ބެންފީކާގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު...
ކުޅިވަރު
01 Aug 2025 | 07:14
ޕޯޗުގަލް ސްޕަކަޕް ޗެންޕިއަންކަން ބެންފީކާ އިން ހޯދައިފި

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ކުޅުނު ޕޯޗުގަލް ސްޕަކަޕްގެ ފައިނަލުގައި ރޭ ވާދަވެރި ކުޅުމަކަށްފަހު ސްޕޯޓިން ލިޒްބަން 1-0 ގެ ނަތީޖާއަކުން ބަލިކޮށް ބެންފީކާ އިން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.

ފާއިތުވެދިޔަ ސީޒަނުގެ ލީގު ޗެންޕިއަން ޓީމާއި އެސޯސިއޭޝަން ކަޕްގެ ޗެންޕިއަން ޓީމުގެ މެދުގައި ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ސްޕަކަޕްގެ ޖާގައެއް ބެންފީކާ އިން ހޯދީ މިދިޔަ ސީޒަނުގެ ލީގުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެއީ މިދިޔަ ސީޒަނުގެ ލީގުގެ އިތުރުން ކަޕްގެ ޗެންޕިއަންކަން ވެސް ސްޕޯޓިން ހޯދުމުންނެވެ.

މިދިޔަ ސީޒަނުގައި ލީގު ފަހުމެޗުގައި ބެންފީކާ ކުޅުނު މެޗުން އެއްވަރުވެ، ސްޕޯޓިން ލިޒްބަން ކުޅުނު މެޗުން އެޓީމު މޮޅުވުމުން ސްޕޯޓިންއަަށް ލީގު ޗެންޕިއަންކަން ލިބުނީ ދެ ޕޮއިންޓްގެ ލީޑަކާއެކު އެވެ. އަދި މި ދެޓީމު ކަޕް ފައިނަލުގައި ވާދަކުރި މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސްޕޯޓިން ލިޒްބަން އެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗު ފެށިގެން ފަސްވަނަ މިނެޓުގައި ސްޕޯޓިންގެ މިޑްފީލްޑަރު ޕެޑްރޯ ގޮންކަލްވެސް އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދިން ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްކަމަށެވެ.

މީގެ އިތުރުން މިމެޗުން ބެންފީކާ މޮޅުވި ލަނޑު ދެވަނަ ހާފުގެ ފަސްވަަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ގްރީސް ފޯވާޑް ވެންގެލިސް ޕަވްލިޑިސް އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