އަބަދުވެސް ދާނެކަމަށް އުރީދުން ވަނީ ބުނެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.