މާލޭ ވިޔަފާރި ބަނދަރުގައި އޮތް ބޯޓަކުން މުދާބާލަނީ... ފޮޓޯ: ވޮއިސް
ހަބަރު
04 Aug 2025 | 13:30
މިދިޔަ ހަފްތާގައި މާލޭ ވިޔަފާރި ބަނދަރުން އެންމެގިނައިން ކްލިއަރ ކުރި އެއްޗަކީ ބިސް

މިދިޔަ ހަފްތާ ނިމުނުއިރު މާލޭ ވިޔަފާރި ބަނދަރުން އެންމެގިނައިން ކްލިއަރކޮށްފައިވަނީ ބިހާއި ފިޔާކަމަށް އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްޕީއެލުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފްތާގެ ތެރޭގައި ވިޔަފާރި ބަނދަރަށް 1314 ކޮންޓެއިނަރ ބޭލިއިރު އޭގެ ތެރޭގައި އެންމެގިނައިން ހިމެނޭ ބާވަތްތަކަކީ، ބިސް، ފިޔާ، ކަރާ، އަލުވި އަދި ޓޮމާޓޯގެ އިތުރުންވެސް ތަރުކާރީ އާއި މޭވާގެ ބާވަތްތައް ހިމެނެއެވެ. 

ޖުލައިމަހުގެ 27 ވަނަ ދުވަހުން ފެށިގެން އޮގަސްޓްމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް މާލޭ ވިޔަފާރި ބަނދަރުން ކޮންޓެއިނަރ 2 ބޯޓަކަށާއި، ޖެނެރަލް ކާގޯ 6 ބޯޓަކަށް ވަނީ ހިދުމަތްދީފައެވެ. މި ބޯޓުތަކުން ގެނައި ޮންޓެއިނަރތައް ކްލިއަކޮސްފައިވާއިރު، އެންމެގިނައިން ހިމެނެނީ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ދިވެހިންގެ ދިރިއުޅުމުގައިވެސް އެންމެ ގިނައިން ބޭނުންކުރާ ތަކެއްޗެވެ.

ވިޔަފާރި ބަނދަރަށް އެންމެގިނައިން ބޭލި މުދާ

- 16،988 ކޭސް ބިސް

- 13،096 ބަސްތާ ފިޔާ

- 7،437 ބަސްތާ ކަރާ

- 5،538 ބަސްތާ އަލުވި

- 3،888 ކޭސް ޓޮމާޓޯ

މޫސުން ގޯސްވުމުގެ ސަބަބުން މިދިޔަ ދުވަސްތަކުގައި ވިޔަފާރި ބަނދަރުގައި އޮތް ބޯޓުތަކުން މުދާ ބޭލުމުގައި ކޮންމެވެސްވަރެއްގެ ދަތިތައް ކުރިމަތިވުމުން މާލޭ ބާޒާރުން ފިޔާ ލިބުންދަތިވެ، އަގުތައް އުފުލުނެވެ. ނަމަވެސް ވިޔަފާރި ބަނދަރުން ފިޔާބަސްތާތައް ބޭލުމާއެކު 75 ރުފިޔާއަށް އުފުލުނު ފިޔާ ކިލޯގެ އަގު ވަނީ 20 ރުފިޔާއަށް ތިރިވެފައެވެ. މިހާރު ބާޒާރުން 18 ރުފިޔާއަށް ފިޔާ ކިލޯއެއް ލިބެންހުރިކަން ފާހަގަކޮށްލެވެއވެެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފި
ނެޝަނަލް ފިޓްނަސް ޕްލޭނުގެ ދަށުން އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފިއެވެ. ބާކީ ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
27 Sep 2026
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ، އާ ބްރޭންޑެއް ތަޢާރަފުކުރުމާއި ހިލޭ ރަހަ ބެލުމާއި ކޮންމެ ދުވަހަކު ނަސީބުވެރިން ހޮވުން ކުރިއަށް ގެންދާނެއެވެ.
27 Sep 2026
ހޮޓެލް އޭޝިއާ މޯލްޑިވްސް: ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމަށް
2000 ވަނަ އަހަރު އާދައިގެ ކުޑަ ފެށުމަކުން ފެށި ނަމަވެސް ހޮޓެލް އޭޝިއާ މޯލްޑިވްސް ހަރަކާތް މިއަދު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް ސަޕްލައި އަދި ކަލިނަރީ ދާއިރާގެ އެންމެ އިތުބާރު ހިފޭ އެއް ޕްލެޓްފޯމަށެވެ.
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.
27 Sep 2026
ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އޮޓަމެޓިކުން ވާރުތަ ނުވާނެ
ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް އަދި އާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވިސާ ދިނުމާއި ކެންސަލްކުރުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަމައެކަނި އެ އިދާރާއިން ކުރާ ކަމެއްކަން ވަޒީރު ސާފުކޮށްދެއްވިއެވެ.
27 Sep 2026
ސައިކަލެއްގެ މަޑިދަށުން ދޮޅު ލައްކަ ރުފިޔާ ވަގަށް ނަގައިފި
މީގެ އިތުރުން ފުލުހުން ބުނީ، އެ ފައިސާގެ ތެރެއިން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާ، އަދި 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އަނެއް 55،000 ރުފިޔާ، ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
27 Sep 2026
ފަތުރުވެރިކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނަން: ރައީސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންނަށް ލިބޭ ތަޖުރިބާތައް ފުރިހަމަކުރުމަށްޓަކައި، އާ އީޖާދުތައް ބަލައިގަނެ، ހުނަރުތަކަށް އިންވެސްޓްކޮށް، ޑިޖިޓަލް ޙައްލުތަކުގެ ބޭނުން ހިފުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.