އަލީ އަޝްފާގް އަދި އިބްރާހިމް ފަޒީލް ސާފް ޗެންޕިއަންޝިޕް ޓްރޮފީއާއެކު...
ކުޅިވަރު
29 Jul 2025 | 15:34
ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރަނީ

ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރު ފުރުމުގެ އަލިމަސް ޔޫބީލް ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާ، އެ ކަމަށް ޚާއްސަ ހިންގާ ކޮމިޓީއެއް އުފެއްދުމަށް އެފްއޭއެމުގެ އާ އެކްސްކޯއިން ނިންމައިފިއެވެ.

މިނިންމުން ނިންމާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބީ ކޮންގްރެސްގައި އެފްއޭއެމްގެ ރައީސްކަމަށް ވަޑައިގެންނެވި އަހްމަދު ތޯރިގް (ޓޮމް)ގެ އެކްސްކޯއިންނެވެ. އަދި އެފްއޭއެމްގެ އާ އަސާސީ ގަވާއިދުގެ އިންތިގާލީ މާއްދާތަކުން އަލިމަސް ޔޫބީލް މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރަން ވަނީ ލާޒިމުކޮށްފައެވެ.

އަހްމަދު ތޯރިގް (ޓޮމް)ގެ އެކްސްކޯއިން އަލިމަސްޔޫބީލް މުނާސަބަތު ފާހަގަކުރުމުގެ ހަރަކާތްތައް ހިންގަން އުފައްދާ އެ ކޮމިޓީއަށް ދީފައިވާ ނަމަކީ "ޑައިމަންޑް ޖުބްލީ ކޮމިޓީ"އެވެ.

މި ކޮމިޓީއަށް މެންބަރުން އައްޔަނުކުރަން ކެންޑިޑޭޓުންގެ ނަންތައް ފޮނުވުމުގެ ފުރުސަތު ހުޅުވާލުމަށް ވެސް ވަނީ ނިންމާފައެވެ. ކޮމިޓީއަށް ނަން ހުށައެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ތިންވަނަ ދުވަހުގެ 2:00 ޖެހުމުގެ ކުރިންނެވެ.

ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރުފުރުން ފާހަގަކުރަން ނިންމިއިރު، ދިވެހި ފުޓުބޯޅަ އޮތީ ފުން އަނދަވަޅެއްގެ ތެރޭގައެވެ. ބޮޑެތި ދަރަނިތަކާ އެކު ކުލަބުތަކާއި ފުޓުބޯޅައިގެ ގިނަ ވަސީލަތްތައް ހުރީ ބޭނުންކުރެވޭ ހާލަތެއްގައެއް ނޫނެވެ. ހޮނިހިރު ދުވަހު އެފްއޭއެމްގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ޓޮމްގެ އެންމެ ބޮޑު ޒިންމާއަކަށް ވާނީ މި ދަރަނިން ސަލާމަތްވެ ފުޓުބޯޅަ ހަމަމަގަށް އެޅުވުމެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ރަސްމީ ސިފައެއްގައި ފުޓުބޯޅަ މުބާރާތެއް ބާއްވާފައިވަނީ 1948 ގައެވެ. އެއާއެކު 1950 ގައި ފުޓުބޯޅައަށް އޮފީހެއް ހެދިއިރު، 1978 ގައި ފުރަތަމަ ފަހަރަށް ގައުމީ ޓީމެއް އެކުލަވާލިއެވެ. އެންމެ ފުރަތަމަ މުބާރާތަކީ އެ އަހަރު ރިޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއެވެ.

އެފްއޭއެމް 1982 ގައި އުފެދުމަށް ފަހު ދިވެހި ފުޓުބޯޅައަށް 50 އަހަރު ކުލަގަދަކޮށް ވަނީ ފާހަގަ ވެސް ކޮށްފައެވެ. އެގޮތުން ގޯލްޑަން ޖުބިލީ އިންވިޓޭޝަނަލް ފުޓުބޯޅަ މުބާރާތުގެ ނަމުގައި 2000 ވަނަ އަހަރު މާލޭގައި ރާއްޖެގެ އިތުރުން އިންޑިއާ، ސްރީލަންކާ އަދި ބަންގްލަދޭޝް ހިމެނޭހެން މުބާރާތެއް ވަނީ ބާއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް