ކުޅުދުއްފުށިން ގެއްލުނު މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ

ކުޅުދުއްފުށި ސިޓީ -- ފޮޓޯ: ޒުވާން މަސްވެރިޔާ

ކުޅުދުއްފުށިން ގެއްލުނު މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ ކުޅުދުއްފުށީ ޖުފުޑި، އުމުރުން 67 އަހަރުގެ ހަސަން މޫސާ ނިޔާވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ. ހަސަން މޫސާ މިއަދު ފަތިހު 5:00 ގައި ގެއިން ނިކުތީ ދުވަން ދިއުމަށެވެ.

އޭނާގެ ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް ފެނުނީ ޒޯން ސްޓޭޑިއަމްގެ ފާހާނާ ތެރެއަށް ވެއްޓިފައި އޮއްވަ އެވެ.

ފުލުހުން ބުނީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ނިޔާވެފައިވާ ކަމަށެވެ.

ކޮމެންޓް