އެމްޑީޕީގެ ނޫސްވެރިްނގެ ބައްދަލުވުން
ހަބަރު
05 Aug 2025 | 11:40
ލާމަރުކަޒީ ޤާނޫނަށް ގެންނަ އިސްލާހުން، ކައުންސިލްތައް މާލީގޮތުން ބަލިކަށިވެގެންދާނެ: އެމްޑީޕީ

ސަރުކާރުން ލާމަރުކަޒީ ޤާނޫނަށް ގެނައުމަށް ނިންމާފައިވާ އިސްލާހްގެ ސަބަބުން ކައުންސިލްތައް އިތުރަށް ބަލިކަށިވެގެން ދިއުން ނޫންކަމެއް ނުވާނޭކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

އަދުގެ ސަރުކާރުން ވަނީ ލާމަރުކަޒީ ޤާނޫނަށް އިސްލާހް ގެންނަން ނިންމައި، ހުށަހަޅާފައިވާ ބިލަށް އާންމުންގެ ހިޔާލު ހުށައަޅަން ފުރުސަތު ހުޅުވާލާފައެވެ.

މިކަމާ ގުޅިގެން މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޕާޓީގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒް ވަނީ އެމްޑީޕީން ދިވެހި ރައްޔިތުންނަށް ގެނެސްދީފައިވާ ލާމަރުކަޒީ ނިޒާމް ފުނޑާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަން ފާހަގަކޮށް، ސަރުކާރަށް ފާޑުވިދާޅުވެފައެވެ. ނިޔާޒް ވިދާޅުވީ ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނައުމަށް ނިންމާފައިވާ އިސްލާހްތަކާއެކު ކައުންސިލްތައް މާލީގޮތުން އިތުރަށް ބަލިކަށިވެގެންދާނޭކަމަށެވެ.

ނޫސްވެރިްނގެ ބައްދަލުވުމުގައި ނިޔާޒް ވާހަކަދައްކަވަނީ..

ނިޔާޒް ވިދާޅުވީ ކައުްނސިލްތަކުން އާއްމު ވިޔަފާރިތަކަށް ހުރަސްއަޅަމުންދާކަން ފާހަގަކޮށް ސަރުކާރުން ނިންމި އެ ނިންމުމަކީ އެއްވެސް ކަހަލަ ދިރާސާކުރުމެއްނެތި ނިންމި ކަމެއްކަމަށެވެ. ކައުންސިލްތަކުގެ ސަބަބުން ރައްޔިތުން ވިޔަފާރިކުރުމަށް ހުރަސްއެޅޭކަމަށް ސަރުކާރުން ބުނާބުނުމަކީ އެއްވެސްކަހަލަ އަސާސެއްގެ މައްޗަށް ބުރަވެ ދައްކަމުންގެންދާ ވާހަކައެއް ނޫންކަމަށާއި މިއީ ސަރުކާރުން ހަމަ ގަސްތުގައި ކައުންސިލްތައް މާލީގޮތުން އިނދަޖައްލާމުމަށް ކުރާ ކަމެއްކަމެއްކަމަށް ނިޔާޒް ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ މިހާރުގެ  ވިސްނުމަކީ ކައުންސިލްތައް ހުއްޓުވާފައި ކައުންސިލްތަކަށް ތަރައްޤީގެ އެއްވެސް މަސައްކަތެއް ނުކުރެވޭގޮތަށް ދެއަތާއި ދެފައި ބަނދެފަ، ސަރުކާރުން ރަށްރަށަށް އަރައި ވަޒީފާ ބަހައިގެން އިންތިހާބު ކާމިޔާބުކުރުން

ނިޔާޒް ވިދާޅުވިއެވެ

ނިޔާޒް ވިދާޅުވީ މާލީގޮތުން ގޯސްހަދަނީ ހަމައެކަނި ކައުންސިލްތައް އެކަނި ނޫންކަމަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި މިނިސްތްރީތައްވެސް އޮތީ ހަމަ އެހާލަތުގައިކަމަށެވެ. އެގޮތުން އޮޑިތަރ ޖެނެރަލް ނެރުއްވަމުންގެންދަވާ މާލީ އޮޑިޓް ރިޕޮތްތަކުން އެކަންކަން ވަރަށް ރަނގަޅަށް ފެންނަމުންދާކަމަށް ނިޔާޒް ވިދާޅުވިއެވެ.

ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނައުމަށް ނިންމި އިސްލާހަށް އާއްމުންގެ ހިޔާލަށް ހުޅުވާލާފައިވާއިރު، އެ އިސްލާހްތަކަށް ކޮމެންޓްކުރުން މިއަދުގެ 13:30 ހަށް ހަމަވާނެއެވެ. 

ލާމަރުކަޒީ ގާނޫނަށް ގެންނަން ނިންމާފައިވާ އެއް ބަދަލަކީ ކައުންސިލްތަކުން އުފައްދާ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތައް ވަކި ޝަރުތުތަކަކަށް ފެއްްތުމެވެ. އެ ގޮތުން 10 މިލިއަނަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ނުކުރެވޭނެ އެވެ. މީގެ އިތުރުން ކައުންސިލުގެ ދައުރުގެ ފަހު އަހަރުގައި ފިނޭންސް މިނިސްޓްރީއާއި އެލްޖީއޭގެ އިރުޝާދުތަކާއި ކަނޑައަޅާ އުސޫލުތަކާ ހިލާފަށް ދާއިމީ ނުވަތަ ކޮންޓްރެކްޓު މުވައްޒަފުން ވަޒީފާއަށް ނުނެގޭނެ އެެވެ.

އަދި އެ މުއްދަތުގައި ކައުންސިލުގެ އިހުތިސާސްގެ ދަށުގައި ހުރި ބިންތައް ކުއްޔަށް ދޫނުކުރެވޭނެ އެވެ. މީގެ އިތުރުން ކުރިން ޕްލޭން ނުކުރާ ތަރައްގީގެ މަޝްރޫއުތައްވެސް އެ މުއްދަތުގައި ނުފެށޭނެ އެވެ

ލާމަރުކަޒީ ނިޒާމަށް ގެނައުމަށް ނިންމި މި ބަދަލާ ގުޅިގެން ސަރުކާރުން ބުނެފައިވަނީ، މިއީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ މުހިންމު ފިޔަވަޅެއްކަމަށެވެ.

ކޮމެންޓް
ްއެހެނަސް
ކޮރަޕްޝަން ހުއްޓުވީމަ ބަލިކަށިވަނީތޯ
05 Aug 2025
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.