ވީއައިއޭ އައު ޓާމިނަލް ބެގޭޖް ބެލްޓްތައް..
ހަބަރު
05 Aug 2025 | 10:52
އައު ޓާމިނަލާއެކު ބޭރުގެ އިންވެސްޓަރުންގެ ޔަގީންކަން އިތުރުވެގެން ހިނގައްޖެ: ސައީދު

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލާއެކު ޓޫރިޒަމް ސިނާއަތުގައި ހިއްސާވާ ބޭރުގެ އިންވެސްޓަރުންގެ ވޮރަށްބޮޑު އިތުބާރެއް ލިބިގެން ހިނގައްޖެކަމަށް އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ދައުލަތުެގ މީޑިއާއިން ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވަނީ ވީއައިއޭ އައު ޓާމިނަލްގެ އޮޕަރޭޝަންތައް ފެށިގެންދިއުމަކީ އެކަމުން މުޅި ރާއްޖޭގެ އިގްތިސާދުގެ އައު ބާބެއް ފެށުންކަމަށް ސިފަކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި މިވަގުތތު އިންވެސްޓްކޮށްގެން ތިބި ފަރާތްތަކަށް ބަލާއިރު ދުނިޔޭގެ މަޝްހޫރު ހޮޓެލްޗެއިންތަކާއި އެނޫންވެސް މި ސިނާއަތުގައި ހިމެނޭ އެންމެ މަތީ ފަންތީގެ އިންވެސްތަރުން ހިމެނޭކަމަށެވެ. 

ވީއައިއޭ އައު ޓާމިނަލް...

މީގެ ކުރިން ރާއްޖެއާ ބެހޭގޮތުން ހެދިގެންދިޔަ ރޭޓިންތަކާއި އެނޫންވެސް ރިޕޯޓްތަކުން އިވިގެންދިޔައީ ރާއްޖޭގެ އިގްތިސާދާމެދު ޔަގީންކަން ނެތްވާހަކަކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ވިއައިއޭ އައު ޓާމިނަލްގެ އޮޕަރޭޝަންތައް ފެށުމާއެކު މިއަދު ރާއްޖޭގެ އިގްތިސާދާމެދު ވަރަށްބޮޑު ޔަގީންކަމެއް ލިބިގެން ހިނގައްޖެ ކަމަށެވެ. 

ރައީސް ޑރ.މުއިއްޒަށް ވެރިކަން ހަވާލުވިއިރު ރާއްޖޭގެ ރޭޓިންއާ ރާއްޖޭގެ ދަރަންޏާ އިވެމުންދިޔައީ އަބަދުވެސް މިކަހަލަ މާޔޫސްކަމުގެ ވާހަކަތައް. އެހެން އޮއްވައި ދުނިޔޭގެ ބޮޑެތި ޓްރެވަލް އޭޖެންޓުން، ޓްރެވަލް އޮޕަރޭޓަރުން، ބޮޑެތި އެއާލައިންތައް އަދި ހޮސްޕިޓާލިޓީ އިންޑަރސްޓްރީގެ ބޮޑެތި ބްރޭންޑްތަކަށް އާ ޓާމިނަލް އޮޕަރޭޝަން ފެށުމާއެކު ލިބިގެންދިޔައީ ވަރަށްބޮޑު އުފަލެއް، ހަގީގަތުގައި ވަރަށްބޮޑު ޔަގީންކަމެއް ރާއްޖެއާ ދޭތެރޭ ލިބިގެން މިދިޔައީ

މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ވީއައިއޭ ތަރައްޤީކުރުމަށް ދަރަނިނެގުމަކީ މި ޤައުމު ދަރަނިވެރިކުރުވުންކަމަށް ބުނާ ބުނުމަކީ ވަރަށް ހަނި ވިސްނުމެއްގައި ބުނާ ވާހަކައެއް ކަމަށާއި، މިކަމަކީ އޭގެން ފައިސާ ހޯދޭނެ ގޮތްތައް ވަރަށްބޮދަށް ބެެއްލެވުމަށްފަހު ދިރާސާކުރެވިެގން ރައީސް ޔާމީނުގެ ދައުރު ފެށުނު މަސައްކަތެއް ކަމަށެވެ. އެގޮތުން އެމަގުން ކަންކަން ކުރިއަށްގެންދިއުމަށް އޭރު ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންވެސް ލަފާދީފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން ވީއައިއޭ އައު ޓާމިނަލްގެ މަސައްކަތް ފެށީ އައު ޓާމިނަލަށް ލިބޭ އާމްދަނީން އެތަން ތަރައްޤީކުރުމަށް ނެގި ލޯނު އަނބުރާ ދެއްކޭނޭކަމުގެ ޔަގީންކަން އޮތުމުންކަމަށްވެސް ސައީދު ފާހަގަކުރެއްވިއެވެ.

