ޒައިކް ވީސީގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު.. ފޮޓޯ: ކާވާ
ކުޅިވަރު
24 Jul 2025 | 04:53
ކާވާ ޗެންޕިއަންސް ލީގު 2025 ގެ ޗެންޕިއަންކަން ކަޒަކިސްތާނުގެ ޒައިކް ވޮލީ ކުލަބުން ހޯދައިފި

މާލޭގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންސް (ކާވާ) މެންސް ޗެންޕިއަންސް ލީގުގެ ޗެންޕިއަންކަން ކަޒަކިސްތާނުގެ ލީގު ޗެމްޕިއަން ޒައިކް ވޮލީ ކުލަބުން ހޯދައިފިއެވެ.

މުބާރާތުގެ ޗެންޕިއަންކަން ޒައިކް ވޮލީ ކުލަބުން ޗެންޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި ކިރްގިސްތާނުގެ ބިޝްކެކް 3-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.

މުބާރާތުގެ ފައިނަލުން ޒައިކް ޖާގަހޯދީ ލީގުބުރުގައި ކުޅުނު ފަސް މެޗުން ހޯދި 13 ޕޮއިންޓާއެކު ލީގުބުރުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ބިޝްކެކް ފައިނަލުން ޖާގަހޯދީލީގުބުރުގައި ކުޅުނު ފަސް މެޗުން ހޯދި 11 ޕޮއިންޓާއެކު ލީގުބުރުގެ ދެވަަނަ ޓީމުގެ ގޮތުގައެވެ. އަދި މިދެޓީމު ލީގުބުރުގައި ވާދަކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ޒައިކް އިންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ދެ ސެޓް 26-24 އަދި ި21-25 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޒައިކް އިންނެވެ. ނަމަވެސް ޖެހިގެންއައި ތިންވަނަ ސެޓް ފަސް ޕޮއިންޓްގެ ލީޑަކާއެކު 20-25 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބިޝްކެކް އިންނެވެ.

ނަމަވެސް މެޗުގެ ހަތަރުވަނަ ސެޓް 22-25 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޒައިކް އިން ވަނީ އެކުލަބުގެ ތާރީޚުގައި ވެސް މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީ ހޯދާފައެވެ. އަދި މިއީ ކަޒަކިސްތާނުގެ ކުލަބު ވޮލީގައި ވެސް އެގައުމުގެ ކުލަބަކުން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.

މީގެ އިތުރުން މި ކާމިޔާބީއާއެކު ޒައިކް ވީސީ ވަނީ އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަންގެ އެންމެ ބޮޑު ކުލަބު މުބާރާތް ކަމަށްވާ ޗެންޕިއަންސް ލީގަށް ވެސް ކޮލިފައިވެފައެވެ

މި މުބާރާތުގެ ޑްރީމްޓީމު ހިމެނުނު ކުޅުންތެރިންނަކީ ބެސްޓް އައުޓްސައިޑް ހިޓާ - މުރާދު ޖެހާން (ނޭޕާލް)، ބެސްޓް އައުޓްސައިޑް ހިޓާ - އޮމުރްބެކް ޒުނޫސޮވް (ކަޒަކިސްތާނު)، ބެސްޓް މިޑްލް ބްލޮކަރ - ނުރިސްލާމް މެޑެޓްބެކް އުލޫ (ކިރްގިސްތާން)، ބެސްޓް މިޑްލް ބްލޮކަރ - ޕޮރޮކޯފިން ވްލަޑިމިއާ (ކަޒަކިސްތާނު)، ބެސްޓް ސެޓަރ - ވޮލޮޑިމީރް ކޮވަލްޗުކް (ކަޒަކިސްތާނު) އަދި ބެސްޓް ލިބަރޯ - ސަންތޯޝް ރާއީ (ނޭޕާލް) އެވެ.

މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު އޮޕޮޒިޓް ކުޅުންތެރިޔާގެ މަގާމުގެ އިތުރުން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް ކަޒަކިސްތާމުގެ ވިޓަލީ އެރްޑްޝްޓެއިން އެވެ.

17 ޖުލައި 2025 އިން 23 ޖުލައި 2025 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވާދަކުރަމުން އަންނައިރު، އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ޤައުމީ ޗެންޕިއަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އަދި ރަނަރަޕްގެ ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިތުރުން ސްރީލަންކާ ޕޯޓްސް އޮތޯރެޓީ، ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު، ކިރްގިސްތާނުގެ ބިޝްކެކް އަދި ކަޒަކިސްތާނުގެ ޒައިކް ވޮލީ ކުލަބް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.