އިސްލާމިކް މިނިސްޓްރީ -- ފޮޓޯ؛ ވޮއިސް
ހަބަރު
31 Jul 2025 | 11:26
އަސްކޮއި ގްރޫޕްގެ ހުއްދަ އަތުލައި ފިޔަވަޅު އަޅައިފި

އުމްރާއަށް މީހުންގެންދިއުމަށް ފައިސާ ނެގުމަށްފަހު އެތައް ބަޔަކަށް ލަނޑުދިން މައްސަލާގައި އިސްލާމިކް މިނިސްޓްރީން އަސްކޮއި ގްރޫޕަށް ދޫކޮށްފައި އޮންނަ އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ހިފަހައްޓައި އިތުރު ފިޔަވަޅުތައް އަޅައިފިއެވެ.

އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޓެޑުން ވަނީ އެކުންފުނީގެ ހަވާލުގައި އުމްރާއަށް މީހުންގެންދިއުމަށް އެތައް ބައެއްގެ އަތުން ފައިސާ ނަގައި އެންމެފަހުވަގުތު ލަނޑުދީފައެވެ. މިކަމާ ގުޅިގެން އުމްރާއަށް ދާން އުޅުނު އެމީހުން ވަނީ މައްސަލަ ފުލުހުންނަށާއި އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅާފައެވެ.

މައްސަލަ ބެލުމަށްފަހު އިސްލާމިކް މިނިސްޓްރީން ވަނީ އަސްކޮއި ޓްރެވަލް ސާވިސްގެ އިތުރުން އެކުންފުނީގެ ހިއްސާދާރުންނަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ. އެގޮތުން އަސްކޮޔަށް ދޫކޮށްފައި އޮތް އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ހިފަހައްޓައި ކުންފުނި ވަނީ ޖޫރިމަނާކޮށްފައެވެ.

އެޅި އިތުރު ފިޔަވަޅުތައް:

- އަސްކޮއި ޓްރެވަލް ކުންފުންޏާއި އަދި އެކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނުދިނުން

- މިއަހަރުގެ ޖުލައި އުމްރާ ދަތުރަށް ކުރިން ފައިސާ ދެއްކި މީހުންގެ ފައިސާ ހަވާލުކުރުމަށް އެންގުން

- މައްސަލާގައި އަސްކޮއިގެ މައްޗަށް ޤާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުންނަށް ހުށަހެލުން

އިސްލާމިކް މިނިސްޓްރީން ބުނީ އަސްކޮއި ކުންފުންޏާ ދެކޮޅަށް އެޅުމަށް ނިންމި ފިޔަވަޅުތައް ތަންފީޒުކުރުމަށް ޓަކައި އިސްލާމިކް މިނިސްޓްރީން ކުރަންޖެހޭ ކަންކަން ފަސްޖެހުމެއްނެތި ކުރަމުންގެންދާނޭ ކަމަށެވެ.

އަސްކޮއިގެ ހަވާލުގައި އުމްރާއަށް ދިއުމަށްޓަކައި އެކުންފުންޏަށް ބައެއް މީހުން 25،000 ރުފިޔާ ދެއްކިއިރު، ލަނޑު ލިބުނުކަން އެނގުނީ ފުރުމަށް ތިން ދުވަހަށްވެފައި ވަނިކޮށް ކުންފުނީގެ ހަބަރެއް ނުވުމުންނެވެ. އަސްކޮއިގެ މިފަދަ މައްސަލަތަކެއް މީގެކުރިންވެސް ވަނީ ފެންމަތިވެފައެވެ. މިދިޔަ ރޯދަ މަހު އުމްރާގެ އަޅުކަން އަދާކުރުމަށް ފައިސާ ދެއްކި ބަޔަކު އުމްރާއަށް ގެންދަން ދެކޮޅު ހެދި މައްސަލާގައި އިސްލާމިކް މިނިސްޓްރީން ވަނީ އަސްކޮއި 130،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.