ހަބޭސް ބޮޑުބެރު ގްރޫޕް.. ފޮޓޯ: ހަބޭސް
ވިޔަފާރި
07 Aug 2025 | 16:26
އުރީދޫއިން ހަބޭސް ބޮޑުބެރު ގްރޫއްޕާ ގުޅިގެން ބޮޑުބެރު ކްލާސްތަކެއް ފަށަނީ

އުރީދޫ މޯލްޑިވްސްއިން ހަބޭސް ބޮޑުބެރު ގްރޫއްޕާ ގުޅިގެން ބޮޑުބެރު ކްލާސްތަކެއް ހިންގުމަށް ތައްޔާރުވެއްޖެއެވެ.

އުރީދޫއިން ބުނީ މިއީ އެކުންފުންޏަށް 20 އަހަރުފުރުމުގެ މުނާސަބާ ފާހަގަކުރުމާ ގުޅުވައިގެން ކުރިއަށްގެންދިއުމަށް ނިންމި ކްލާސްތަކެއްކަމަށެވެ. ބޮޑުބެރު ކްލާސްތައް 4 ހަފްތާގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. 

މި ޕްރޮގްރާމުގެ މަޤްޞަދަކީ ހަބޭސް ބޮޑުބެރުގެ ހުނަރުވެރި އިރުޝާދުގެ ދަށުން ދިވެހި ސަގާފަތުގެ މުއްސަނދި އަދު ތަރިކައެއް ކަމަށްވާ ބޮޑުބެރުގެ ވައްޓަފާޅު ބައިވެރިންނަށް ދަސްކޮށްދިނުންކަމަށް އުރީދޫއިން ބުނެއެވެ. ހަބޭސްއަކީ އުރީދޫ މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރެވެ.

ކްލާސްތައް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ، އޮގަސްޓް 16، 23، 30 އަދި ސެޕްޓެމްބަރުމަހުގެ 6 ދުވަހުއެވެ. ކްލާސްތައް އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސް، 4 ވަނަ ފަންގިފިލާގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާއިރު 20 ފަރާތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އުރީދޫއިން ބުނީ ކްލާހުގެ ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނުނަގާނޭ ކަމަށާއި، ބައިވެރިވެވޭނީ ރަޖިސްޓަރ ކުރާ އެންމެ ފުރަތަމް 20 ބައިވެރިންނަށް ކަމަށެވެ.. ރަޖިސްޓްރީވުމުގެ މުއަދަތު އޮގަސްޓް 16 ވަނަ ދުވަހަށް ހަމަވާއިރު، ބައިވެރިންނާއި މުއާމަލާތް ކުރެވޭނީ ރަޖިސްޓްރީކުރުމަށް ބޭނުންކުރެވޭ ފޯން ނަންބަރު ނުވަތަ އީމެއިލް މެދުވެރިކޮށެވެ.

އުރީދޫ ރާއްޖޭގެ މުވާސަލާތީ ޚިދުމަތް ދެމުންދާތާ 20 އަހަރު ފާހަގަކުރަމުންދާއިރު، މި ބޮޑުބެރު ކުލާހަކީ އުރީދޫއިން ދިވެހި ތަރިކައަށް އަދި ދިވެހިވަންތަ ކަންކަން ކުރިއެރުވުމަށްދޭ އަހަންމިއްޔަތު ފާހަގަ ކުރެވޭ ކަމެއްކަމަށް އުރީދޫއިން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.