"ކާށިދޫ ކައުންސިލްގެ ފުޓްބޯޅަ ޗެލެންޖް 2025" ފެއްޓުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން...
ކުޅިވަރު
23 Jul 2025 | 19:03
ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2025 ފެއްޓުމުގެ ގޮތުން ޚާއްސަ ރަސްމިއްޔާތެއް މިއަދު ބާއްވައިފި

"ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2025" ފެއްޓުމުގެ ގޮތުން މިއަދު ހަވީރު ކާށިދޫ ފުޓްބޯޅަ ދަނޑުގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

މިރަސްމިއްޔާ ޝަރަފްވެރިކޮށްދެއްވީ ކާށިދޫ ލައުންސިލްގެ ރައީސް މުހައްމަދު އާމިރު އެވެ. އަދި މިރަސްމިއްޔާތުގައި ކާށިދޫ ކައުންސިލްގެ މެންބަރުންނާއި މުއްސަސާތަކުގެ އިސްވެރިންގެ އިތުރުން މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ މެނޭޖަރުންނާއި ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުވދައްކަވަމުން ކާށިދޫ ކައުންސިލްގެ ރައީސް ވިދާޅުވީ ކޮންމެ ކަމެއްވެސް ކުރިއަރުވަން ބޭނުންނަމަ ވާދަވެރި ވާދަވެރި މާހައުލެއް ވަރަށް މުހިންމުކަމަށާއި، އެގޮތުން ކުޅިވަރު ކުރިއެރުވުމަށް ވާދަވެރި މުބާރާތްތަކެއް ދެމެހެއްޓެނިވި ގޮތެއްގައި ބާއްވަންޖެހޭކަމަށެވެ.

އިތުރަށް ވާހަކަފުޅުދައްކަވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ މިމުބާރާތް އެންމެ ފުރަތަމަ ބޭއްވިއިރާއި މިހާރާއި އަޅާބަލާއިރު، ހުރިހާ ދިމާލަކުން ވެސް ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާކަމަށެވެ. އެގޮތުން މުބާރާތްގެ އިންތިޒާމުތަކަށާއި ކުޅުންތެރިންގެ ހުނަރާއި ޓީމުތަކުގެ ފެންވަރަށް ބެލި ނަމަވެސް ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާކަމަށެވެ.

މީގެ އިތުރުން މިމުބާރާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ރަށުގެ ޒުވާނުންނާއި ކުލަބު ޖަމްއިއްޔާތައް ގުޅިގެން ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށް ކައުންސިލްގެ ރައީސް ވަނީ އެފަރާތްތަކަށް ޝުކުރުއަދާކޮށްފައެވެ.

މި ރަސްމިއްޔާތުގައި މުބާރާތުގެ އައު ޓްރޮފީ އިފްތިތާހުކުރުމުގެ އިތުރުން މުބާރާތް ފެއްޓުމުގެ ގޮތުން އެމްޖީ ސްޕޯޓްސް ކުލަބުގެ 12 އަހަރުން ދަށު ކުދިންގެ ފުޓްބޯޅަ މެޗެއް ވެސް ވަނީ ކުޅެފައެވެ.

24 ޖުލައި 2025 އިން 03 އޮގަސްޓް 2025 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި މިއަހަރު އަށް ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމެޖެހިފައިވަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.

އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖައެއް ހޯދާ ދެޓީމު ސެމީ ފައިނަލަށް ހޮވޭއިރު، މުބާރާތުގެ ސެމީ ފައިނަލް ދެމެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 31 އަދި އޮގަސްޓް އެއްވަނަ ދުވަހު އެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޮގަސްޓް ތިންވަނަ ދުވަހު އެވެ.

މީގެ އިތުރުން މިއަހަރުގެ މުބާރާތުގެ ޗެންޕިއަން ޓީމަށް 40،000 އަދި ރަނަރަޕް ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ކާށިދޫ ކައުންސިލްގެ ފަރާތުން ވަނީ ކަޑައަޅާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް