ޙަސަން ޞާބިރު
ހަބަރު
28 Jul 2025 | 09:23
ނޢޢވ. ޙަސަން ޞާބިރަކީ އިގްތިސާދީ ދާއިރާތަކުން ވަރަށް ބިނާކުރަނިވި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް: ރައީސް

ދިވެހި ދައުލަތަށް ވަރަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތްކުރެއްވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރަކީ ވަޒީރުކަމުގެ މަގާމުގައި ހުންނަވައިގެން، ރާއްޖޭގެ އިގްތިސާދީ ދާއިރާތަކަށް ވަރަށް ބިނާކުރަނިވި ހިދުމަތްތަކެއް ކުރެއްވި ބޭފުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހަސަން ޞާބިރު އަވަހާރަވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓްގައި ރައީސް ޑރ.މުއިއްޒު ވިދާޅުވީ، އެއީ ރާއްޖޭގެ އިގްތިސާދަށް ރާއްޖޭގެ މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމުގެ ދާއިރާއަށް، ވަރަށް ބިނާކުރަނިވި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަމަށެވެ. ރައީސް ވިދާޅުވީ ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުރި ސަފީރު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ޚަބަރު އެހީ ވަރަށް ފުން ހިތާމައާއެކުގައިކަމަށް ވިދާޅުވެފައެވެ. 

ވަޒީރުކަމުގައި އެންމެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވީ ފަތުރުވެރިކަމުގެ ދާއިރާއިންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނަކީ، ރާއްޖެއިން އެކި ޤައުމުތަކަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަގާމުގައި ހުންނަވައިގެން، ރާއްޖޭގެ ޚާރިޖީ ގުޅުންތައް ވަރުގަދަކުރެއްވުމަށް، ވަރަށް ހަރުދަނާ މަސައްކަތްޕުޅުތަކެއް ކުރެއްވި ޑިޕްލޮމެޓެއްކަމަށެވެ.

ޞާބިރު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމަކީ މުޅި ދިވެހި ޤައުމަށް ލިބުނު ވަރަށް ފުން ހިތާމައެއް

ރައީސްގެ ޕޯސްޓްގައި ވިދާޅުވިއެވެ

ޞާބިރު އަވަހާރަވެފައިވަނީ ކެންސަރަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު ހެނދުނު ޓްރީޓޮޕް ހޮސްޕިޓަލްގައެވެ.

ޙަސަން ޞާބިރަކީ ދައުލަތަށް 38 އަހަރަށްވުރެ ގިނަދުވަހު ހިދުމަތްކުރައްވާފައިވާ ހިދުމަތްތެރިއެކެވެ. ެކަން ފާހަގަކުރުމުގެ ގޮތުން މިނިވަންދުވަހު އިއްޔެ ބޭއްވި ޖަލްސާގައި ހަސަން ޞާބިރަށް ވަނީ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާގެ ލަގަބު އަރުވާފައެވެ. ޙަސަން ޞާބިރަށް އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބުގެ ވެރިކަން އަރުވާފައިވަނީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ރޭއްވުމުގައްޔާއި، ރާއްޖޭގެ އިޤްތިޞާދީ ދާއިރާއަށް ޚާއްޞަކޮށް މަސްވެރިކަމުގެ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީރުކަމުގެ މަޤާމުގައި ހުންނަވައިގެން އެ ދާއިރާތަކުގެ ޞިނާޢަތު ކުރިއެރުވުމަށްޓަކައި ޤައުމީ މުހިންމު މަސައްކަތް ޕުޅުތަކުގެ ސަބަބުންނެވެ.

ޞާބިރު ފާހަގަވެގެން ގޮސްފައިވަނީ ފަތުރުވެރިކަމާއި މަސްވެރިކަމުގެ މަޝްރޫޢުތައް ރޭވެވުމާއި ހިންގެވުމުގެ މާހިރެއްގެ ގޮތުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.