ތުޅާދޫ ރޯހައުސް... ވޮއިސް ފޮޓޯ: ނާފިޒް
ހަބަރު
05 Aug 2025 | 17:52
ތުޅާދޫ ހައުސިން ޔުނިޓްތައް ލިބޭ މީހުންގެ ވަގުތީ ލިސްޓް އާއްމުކޮށްފި

ބ.ތުޅާދޫގައި ތަރައްޤީކޮށްފައިވާ 100 ހައުސިން ޔުނިޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް އެރަށު ކައުންސިލުން އާއްމުކޮށްފިއެވެ.

ތުޅާދޫ ކައުންސިލުން މިއަދު ގެޒެޓްގައި އާއްމުކުރި ވަގުތީ ލިސްޓްގައި ހިމެނެނީ ކެޓަގަރީ އޭ އިން ފްލެޓްލިބޭ މީހުންގެ ލިސްޓާއި ކެޓަގަރީ ބީ އިން ފްލެޓް ލިބޭ މީހުންގެ ލިސްޓެވެ.

މީގެ ތެރެއިން ކެޓަގަރީ އޭ އަކީ ތުޅާދޫގެ ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ 92 ހައުސިންގ ޔުނިޓް ލިބޭ މީހުންގެ ލިސްޓެވެ. އަދި ކެޓަގަރީ ބީ އަކީ ތުޅާދޫއަށް ދިރިއުޅުން ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ 08 ހައުސިންގ ޔުނިޓް ލިބޭ މީހުންގެ ލިސްޓެވެ.

ތުޅާދޫ ރޯހައުސް... ވޮއިސް ފޮޓޯ: ނާފިޒް

ތުޅާދޫ ކައުންސިލުން ވަނީ ލިސްޓުގައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތާމެދު އެއްވެސް ޝަކުވާއެއް ވާނަމަ، މިހިނގާ އޮގަސްޓްމަހުގެ 11 ވަނަ ދުވަހުގެ ދޭއް ޖެހުމުގެ ކުރިން ސިޓީން ނުވަތަ އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމަށް އެދިފައެވެ.

މި ފްލެޓްތަކަށް ތުޅާދޫ ރައްޔިތުންގެ ތެރެއިން 623 ހަށްވުރެ ގިނަ މީހުން ލާފައިވާއިރު، އެރަށުގައި ދިރިއުޅެމުންދާ އެހެން ރަށްރަށަށް ނިސްބަތްވާ 100 އެއްހާމީހުން ފޯމް ލިއެވެ.

ތުޅާދޫ ރޯހައުސް... ވޮއިސް ފޮޓޯ: ނާފިޒް

ތުޅާދޫ ހައުސިން ޔުނިޓްތައް މަސައްކަތް ނިންމިތާ ދެ އަހަރަށްވުރެ ގިނަދުވަސްވެފައިވާއިރު، ވަގުތީ ލިސްޓް އާއްމުކޮށްފައިމިވަނީ ހައުސިން ޔުނިޓްތައް ހަވާލުކުރުން ލަސްވެ، ރައްޔިތުންގެ ޝަކުވާ ވަރަށް ބޮޑުވެފައިވަނިކޮށެވެ. މިފަހަރު ދޫކުރުމަށް ތައްޔާރުވަމުންދާ ހައުސިން ޔުނިޓްތަކަކީ 2019 ވަނަ އަހަރު އިމާރާތްކުރަން ފެށި ހައުސިން ޔުނިޓްތަކެވެވެ. މި ޔުނިޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްފައިވަނީ ޕްރިސިޝަން އިންޖީނިއަރިން ސާވިސަސްއާއި ފްލްކްސްއިންކް ޕްރައިވެޓް ލިމިޑެޓް ގުޅިގެން އުފެއްދި ކުންފުންޏަކުންނެވެ. މި މަޝްރޫޢުގެ އަގަކީ 79.6 މިލިއަން ރުފިޔާއެވެ.

