ބިޝްކެކް އާއި ޒައިކް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ކާވާ
ކުޅިވަރު
22 Jul 2025 | 15:37
ކާވާ ޗެންޕިއަންސް ލީގުގެ ލީގުބުރުގެ އެއްވަނަ ކަޒަކިސްތާނުގެ ޒައިކް ވޮލީ ކުލަބުން ހޯދައިފި

މާލޭގައި މިހާރު ކުރިއަށްދާ ކާވާ މެންސް ޗެންޕިއަންސް ލީގު 2025 ގައި މިއަދު މެންދުރު ކިރްގިސްތާނުގެ ބިޝްކެކް އާއި ކަޒަކިސްތާނުގެ ޒައިކް ވޮލީ ކުލަބް ވާދަކުރި މެޗު ފަސޭހަކަމާއެކު ސީދާ ތިން ސެޓުން މޮޅުވެ ލީގުބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި ޒައިކް އިން ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މުބާރާތުގައި ކިރްގިސްތާނުގެ ބިޝްކެކް ކުޅުނު ފުރަތަމަ މެޗުގައި ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ސީދާ ތިން ސެޓުން މޮޅުވިއިރު، ދެވަނަ މެޗުގައި ސްރީލަންކާ ޕޯޓްސް އޮތޯރެޓީ އަތުން އެޓީމު މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. އަދި ލީގުބުރުގެ ތިންވަނަ މެޗުގައި ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު އަތުން 3-2 ގެ ނަތީޖާއަކުން މޮޅުވިއިރު، ހަތަރުވަނަ މެޗުގައި ދިވެހި ސިފައިންގެ ކުލަބު ޑީއެސްސީ އަތުން އެޓީމު މޮޅުވީ ސީދާ ތިން ސެޓުންނެވެ.

މީގެ އިތުރުން މުބާރާތުގައި ކަޒަކިސްތާނުގެ ޒައިކް ވޮލީ ކުލަބު ކުޅުނު ފުރަތަމަ މެޗުގައި ސްރީލަންކާ ޕޯޓްސް އޮތޯރެޓީ އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވިއިރު، ޑީއެސްސީ އަދި އެޗްޑީސީ އާއި ދެކޮޅަށް ކުޅުނު ދެމެޗު ވެސް އެޓީމުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ނަމަވެސް އެޓީމު ކުޅުނު ހަތަރުވަނަ މެޗުގައި ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު އަތުން 3-2 ގެ ނަތީޖާއަކުން ޒައިކް ވަނީ ބަލިވެފައެވެ.

މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ރައިކް އިން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ ސެޓްތައް އެޓީމުން ކާމިޔާބުކުރީ 18-25، 22-25 އަދި 16-25 ގެ ނަތީޖާއަކުންނެވެ.

މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ފަސް މެޗުން ކަޒަކިސްތާނުގެ ޒައިކް ވޮލީ ކުލަބަށް 13 ޕޮއިންޓް ލިބިފައިވާއިރު، ލީގުބުރުގެ އެއްވަނަ ޓީމުގެ ގޮތޮތުގައި އެޓީމުން ވަނީ މުބާރާތުގެ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފައެވެ. އަދި މިމެޗުން ބަލިވި ބިޝްކެކް ލީގުބުރުގައި ކުޅުނު ފަސް މެޗުން ލިބުނު 11 ޕޮއިންޓާއެކު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ.

17 ޖުލައި 2025 އިން 23 ޖުލައި 2025 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވާދަކުރަމުން އަންނައިރު، އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ޤައުމީ ޗެންޕިއަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އަދި ރަނަރަޕްގެ ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިތުރުން ސްރީލަންކާ ޕޯޓްސް އޮތޯރެޓީ، ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު، ކިރްގިސްތާނުގެ ބިޝްކެކް އަދި ކަޒަކިސްތާނުގެ ޒައިކް ވޮލީ ކުލަބް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.