ވެލެންސިއާއި ގްރީން ސްޓްރީޓް ވާދަކުރި މެޗުގެ ތެރެއިން...ފޮޓޯ: އެފްއޭއެމް
ވެލެންސިއާއި ގްރީން ސްޓްރީޓް ވާދަކުރި މެޗުގެ ތެރެއިން...ފޮޓޯ: އެފްއޭއެމް
ކުޅިވަރު 06 Aug 2025 | 10:23

ފުޓްބޯޅަ ސީޒަން ސެޕްޓެންބަރުގައި ފަށާއިރު، ރީޖަނަލް ލީގު އެކްޓޯބަރުގައި

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން އަންނަމަހު ފަށާގޮތަށް، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކަލަންޑަރަށް ބަދަލުގެނެސް އެކަން އިއުލާނުކޮށްފިއެވެ.

ފުޓްބޯޅަ ސީޒަން ފަށާ ތާރީޚަށް ބަދަލުގެނެސް ކަލަންޑަރު ފާސްކޮއްފައި ވަނީ އެފްއޭއެމްގެ އައު ހިނގާ ކޮމިޓީގެ ދެވަނަ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ނިންމާފައިވަނީ ސެޕްޓެމްބަރ 15 ގައި ކުޅޭ ޗެރިޓީ ޝީލްޑް މެޗުން ސީޒަން ފެށުމަށެވެ. އަދި 10 ޓީމާއެކު ދިވެހި ޕްރިމިއާލީގު ސެޕްޓެމްބަރު 18 ގައި ފެށުމަށެވެ.

މީގެ އިތުރުން އޮކްޓޫބަރު 01 ގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބާއްވާ ރީޖަނަލް ލީގު ފެށުމަށް އެފްއޭއެމުގެ ކަލަންޑަރުގައި ވަނީ ހިމަނާފައެވެ.

އެފްއޭއެމުން އެކުލަވާލާފައިވާ އުސޫލުގެ ދަށުން ދެބުރަކަށް ބަލާހައިގެ2ން މި ފަހަރު ސީޒަންގައި ކުޅޭނީ 90 މެޗެވެ. ލީގުގެ ގަދަ 6 ޓީމަށް އަންނަ އަހަރުގެ ލީގުން ޖާގަ ކަށަވަރުވާއިރު އެންމެ މަދުން ޕޮއިންޓް ހޯދާ ދެ ޓީމަށް ކުރީގެ ސެކަންޑް ޑިވިޝަންގެ ގޮތުން މިއަހަރުންފެށިގެން ބާއްވާ ރީޖަނަލް ލީގުގެ މާލޭ ލީގުގަށް ރެލިގޭޓް ވާނެއެވެ. ލީގުގެ 7 ވަނަ އާއި 8 ވަނައަށްދާ ދެޓީމު ކުޅެން ޖެހޭނީ މާލޭ ލީގުގެ ކޮލިފިކޭޝަން ރައުންޑުގައެވެ.

ޕްރިމިއާ ލީގުގެ އުސޫލުގައިވާގޮތުން ލީގުގެ 7 ވަނަ ޓީމާއި 8 ވަނަ ޓީމާއި، ނޯތު ލީގާއި ސެންޓްރަލް ލީގު އަދި ސައުތު ލީގާއި މާލޭ ލީގުގެ ޗެމްޕިއަންކަން ހޯދާ ޓީމުތައް ހިމެނޭ ގޮތަށް 6 ޓީމުގެ މެދުގައި ޕްރިމިއާ ލީގުގެ ކޮލިފައިންގައި ވާދަކުރަން ޖެހޭނެއެވެ. މި ކޮލިފިކޭޝަނުގެ ގަދަ 4 ޓީމު 2026/2027ގެ ލީގަށް ކޮލިފައިވާނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ
24 Oct 2026 ކުޅިވަރު

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ

މިއީ މި ފެސްޓިވަލްގައި ރާއްޖެ ވާދަކުރާ ފުރަތަމަ މެޗެވެ. މި ފެސްޓިވަލްގައި ދެކުނު އެފްރިކާގެ އިތުރުން ރާއްޖެ ހިމެނޭ ގްރޫޕްގައި ވަރުގަދަ ޓީމްތައް ހިމެނެއެވެ. އޭގެ ތެރޭގައި ފްރާންސް، އެސްޓޯނިއާ އަދި ކޮސޯވޯ ހިމެނެއެވެ.

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް
15 Oct 2026 ކުޅިވަރު

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް

ދިރާގް ދިވެހި ޕްރިމިއާލީގްގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ބައްދަލުކުރިމެޗް ފަސޭހަކަމާއެކު މާޒުޔާ ކާމިޔާބުކޮށްފިއެވެ.

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް
14 Oct 2026 ކުޅިވަރު

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް

މި މެޗުން ލިބުނު މޮޅާއެކު ވިކްރީ މިހާރު އުޅެނީ ކުޅުނު 4 މެޗުން ލުބުނު 10 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައެވެ. މެޗުން ބަލިބި ބިސްބުރު އުޅެނީ ތާވަލްގެ ފަސްވަނާގައެވެ.

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި
12 Oct 2026 ކުޅިވަރު

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި

މިހާރު ކުރިއަށްދާ ދިރާގް ދިވެހި ޕްރިމިއާލީގްގައި ރޭ ޓީސީ ސްޕޯޓްސް އާއި އީގަލްސް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް އީގަލްސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ. ގަލޮޅު ދަނޑ...