ބްރެޒިލް ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު އުފާފާޅުކުރަނީ...
ކުޅިވަރު
03 Aug 2025 | 05:38
ކޮޕާ އެމެރިކާ ވިމެންސް ފުޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން ނުވަވަނަ ފަހަރަށް ބްރެޒިލް އިން ހޯދައިފި

އެކުއެޑޯގައި މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާ ވިމެންސް ފުޓްބޯޅަ މުބާރާތް 2025 ގެ ފައިނަލުގައި ބްރެޒިލް އާއި ކޮލަމްބިއާ ވާދަކުރި މެޗު 4-4 ގެ ނަތީޖާއަކުން އެއްވަރުވެ، ނަތީޖާ ނެރުމަށްޖެހި ޕެނަލްޓީގައި 5-4 ގެ ނަތީޖާއަކުން މޮޅު ބްރެޒިލް އިން މުބާރާތުގެ ތަށި ޖެހިޖެހިގެން ހަވަނަ ފަހަރަށް ކާމިޔާބުކޮށްފިއެވެ.

މިއީ މިމުބާރާތުގެ ތާރީޚްގައި މިހާތަނަށް ބޭއްވުނު 10 މުބާރާތުގެ ތެރެއިން ބްރެޒިލް ކާމިޔާބުކުރި ނުވަވަނަ މުބާރާތެވެ. މީގެ ކުރިން އެޓީމުން ވަނީ 1991، 1995. 1998، 2003، 2010، 2014، 2018 އަދި 2022 ވަނަ އަހަރު މިމުބާރާތުގެ ޗެންޕިއަންކަން ހޯދާފައެވެ. އަދި 2006 ވަނަ އަހަރުގެ ފައިނަލުގައި ބްރެޒިލް ބަލިވީ އާޖެންޓީނާ އަތުންނެވެ.

ބްރެޒިލް މުބާރާތުގެ ފައިނަލުން ޖާގަހޯދީ ސެމީފައިނަލްގެ ފުރަތަަމަ މެޗުގައި ފަސޭހަކަމާއެކު 5-1 ގެ ނަތީޖާއަކުން އުރުގުއޭ ބަލިކުރުމަށްފަހު އެވެ. އަދި ކޮލަމްބިއާ ފައިނަލުން ޖާގަހޯދީ ސެމީފައިނަލްގެ ދެވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން އާޖެންޓީނާ ބަލިކުރުމަށްފަހު އެވެ. އަދި މިދެޓީމު ގުރޫޕް ސްޓޭޖުގައި ކުޅުނު މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ކޮލަމްބިއާ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ލިންޑާ ކައިސެެޑޯ އެވެ. އަދި ބްރެޒިލް އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު އަލޮންސޯ ކޮސްޓެންޓީނޯ އެންޖެލީނާ އެވެ.

މި މެޗުގައި ކޮލަމްބިއާ އިން ދެވަނަ ފަހަރަށް ލީޑުހޯދި ލަނޑަކީ ފަހުހާފުގެ 69 ވަނަ މިނެޓުގައި ބްރެޒިލްގެ ޑިފެންޑަރު ޓާޝިން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި ބްރެޒިލް އިން ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކުރި ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ފޯވާޑް އަމަންޑާ ގުޓިއަރޭޒް ކާމިޔާބުކުރިއިރު އޭގެ އަށް މިނެޓްފަހުން ކޮލަމްބިއާގެ މޭރާ ރަމިރޭޒް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ތިންވަނަ ފަހަރަށް އެޓީމަށް ލީޑު ހޯދައިދީފައެވެ.

ނަމަވެސް ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ބްރެޒިލްގެ ތަޖުރިބާކާރު ފޯވާޑް މާޓާ ވަނީ މިމެޗުގައި އެޓީމަށް ތިންވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި ނަތީޖާ ނެރުމަށްކުޅުނު އިތުރުވަގުތުގެ 15 މިނެޓުގެ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި މާޓާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ފުރަތަމަ ފަހަރަށް އެޓީމަށް ލީޑު ހޯދައިދީފައެވެ.

ކޮލަމްބިއާ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު އިތުރު ވަގުތުގެ ދެވަނަ ހާފުގެ 10 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ލެއިސީ މާރިއާ ސަންޓޯސް ހެރެއިރާ އެވެ. އަދި މިލަނޑާއެކު މެޗުގެ 120 މިނެޓުގެ ކުޅުން ނިމިގެންދިޔައީ 4-4 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މިއާއެކު މެޗުގެ ނަތީޖާނެރުމަށް ޖެހި ޕެނަލްޓީގައި ބްރެޒިލްގެ ހަތް ޕެނަލްޓީގެ ތެރެއިން ފަސް ޕެނަލްޓީ އެޓީމުން ކާމިޔާބުކުރިއިރު، ކޮލަމްބިއާގެ ހަތް ޕެނަލްޓީގެ ތެރެއިން އެޓީމަށް ކާމިޔާބުކުރެވުނީ ހަތަރު ޕެނަލްޓީ އެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-5 ގެ ނަތީޖާއަކުން ބްރެޒިލް ކުރީގައި އޮވެގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.