ތުޅާދޫއަކީ އާބާދީގައި 3072 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ގޯތި ގެދޮރުގެ ދަތިކަން ވަރަށް ބޮޑު ރަށެކެވެ. ތުޅާދޫ ރައްޔިތުން ދިރިއުޅުމަށް 100 ހައުސިން ޔުނިޓް ދޫކުރުމަށް ތައްޔާރުވަމުންދާއިރު، މިއީ އަދި އެރަށަށް އެކަށީގެންވާ އަދަދެއް ނޫންކަމަށް ތުޅާދޫ ކައުންސިލުން މީގެ ކުރިން ވަނީ ބުނެފައެވެ.

ތުޅާދޫ އަކީ އެންމެފުރަތަމަ ބިން ހިއްކައިގެން ބޯހިޔާވަހިކަމަށް ގޯތިދޫކުރަން ފެށި ރަށްތަކުގެ ތެރެއިން ރަށެކެވެ. ތުޅާދޫގައި އެންމެ ފުރަތަމަ ބިން ހިއްކާފައިވަނީ ރައީސް މައުމޫން ދުވަސްވަރުއެވެ. އޭގެފަހުން ތުޅާދޫ ބިން ހިއްކާފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ. ރައީސް މައުމޫނު ދުވަސްވަރު ހިއްކި ބިމުން ގޯތި ދިންއިރު، ރައީސް ނަޝީދުގެ ދުވަސްވަރު ހިއްކި ބިމުގައި 50 ހައުސިން ޔުނިޓް އަޅައި ކުލި ދައްކާ އުސޫލުން ރައްޔިތުންނަށް ދީފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފި
ނެޝަނަލް ފިޓްނަސް ޕްލޭނުގެ ދަށުން އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފިއެވެ. ބާކީ ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
27 Sep 2026
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ، އާ ބްރޭންޑެއް ތަޢާރަފުކުރުމާއި ހިލޭ ރަހަ ބެލުމާއި ކޮންމެ ދުވަހަކު ނަސީބުވެރިން ހޮވުން ކުރިއަށް ގެންދާނެއެވެ.
27 Sep 2026
ހޮޓެލް އޭޝިއާ މޯލްޑިވްސް: ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމަށް
2000 ވަނަ އަހަރު އާދައިގެ ކުޑަ ފެށުމަކުން ފެށި ނަމަވެސް ހޮޓެލް އޭޝިއާ މޯލްޑިވްސް ހަރަކާތް މިއަދު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް ސަޕްލައި އަދި ކަލިނަރީ ދާއިރާގެ އެންމެ އިތުބާރު ހިފޭ އެއް ޕްލެޓްފޯމަށެވެ.
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.
27 Sep 2026
ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އޮޓަމެޓިކުން ވާރުތަ ނުވާނެ
ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް އަދި އާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވިސާ ދިނުމާއި ކެންސަލްކުރުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަމައެކަނި އެ އިދާރާއިން ކުރާ ކަމެއްކަން ވަޒީރު ސާފުކޮށްދެއްވިއެވެ.
27 Sep 2026
ސައިކަލެއްގެ މަޑިދަށުން ދޮޅު ލައްކަ ރުފިޔާ ވަގަށް ނަގައިފި
މީގެ އިތުރުން ފުލުހުން ބުނީ، އެ ފައިސާގެ ތެރެއިން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާ، އަދި 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އަނެއް 55،000 ރުފިޔާ، ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
27 Sep 2026
ފަތުރުވެރިކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނަން: ރައީސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންނަށް ލިބޭ ތަޖުރިބާތައް ފުރިހަމަކުރުމަށްޓަކައި، އާ އީޖާދުތައް ބަލައިގަނެ، ހުނަރުތަކަށް އިންވެސްޓްކޮށް، ޑިޖިޓަލް ޙައްލުތަކުގެ ބޭނުން ހިފުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.