ވީއައިއޭ އައު ޓާމިނަލްގެ ފުރާމީހުންގެ ދޮރާށި..

މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވަނީ އައު ޓާމިނަލް ފައިސާ އާއި ކޮންޓްރެކްޓަރުންނާއި އެނޫންވެސް ކަންކަން ހަމަޖެހިފައި އޮތްއިރުވެސް މިދިޔަ ސަރުކާރުން އެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށްގެންގޮސްފައި ނުވާތީވެ ވަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ. އެގޮތުން ޖީއެމްއާރަށް ދިވެހިންގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ދިން ބަޔަކު ވީއައިއޭއާ ގުޅުވައިގެން ދަރަނީގެ ވާހަކަތައް ދައްކަވާތީވެ މިނިސްޓަރު ވަނީ އެ ބޭފުޅުން މިއަދު ދައްކަވަމުންގެންދަވާ ވާހަކަތަކުގައި އެއްވެސް ކަހަލަ އަސާސެއް ނެތްކަން ފާހަގަކުރައްވާފައެވެ.

ސައުދީގެ ބިންލާދިން ގްރޫއްޕާ ހަވާލުކޮށްގެން ތަރައްޤީކުރި އައު ޓާމިނަލަށް 5 ބިިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވާނޭކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެމްއޭސީއެލުން ބުނީ އައު މި ޓާމިނަލުން އަހަރެއްގެ ތެރޭގައި 7.5 މިލިއަން ފަސެންޖަރުންނަށް ހިދުމަތް ދެވޭނޭކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފި
ނެޝަނަލް ފިޓްނަސް ޕްލޭނުގެ ދަށުން އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފިއެވެ. ބާކީ ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
27 Sep 2026
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ، އާ ބްރޭންޑެއް ތަޢާރަފުކުރުމާއި ހިލޭ ރަހަ ބެލުމާއި ކޮންމެ ދުވަހަކު ނަސީބުވެރިން ހޮވުން ކުރިއަށް ގެންދާނެއެވެ.
27 Sep 2026
ހޮޓެލް އޭޝިއާ މޯލްޑިވްސް: ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމަށް
2000 ވަނަ އަހަރު އާދައިގެ ކުޑަ ފެށުމަކުން ފެށި ނަމަވެސް ހޮޓެލް އޭޝިއާ މޯލްޑިވްސް ހަރަކާތް މިއަދު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް ސަޕްލައި އަދި ކަލިނަރީ ދާއިރާގެ އެންމެ އިތުބާރު ހިފޭ އެއް ޕްލެޓްފޯމަށެވެ.
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.
27 Sep 2026
ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އޮޓަމެޓިކުން ވާރުތަ ނުވާނެ
ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް އަދި އާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވިސާ ދިނުމާއި ކެންސަލްކުރުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަމައެކަނި އެ އިދާރާއިން ކުރާ ކަމެއްކަން ވަޒީރު ސާފުކޮށްދެއްވިއެވެ.
27 Sep 2026
ސައިކަލެއްގެ މަޑިދަށުން ދޮޅު ލައްކަ ރުފިޔާ ވަގަށް ނަގައިފި
މީގެ އިތުރުން ފުލުހުން ބުނީ، އެ ފައިސާގެ ތެރެއިން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާ، އަދި 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އަނެއް 55،000 ރުފިޔާ، ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
27 Sep 2026
ފަތުރުވެރިކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނަން: ރައީސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންނަށް ލިބޭ ތަޖުރިބާތައް ފުރިހަމަކުރުމަށްޓަކައި، އާ އީޖާދުތައް ބަލައިގަނެ، ހުނަރުތަކަށް އިންވެސްޓްކޮށް، ޑިޖިޓަލް ޙައްލުތަކުގެ ބޭނުން ހިފުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.