ބްރައުންޒް މެޑަލް ހޯދި އަންހެން އަދި ފިރިހެން ޤައުމީ ޓީޓީ ޓީމު ކުޅުންތެރިން، ސްޕޯޓްސް ކޮމިޝަނަރ އެކު.. ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
ކުޅިވަރު
02 Aug 2025 | 20:41
ބްރޯންޒް މެޑަލް ހޯދި ގައުމީ ޓީޓީ ޓީމަށް މަރުހަބާ ދެންނެވީ ސްޕޯޓްސް ކޮމިޝަނަރު

ނޭޕާލުގައި ކުރިއަށްދިޔަ ޓޭބަލް ޓެނިސް ވޯލްޑް ޗެމްޕިއަންޝިޕް 2026 ގެ ސައުތު އޭޝިއަން ކޮލިފިކޭޝަންގައި ވާދަކޮށް މުބާރާތުގެ ތިންވަނަ ހޯދި ރާއްޖޭގެ ގައުމީ އަންހެން އަދި ފިރިހެން ޓީމަ މިއަދު ހެނދުނު ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީގައި، މަރުުހަބާ ދެންނެވީ ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް އެވެ.

މި ފަހަރުގެ ސައުތު އޭޝިއަން ކޮލިފިކޭޝަންގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރީ، އިންޑިއާ، ބަންގްލަަދޭޝް، ސްރީ ލަންކާ އަދި މުބާރާތް ބޭއްވި ގައުމު ނޭޕާލް އެވެ.

މި މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ބަންގްލަދޭޝް އަދި ސްރީ ލަންކާގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކުރިހޯދި ނަމަވެސް، އިންޑިއާ އަދި ނޭޕާލް ވާދަކޮށް ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. އަދި މިޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ ފާތިމަތު ދީމާ އަލީ، އައިޝަތު ރަފާ ނާޒިމް، މިޝްކާ މުހައްމަދު އިބްރާހީމް އަދި އަލްސާ ނާފިޒެވެ.

މީގެ އިތުރުން ރާއްޖޭގެ ފިރިހެން ޓީމު ސްރީލަންކާ އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވިއިރު، ބަންގްލަދޭޝް އަތުން މޮޅުވީ ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުންނެވެ. ނަމަވެސް އިންޑިއާ އަތުން ދިވެހި ޓީމު ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. އަދި މިއީ ގައުމީ ފިރިހެން ޓީމުން ބަންގްލަދޭޝް އާއި ލަންކާ ބަލިކުރި ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން މިއީ ރާއްޖޭގެ ފިރިހެން ޓީޓީ ޓީމު ދެކުނު އޭޝިއާ މުބާރާތުން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބެވެ. މި ފަހަރުގެ މުބާރާތުގައި ވާދަކުރި ގައުމީ ޓީޓީ ފިރިހެން ޓީމުގައި ހިމެނެނީ މޫސާ މުންސިފް، އަހްޔާރް އަހުމަދު ހާލިދު، މުހައްމަދު ޝައްފާން އިސްމާއިލް އަދި ޒީސްތު ނަސީމް އެވެ. 




ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.