އެމްޑީޕީން މީގެކުރިން ކުރިއަށްގެންދިޔަ ހަރަކާތެއްގެ ތެރެއިން..
ހަބަރު
30 Jul 2025 | 14:01
ހުކުރު ދުވަހު އެމްޑީޕީން ބާއްވާ ހަރަކާތުގައި ކުޑަކުދީންނަށް ވެސް ބައިވެރިވެވޭނެ: ޝަޒީން

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީއަށް 20 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން ހުކުރުދުވަހުގެ ހަވީރު ސެންޓްރަލް ޕާކްގައި ބާއްވާ ހަރަކާތުގައި ކުޑަކުދިންނަށްވެސް ބައިވެރިވެވޭނޭކަމަށް އެޕާޓީން ބުނެފިއެވެ.

އެމްޑީޕީއަށް 20 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން އެޕާޓީން ވަނީ ހުކުރުދުވަހުގެ ހަވީރު 5 ޖަހައިރު، ހުޅުމާލޭ ސެންޓްރަލް ޕާކްގައި "ރަންރީނދޫ" ނަމުގައި މެރަތަންއެއްގޮތަށް ހިނގާލުމެއް ކުރިއަށްގެންދަން ނިންމާފައެވެ. މި ހަރަކާތް ކުރިއަށްގެންދަނީ އެޕާޓީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ހަރަކާތްތަކުގެ ފެށުން ފާހަގަކުރުމާވެސް އެކުގައެވެ.

ހަރަކާތާ ބެހޭގޮތުން އެމްޑީޕީ ޤައުމީ މަޖިލީހުގެ މެމްބަރު އަދި މައްޗަންގޯޅި މެދުދާއިރާގެ ރައީސް އަހުމަދު ޝަޒީން ވިދާޅުވީ، ހިނގާލުން ކުރިއަށްދާނީ ކުޑަކުދިންނަށްވެސް ބައިވެރިވެވޭނޭހެންކަމަށެވެ. އެގޮތުން ކުޑަކުދިންނަށް ހަދިޔާދިނުންވެސް ކުރިއަށްދާނޭކަމަށް ޝަޒީން ފާހަގަކުރެއްވިއެވެ. ހަރަކާތަށް ވަދެވޭނީ ސެންޓްރަލް ޕާކްގެ ހުޅަނގުފަރާތުންކަމަށާއި، ހިނގާލުމުގައި ބައިވެރިވާ ފަރާތްތަކަށް ނަން ނޯޓުކުރުމަށްފަހު ބިބް ދޫކުރުން ޕާޓީގެ އޮފީހުންނާއި ހުކުރުދުވަހު ސެންޓްރަލްޕާކުން ކުރިއަށްދާނޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަރަކާތާ ބެހޭގޮތުން ވާހަކަދައްކަވަމުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، މިއީ އެމްޑީޕީގެ އަހަރީދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ އެންމެބޮޑު ހަރަކާތްކަމަށާއި، މި ހަރަކާތުގައި އެމްޑީޕީގެ މެމްބަރުންގެ އިތުރުންވެސް އެޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ ހުރިހާ ފަރާތްތަކަށްވެސް އޮންނާނޭކަމަށެވެ. މި ހަރަކާތުގައި ޕާޓީއަށް 20 އަހަރުފުރުން ދައްކުވައިދޭ ހާއްސަ ޓޯޗާއެކު ފޮޓޯ ނެގުންވެސް އޮންނާނޭކަމަށް ހަސަން ލަތީފް ފާހަގަކުރެއްވިއެވެ.

އެމްޑީޕީ ރަން ރީނދޫ ހިނގާލުން ކުރިއަށްދާނީ ސެންޓްރަލް ޕާކްގައި އެދުވަހުގެ 5 ކުން ފެށިގެން 6 ޖެހުމާ ހަމަޔަށެވެ. މި ހިނގާލުމަށްފަހު ތުރާކުނުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށަކަށް ޓޯޗް ގެންގޮސް ހިނގާލުން ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

އެމްޑީޕީއަކީ ރާއްޖޭގައި އުފެދުނު ފުރަތަމަ ސިޔާސީ ޕާތީއެވެ. ސްރީލަންކާގެ ކޮޅުނބުގައި ހިނގާދިޔަ ހަރަކާތްތަކަށްފަހު ރަސްމީގޮތުން އެމްޑީޕީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވުނީ 2005 ވަނަ އަހަރުގެ ޖޫންމަހުގެ 26 ވަނަ ދުވަހުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.