ގެދޮރުވެރިޔާ ސްކީމުން ދޫކުރާ ފްލެޓްތައް ހިމެނޭ ބައެއް ޓަވަރުތައް... ފޮޓޯ: ވޮއިސް
ހަބަރު
05 Aug 2025 | 13:17
ފްލެޓް އެޑްވާންސް ފައިސާ، ޕެންޝަން ފަންޑުން ދެއްކޭނެ ގޮތެއްވޭތޯ ބަލަނީ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރުމަށް ނިންމާފައިވާ އެޕާޓްމަންޓްތަކަށް އެޑްވާންސް ފައިސާ އެމީހެއްގެ ޕެންޝަން ފަންޑް މެދުވެރިކޮށް ދެއްކޭނެ ގޮތެއް ވޭތޯ ބެލުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ކުރަމުންގެންދާކަމަށް އެފަރާތުން ބުނެފިއެވެ.

އެސްއެސްޓީވީގައި ވާހަކަދައްކަވަމުން ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ ޕެންށަން ފަންޑް މެދުވެރިކޮސް ޑިޕޮސިޓް ދެއްކުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް އެކުންފުނިން މަސައްކަތްކުރަމުންގެންދާކަމަށެވެ. އެގޮތުން ޕެންޝަން އޮފީހާ އެކަމުގެ މުއާމަލާތްތައް ކުރުމަށް މަސައްކަތްކުރަމުންދާކަމަށް ހަމްދާން ވިދާޅުވިއެވެ.

ހަމްދާން ވިދާޅުވީ އެޑްވާންސް ފައިސާ ދެއްކުމަށް ދީފައިވާ ލުއިތަކުގެ ތެރެއިން މިހާރުވެސް އެ ޕޭމަންޓް ދެއްކުމަށް ވަކި މުއްދަތެއް ކަނދައެޅިފައި ނުވާނޭކަމަށާއި، އެ ފަރާތަކަށް ދެއްކުނު ދުވަހަކުން ފައިސާ ދެއްކުނީމައި ތަން ދިނުމުގެ މަސައްކަތް ކުރާނޭކަމަށެވެ. މިހާރުން މިހާރަށް އެޑްވާންސް ފައިސާ ދެއްކިނަމަވެސް އެތަނަސް ބަދަލުވުމުގެ ހުއްދަ އެޗްޑީސީން ދޭނީ ފެނާއި ކަރަންޓްގެ ހިދުމަތް ފަދަ އަސާސީ ކަންކަން ފުރިހަމަ ވުމުން ކަމަށެވެ. ހަމްދާން ވިދާޅުވީ އެކުންފުނިން ކަންކަން ރާވާފައިވަނީ އަންނަ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ހުރިހާ ކަމެއް ނިމޭގޮތަށްކަމަށެވެ. އެގޮތުން ސެޕްޓެމްބަރުމަހުގެ ނިޔަލަށް އެޑްވާންސް ފައިސާ ދައްކާފަރާތްތަކަށް ފްލެޓްތަކަށް ބަދަލުވެވޭނޭކަން ހަމްދާން ފާހަގަކުރެއްވިއެވެ. 

އަޅުގަނޑުމެން ޕެންޝަން އޮފީހާ މުއާމަލާތް ކުރަމަށް ނިންމާފައި މިވަނީ، ޕެންޝަން ފަންޑް ހުންނަ ބޭފުޅުން އެ ބޭފުޅުންގެ ފަންޑް މެދުވެރިކޮށް ޑިޕޮސިޓް ފައިސާ ދެއްކޭނެ ގޮތެއް ހޯދުމަށް

ޝަކީލް ވިދާޅުވިއެވެ

ގެދޮރުވެރިޔާ ސްކީމްގައި ހިމެނޭ 4،000 އެޕާޓްމަންޓްތަކުގެ ތެރެއިން 3 ކޮޓަރީގެ ފްލެޓްތަކުން 25,000 ރުފިޔާ ނެގުމަށް ނިންމާފައިވާއިރު، 2 ކޮޓަރީގެ އެޕާޓްމަންޓުތަކުން ނެގުމަށް ނިންމާފައިވަނީ 15،000 ރުފިޔާއެވެ. މީގެ ތެރެއިން 3 ކޮޓަރީގެ އެޕާޓްމަންޓުގެ ކުއްޔަކީ މަހަކަށް 9،000 ރުފިޔާއެވެ. އަދި 2 ކޮޓަރީގެ އެޕާޓްމަންޓް ކުއްޔަކީ 7،000 ރުފިޔާއެވެ.

ފަހިދިރިއުޅުން ކޯޕަރޭޝަނުން ދޫކުރާ ފްލެޓްތަކުގެ އެއްބަސްވުން 25 އަހަރަށް ހެދުމަށް ނިންމާފައިވާއިރު، ފްލެޓްތައް މިލްކްކުރެވޭނީ އެ މުއްދަތުގައި ދެއްކުމަށް އޮންނަ ފައިސާ ދައްކައި ހަލާސްކުރުމުންކަމަށް ހައުސިން މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފި
ނެޝަނަލް ފިޓްނަސް ޕްލޭނުގެ ދަށުން އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފިއެވެ. ބާކީ ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
27 Sep 2026
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ، އާ ބްރޭންޑެއް ތަޢާރަފުކުރުމާއި ހިލޭ ރަހަ ބެލުމާއި ކޮންމެ ދުވަހަކު ނަސީބުވެރިން ހޮވުން ކުރިއަށް ގެންދާނެއެވެ.
27 Sep 2026
ހޮޓެލް އޭޝިއާ މޯލްޑިވްސް: ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމަށް
2000 ވަނަ އަހަރު އާދައިގެ ކުޑަ ފެށުމަކުން ފެށި ނަމަވެސް ހޮޓެލް އޭޝިއާ މޯލްޑިވްސް ހަރަކާތް މިއަދު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް ސަޕްލައި އަދި ކަލިނަރީ ދާއިރާގެ އެންމެ އިތުބާރު ހިފޭ އެއް ޕްލެޓްފޯމަށެވެ.
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.
27 Sep 2026
ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އޮޓަމެޓިކުން ވާރުތަ ނުވާނެ
ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް އަދި އާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވިސާ ދިނުމާއި ކެންސަލްކުރުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަމައެކަނި އެ އިދާރާއިން ކުރާ ކަމެއްކަން ވަޒީރު ސާފުކޮށްދެއްވިއެވެ.
27 Sep 2026
ސައިކަލެއްގެ މަޑިދަށުން ދޮޅު ލައްކަ ރުފިޔާ ވަގަށް ނަގައިފި
މީގެ އިތުރުން ފުލުހުން ބުނީ، އެ ފައިސާގެ ތެރެއިން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާ، އަދި 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އަނެއް 55،000 ރުފިޔާ، ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
27 Sep 2026
ފަތުރުވެރިކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނަން: ރައީސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންނަށް ލިބޭ ތަޖުރިބާތައް ފުރިހަމަކުރުމަށްޓަކައި، އާ އީޖާދުތައް ބަލައިގަނެ، ހުނަރުތަކަށް އިންވެސްޓްކޮށް، ޑިޖިޓަލް ޙައްލުތަކުގެ ބޭނުން ހިފުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.