އިސްލާމީ މަރުކަޒު... ފޮޓޯ: ވޮއިސް
ހަބަރު
26 Jul 2025 | 09:10
އިސްލާމީ މަރުކަޒު ބަންދެއްނުކުރޭ. ޖަމާއަތަށް މީހުން ހާޒިރުވި: އިމާމް

އިސްލާމީ މަރުކަޒު އިއްޔެ ބަންދުކުރިކަމަށް ދެކެވެމުންދާ ވާހަކަތައް، އެ މިސްކިތުގެ އިމާމް އައްޝައިހް އިބްރާހިމް ރަޝީދު ހަސަން ދޮގުކުރައްވައިފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އިއްޔެ މާލެސިޓީއަށް ވަޑައިގަތުމާ ދިމާކޮށް، އަސްރު ނަމާދު ވަގުތަށް އިސްލާމީ މަރުކަޒު ބަންދުކުރިކަމަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ވަނީ އެވާހަކަ ދައްކާފައެވެ. މިކަމާ ގުޅޭގޮތުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޝެއިހް އިބްރާހިމް ރަޝީދު ވިދާޅުވީ، އިސްލާމީ މަރުކަޒު ބަންދު ނުކުރާކަމަށެވެ. 

އެގޮތުން އިއްޔެ އިސްލާމީ މަރުކަޒު ސަރަޙައްދު ވަކި ވަގުތަކަށް ވެހިކަލް ވަނުމާއި ޕާކުކުރުން މަނާކުރުމުގެ ސަބަބުން، އިސްލާމީ މަރުކަޒަށް ނަމާދަށް އާއްމުކޮށް އަންނަމީހުން، މަދުވިކަމަށް ޝެއިހް ވިދާޅުވިއެވެ. އެހެންއެވީ ދުރުސަރަޙައްދުގައި ޕާކުކުރަންޖެހޭތިީކަމަށް ފާހަގަކުރެއްވިއެވެ.

ޝެއިހްގެ ޕޯސްޓްގައި ވިދާޅުވީ، ބަންގި ގޮވިއިރު ވެސް މިސްކިތުގައި ހުރީ އެންމެ މީހެއް ކަމަށާއި، އަދި ނަމާދުގެ ޖަމާޢަތަށް ވެސް ހާޒިރުވީ ފަންސަވީހަކަށް މީހުން ކަމަށެވެ. އެއްވެސް ޙާލެއްގައި އިސްލާމީ މަރުކަޒު ނަމާދު ނުކުރެވޭ ގޮތަށް ބަންދެއް ނުކުރާކަމަށް އިމާމް ވިދާޅުވިއެވެ.

އައްޝައިހް އިބްރާހިމް ރަޝީދު ހަސަންގެ އެފްބީ ޕޯސްޓް

މޯދީ އިއްޔެ މާލެސިޓީއަށް ވަޑައިގަތުމާ ގުޅިގެން އިސްލާމީ މަރުކަޒު ހިމެނޭ ގްރީން ޒޯން ބަންދުކުރިއިރު، ބައެއް ފަރާތްތަކުން ވަނީ، މިސްކިތަށް ދިއުމަށް ދަތިތަކެއް ކުރިމަތިވިކަން ސޯޝަލް މީޑިއާގައި ފާހަގަކޮށް ޝަކުވާކޮށްފައެވެ. 

މޯދީގެ ދަތުރުފުޅާ ދިމާކޮށް ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދު ވަނީ އިއްޔެ ހެދުނު 11 އިން ފެށިގެން އިރުއޮއްސި 6 ޖެހުމާ ހަމައަށް ބަންދުކޮށްފައެވެ. އެކަން ސަލާމަތީބާރުތަކުން ވަނީ ކުރިން އާއްމުކޮށް އަންގައި ކުރިމަތިވެދާނޭ ދަތިތަކަށް މައާފަށްވެސް އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.