މާލޭގެ އޭރިއަލް ވިއުއެއް...
04 Aug 2025 | 09:34
ޤައުމީ ތަރައްޤީގެ ޕްލޭން ތައްޔާރުކުރުމަށް ނެކްސިއާ މޯލްޑިވްސްއާ ހަވާލުކޮށްފި

ދިވެހިރާއްޖޭގެ ކުރިއަށް އޮތް 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން ނެކްސިއާ މޯލްޑިވްސްއާއި ވަނީ ހަވާލުކޮށްފިއެވެ.

ފިނޭންސްގެ ޕްލޭނިން ޑިޕާޓްމަންޓުން ބުނެފައިވަނީ. މި ޕްލޭންގެ މައިގަނޑު މަޤްސަދަކީ ދެމެހެއްޓެނިވި ތަރައްޤީއަށް ރިއާޔަތްކޮށް ޤައުމުގެ ބަދަލުވަމުންދާ އިގްތިޞާދީ، އިޖުތިމާޢީ، ތިމާވެށި އަދި އުމްރާނީ ބޭނުންތަކަށް އަމާޒުކޮށް، ޤައުމީ ފެންވަރުގައި އެންމެ އިސްކަންދޭ ދާއިރާތަކުގެ ދުރުރާސްތާގެ ޕްލޭނެއް އެކުލަވާލުން ކަމަށެވެ. މިގޮތުން، ކުރިއަށްއޮތް 20 އަހަރު ތެރޭގައި ސަރުކާރުގެ ސިޔާސަތުތަކާއި، އިންވެސްޓްމަންޓްތައް އަދި ޤައުމީ ތަރައްޤީގެ ރޭވުންތަކަށް މަގުދައްކައިދޭނެ އިސްތިރާޖީ އޮނިގަނޑަކަށް މިޕްލޭން ވެގެންދާނެއެވެ.

ނެޝަނަލް ޑިވެލޮޕްމެންޓް ޕްލޭން އެކުލަވައިލުމުގެ މިމަސައްކަތް ނެކްސިއާ މޯލްޑިވްސްއިން ކުރިއަށް ގެންދާއިރު، މި ޕްލޭނަކީ ހެކިތަކުގެ މައްޗަށް ބިނާކުރެވިފައިވާ، ޤައުމުގެ ތަފާތު އެކި ބޭނުންތަކަށް އިޖާބަދޭ، އަދި ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ މުޖުތަމަޢުތަކުގެ ހިޔާލާއި މަޝްވަރާގެ މައްޗަށް ބިނާކުރެވިގެން އެކުލަވާލެވޭ ޕްލޭނެއްކަން ކަށަވަރުކުރާނޭކަމަށް ޕްލޭނިންގ އިން ބުނެއެވެ. މިގޮތުން، ގިނަ ފަރާތްތަކެއްގެ ހިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި މުޅި ރާއްޖެ ހިމެނޭގޮތަށް މަޝްވަރާކުރުމުގެ މަރުހަލާއެއް ކުރިއަށް ގެންދާގޮތަށް ވަނީ ނިންމާފައެވެ.

އިޤްތިޞާދީ، އިޖުތިމާޢީ އަދި ތިމާވެށީގެ ގޮތުން ރާއްޖެއަށް އެކި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، މިކަމަށް އިސްކަމެއްދިނުމަކީ މި ޕްލޭން އެކުލަވައިލުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށާއި، މިގޮތުން ސަރުކާރުގެ އިންވެސްޓްމަންޓްތަކާއި، ސިޔާސަތުތަށް އިސްލާހުކުރުމާއި، ޤައުމީ ފެންވަރުގެ ނިންމުންތަކަށް މަގުދައްކައިދޭނެ ފުރިހަމަ ދިގު މުއްދަތުގެ އިސްތިރާޖެއް މި ޕްލޭންގައި ހިމެނިގެންދާނޭކަމަށްވެސް ޕްލޭނިން އިން ބުނެއެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނެކެސިއާގެ މެނޭޖިންގ ޑިރެކްޓަރު ވަނީ މިއީ ޤައުމީ މުހިއްމު މަސައްކަތެއް ކަމަށް ވިދާޅުވެ، މިކަން ކުރިއަށްދާނީ ރައްޔިތުންގެ ހިޔާލާއެކުކަމަށް ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުންނާއި، އެކިދާއިރާތަކުގެ ޚިޔާލާއި ހިއްސާއާއެކު ރާއްޖޭގެ ކުރިމަގުގެ ތަޞައްވުރު އެކުލަވާލުމަށްޓަކައި ޤައުމީ ފެންވަރެއްގައި ގާތުން މަސައްކަތްކުރުމަށް ތައްޔާރުވަމުން

މެނޭޖިންގ ޑިރެކްޓަރ ޙާމިދު ޞާދިޤު ވިދާޅުވިއެވެ 

ޕްލޭނިން އިން ބުނީ މި މަސައްކަތް ނެކްސިއާ މޯލްޑިވްސްއާ ހަވާލުކުރީ އެ ކުންފުންޏަކީ ރާއްޖޭގައި 18 އަހަރަށްވުރެ ގިނަ އަހަރުގެ މަސައްކަތުގެ ތަޖުރިބާ އާއި އެކު، ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލުމާއި، މުއައްސަސާތަކުގެ ހިންގުން ހަރުދަނާކޮށްދިނުމާއި، އިސްތިރާޖީ ރޭވުންތެރިކަމުގެ ދާއިރާއިން އެކި ފެންވަރުގެ ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏަކަށް ވާތީކަމަށެވެ.

ދިވެހިރާއްޖޭގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ މި ޕްލޭނަކީ ރާއްޖޭގެ ތަރައްޤީގެ ކުރިމަގަށް ކުރެވޭނެ ފައިދާހުރި އަދި ބިނާކުރަނިވި މަސައްކަތަކަށް ވެގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.